ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެންއަށް ސަރުކާރުން އެޅި ފިޔަވަޅު: ” އަދަބު ދީ، ނޫނީ ފަހުން އެމީހުން އެއްލާ ރާޅު މާ ބޮޑުވާނެ”

އެމްޑީއެން މައްސަލައިގައި ރައީސް ޔާމީންގެ ފާޑުކިޔުން ސަރުކާރަށް : ފޮޓޯ- ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދީނަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް، (އެމްޑީއެން) ގެ ރިޕޯޓުގައި ތަޙުޤީޤު ކުރަންޖެހޭ އެއްޗެއް ނެތް ކަމަށާއި، އެ ރިޕޯޓު ތައްޔާރު ކުރި ފަރާތްތަކާއި މެދު ދިޔަވަޅު އަޅާނެ ހިތްވަރު މި ސަރުކާރުގެ ނުހުންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން، އެ ޖަމިއްޔާގެ ފައުންޑާ ޝަހިންދާ އިސްމާއީލްއަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެންދީނެއް އޮންނާނެ ދުވަހެއް ދުވަހަކުވެސް ނާންނާނެ ކަމަށެވެ. އަދި ބަޔަކު ބޭނުންވާހާ ގޮތަކަށް މި ގައުމުގައި ރިޕޯޓެއް ނެރުނުމުގެ ޖާގައެއްވެސް ނުދެއްވާނެ ކަމަށެވެ.

“އަންނަނީ، އަންނަނީ” ގެ ނަމުގައި ޕީޕީއެމް، ޕީއެންސީއިން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހި ގައުމުގެ ކަންކަން ނިންމާނީ ރައްޔިތުން ކަމަށެވެ. މިއީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވީ ހިނދު އެކަން ބަދަލު ކުރުމުގެ މަސައްކަތް އެއްވެސް ބަޔަކަށް ނުކުރެވޭނެ ކަމަށެވެ. ގައުމުގައި ދީން ހިމާޔަތް ކުރައްވާނެ ކަމަށް ވިދާޅުވީ ބޭފުޅުން މިއަދު ގެއްލިއްޖެ ކަމަށާއި އެ މީހުން ހަނު ތިބެނީ ސަރުކާރު ދެކެ ބިރުން “ފިތިފައި” ތިބޭތީ ތޯވެސް ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.

ސަރުކާރުން އެމްޑީއެންއާއި މެދު އެޅި ފިޔަވަޅެއް ފެންނާން ނެތް ކަމަށާއި ޖަމިއްޔާ ސަސްޕެންޑު ކުރިއިރުވެސް އެ މައްސަލައާއި މެދު އަމަލުކޮށްފައިވަނީ އެހާ “ވަޅޯ” ކޮށް ކަމަށް ރައީސް ޔާމީން ވިދާޅިވިއެވެ. އަދި އެއީ ހައިރާންވާ ކަމެއް ނޫން ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ ރިޕޯޓުގައި ފާޅުގައި އިސްލާމް ދީނާއި، މާތް ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށްފައިވާއިރު އޭގައި އިތުރަށް ބަލަން އޮތީ ކޮން ކަމެއްތޯ ވެސް ސުވާލު ކުރައްވާފައެވެ. ރިޕޯޓުގެ މައްސަލަ ބަލާ އަވަސް ފިޔަވަޅެއް އަޅާނެކަމުގެ ވިދާޅުވަނީ ރިޕޯޓުގައި ލިޔެފައިވާ އެއްޗެއް ނުވިސްނިގެން، ނުވަތަ ނޭނގިގެންތޯ ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“އޭގައި ކޯނޗެއްތޯ ބަލަން އޮތީ، އެ ރިޕޯޓްގައި ލިޔެފައިވާ ވާހަކަތައް ނުފެންނަނީތޯ؟ ކޯނޗެއްތޯ ތަހުގީގު ކުރަން އޮތީ؟ އެއަށް ރައީސުލްޖުމްހޫރިއްޔާ ވިސްނަވަން ދެ ހަފުތާ ނަގައިގެން ނުވާނެ. ކަންކަމުގެ ހޫނު ކެނޑުމުން އެއަށް އަމަލު ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ފުުރުސަތު ދީގެން ނުވާނެ. އެންމެ ފުރަތަމަ ހައްގު ބަސް ބުނަންޖެހޭ މީހަކީ ރައީސުލްޖުމްހޫރިއްޔާ. އެކަން ތަންފީޒު ކުރަންޖެހޭނެ” ރައީސް ޔާމީން ވިދާޅުވިއެވެ.

އެމްޑީޕީއަށް ވެސް ފާޑުކިޔުން އަމާޒުކޮށް ރައީސް ޔާމީން ވިދާޅުވީ މި ގައުމުގެ އެއްވެސް ރައްޔިތަކަށް އެމްޑީޕީގެ އަސްލު ނޯޅޭނެ ކަމަށެވެ. ދީނަށް ފުރައްސާރަ ކުރުމާއި، ދީނުގައި އަންގަވާފައިވާ ކަންކަމަށް ގޮންޖަހާ ސުވާލު އުފެއްދުމަކީ އެމްޑީޕީގެ މެމްބަރުންގެ ފަރާތުން އާއްމުކޮށް ފެންނަ ކަމެއް ކަމަށެވެ. ރައީސް ޔާމީން ސިފަ ކުރެއްވި ގޮތުން، މި ރިޕޯޓު މެދުވެރިކޮށް އެމްޑީއެން ބަލަން ބޭނުންވީ ރައްޔިތުން މިކަމަށް “ރިއެކްޓު” ކުރާ ގޮތް ބެލުމެވެ. އެއަށްފަހު ސަރުކާރުން އެ މީހުންނަށް އެއްވެސް ފިޔަވަޅެއް އަޅާފާނެތޯ ވެސް ބެލުން ކަމަށެވެ. ނަމަވެސް، އެމްޑީއެންއަށް މި ސަރުކާރުން ފިޔަވަޅެއް ނާޅާނެކަމުގެ ޔަގީންކަން އެ މީހުންނަށް މިހާރު ލިބިފައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ ގާބިލުކަން މި ސަރުކާރުގެ ނެތުމުގެ ސަބަބުން އެމްޑީއެން ދޫކޮށްލާނެ ރާޅު މާ ބޮޑުވާނެ ކަން ވެސް ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަށް އެހެން ދީންތައް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުން އަންނަތާ ޒަމާންތަކެއް ވެއްޖެކަމަށެވެ. އެގޮތުން، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި “ފީބާ ރޭޑިއޯ” ގެ ނަމުގައި އެހެން ގައުމެއްގައި ތިބެގެން ދިވެހި ބަހުން އެހެން ދީންތަކުގެ މައުލޫމާތު ފެތުރުމަށް ކުރި މަސައްކަތަކީ އޭގެ ފެށުން ކަމަށެވެ. އެއާއި ވިދިގެން ރައީސް ޔާމީން ވަނީ އެއީ ކޮން ބައެއް ހިންގި، ކޮންބައެއްގެ ތަނެއްތޯ ވެސް ސުވާލު ކުރައްވާފައެެވެ.

“މީގަ ތަހުގީގު ކުރާ ވާހަކަ އެ ދައްކަނީ އެކަން ކުރެވެން ނެތީމަ ނޫންތޯ. އެކަން ކުރުމުގެ ގާބިލް ކަމެއް ނެތް މި ސަރުކާރުގައެއް ނެތް. ފިޔަވަޅު އަޅާކަށް ނުކެރޭނެ. ނުވެސް އަޅާނެ. ދެން މި ވިދާޅުވަނީ ސަސްޕެންޑް އެ ތަން ސަސްޕެންޑުކޮށްފީމެއް ނޫން ހޭ. ސަސްޕެންޑް ކުރީމަ ކިހިނެއް ތޯ ވަނީ. ސަސްޕެންޑް ކުރީމަ މިވާ ގޮތަކީ ހާރިޖީ ވަޒީރު ނުކުންނަވާ އަދި ތަރުޖަމާއެއް އެބަ ދެއްވާ. ނޫނެކޭ ނޫނެކޭ ބުނެ. މި ސަސްޕެންޑް ކުރުމަކީ ވަގުތީ ގޮތުން ދުވަސް ކަނޑައަޅާފައި ކަމެއް ބަލާލުމަށް އޮތް ކަމެކޭ، މިއީ އަދި ސަސްޕެންޑް ކުރީއެއްވެސް ނޫނޭ” ރައީސް ޔާމީން ވިދާޅުވިއެވެ.

https://www.facebook.com/SanguTelevision/videos/504858283681775/

ބަޔަކު ކިތަންމެ ބޭނުންވެގެން، މޭ ކަރައިގެން އުޅުނަސް ދީން ފޮހެލުމުގެ އެއްވެސް ޖާގައެއް މި ގައުމުގެ ހަގީގީ ދަރިއަކު ނުދޭނެކަން ރައީސް ޔާމީން ވަނީ ތަކުރާރު ކުރައްވާފައެވެ. ހަގީގީ، ދިވެއްސެއް ނަމަ ދީނަށް ކުރާ ފުރައްސާރައަށް ލޭ ކެކޭނެ ކަމަށާއި ޖާހިލު ކަމާއި ޖައްބާރު ކަމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ޓެރަރިޒަމްގެ ބިލު ތަސްދީގު ކުރެއްވުމާއި ގުޅޭގޮތުން ފާޑުވިދާޅުވެ ރައީސް ޔާމިން ވަނީ ގާނޫނަށް އިސްލާހު ގެނައުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ. އަދި ޓެރަރިޒަމްގެ ގާނޫނަށް ގެނެވުނު އިސްލާހުގެ ބޭނުމަކީ މި ރިޕޯޓާ ދެކޮޅަށް ވާހަކަ ދައްކާ މީހުން ހައްޔަރު ކުރުންތޯ ކަމާއި މެދު ވެސް ޝަކުވާން ފަށާފައިވާ ކަމަށެވެ.

އެމްޑީޕީން ކެމްޕެއިނަށް ބޭނުންކުރި، އެޖެންޑާ 19 އަށް ފާޑުކިޔުން އަމާުޒުކޮށް ރައީސް ޔާމީން ވިދާޅުވީ އޭގައި ވަނީ ހުރިހާ ކަމެއް އޮޅުވާލުން ކަމަށެވެ. އެއީ އަބަދުވެސް އެޕާޓީގެ އުސޫލު ކަމަށާއި އިންތިހާބުތަކާއި ދިމާކޮށް ލާމަރުކަޒީ ކުރުވާ ވާހަކަ ދެއްކުމަކީ ވެސް އާދައެއް ކަަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: