ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުހުޅުދޫ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ފަށައިފި

ކަނޑުހުޅުދޫ ސިއްޙީ މަރުކަޒު. ފޮޓޯ: ހެލްތް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ.ކަނޑުހުޅުދޫ ސިއްޙީ މަރުކަޒުގައި ލެބޯރޓްރީގެ ޚިދުމަތް ފަށައިފިއެވެ.

ކަނޑުހުޅުދޫ ސިއްޙީ މަރުކަޒުގައި ލެބޯރޓްރީގެ ޙިދުމަތް ރަސްމީކޮށް ތަޢާރަފްކޮށްދެއްވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލްޢުޛްތާޒް ޢަލީ ޒާހިރުއެވެ.

ހެލްތް މިނިސްޓްރީއިން ބުނީ މި ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ މެޝިންތަކާއި، ޓެސްޓްތައް ހެދުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް މިދިޔަ މަހުގެ 22 ވަނަ ދުވަހު ޤާއިމްކޮށް ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

ކަނޑުހުޅުދޫ ސިއްޙީ މަރުކަޒުގައި ޤާއިމްކުރި ލެބޯޓްރީ. ފޮޓޯ: ހެލްތް މިނިސްޓްރީ

ގާތްގަނޑަކަށް 500 މީހުންގެ އާބާދީއެއް ދިރިއުޅޭ ކަނޑުހުޅުދޫ މީހުން މީގެ ކުރިން މި ޚިދުމަތް ހޯދަމުން އައީ  20 މިނެޓުގެ ދަތުރެއް ކޮށްގެން، ކައިރީގައި ހުރި ލެބޯރޓްރީ ޚިދުމަތްދޭ ރަށްރަށްކަމުގައިވާ ގއ.ގެމަނަފުށި ސިއްޙީ މަރުކަޒު  އަދި ގދ.ގައްދޫ ސިއްޙީ މަރުކަޒުންނެވެ.

ކަނޑު ހުޅުދޫގައި ލެބޯޓްރީގެ ޚިދުމަތް ތަޢާރަފްވެގެން ދިޔުމަކީ އެރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށް ހެލްތް މިނިސްޓްރީއިން ބުނެއެވެ.

ގއ.އަތޮޅުގައި ލެބޯރޓްރީގެ ޚިދުމަތް ލިބޭ ރަށްރަށަކީ ގއ.އަތޮޅު ހޮސްޕިޓަލް، ގއ.ގެމަނަފުށި ސިއްޙީ މަރުކަޒު، ގއ.ދާއްދޫ ސިއްޙީ މަރުކަޒު، ގއ.ދެއްވަދޫ ސިއްޙީ މަރުކަޒު، ގއ.ކޮލަމާފުށި ސިއްޙީ މަރުކަޒުގެ އިތުރުން ގއ.ކަނޑުހުޅުދޫ ސިއްޙީ މަރުކަޒުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: