ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޕޯޓު ލިޔުނު މީހުން އަބޫޖަހުލަށް ވުރެ ނުބައި: މުއިއްޒު

އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑެމޮކްރަސީ ނެޓްވޯކް އެމްޑީއެންގެ ރިޕޯޓު ތައްޔާރުކުރި މީހުންނަކީ އަބޫޖަހުލަށްވުރެ ނުބައި ބައެއް ކަމަށް ޕީޕީއެމްގެ ނައިބް ރައީސް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ” އަންނަނީ އަންނަނީ” ޖަލްސާގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް ވިދާޅުވީ ކީރިތިރަސޫލާ ސައްލައްﷲ ޢަލައިޙި ވަސައްކަލަމް އަކީ  ދުނިޔެ ދުއް އެންމެ އިޚުލާސްތެރި، އަމާނާތްތެރި އަދި ތެދުވެރިޔާގެ ގޮތުގައި އަބޫޖަހުލުވެސް ޤަބޫލު ކުަރި ކަމަށެވެ. ނަމަވެސް އެމްޑީއެންގެ ރިޕޯޓު އެކުލަވާލުމުގައި މަސައްކަތް ކުރި މީހުން އެ ރިޕޯޓުގައި ރަސޫލާގެ އިސްރާމިއުރާޖަށް އަރާވަޑައިގެންނެވި ޙާދިސާއަކީ ޚިޔާލީ ފޮލައެއް ކަމަށް ބުނެފައިވާ ކަމަށެވެ. 

“ﷲ ވޮޑިގެންވާ ކަމާއި މެދު ސުވާލު އުފެއްދީ، އިސްލާމް ދީނުގެ އަސާސް ކަމުގައިވާ ޝަހާދަތުގެ ދެކަލިމަޔަށް ސުވާލު އުފައްދަނީ، ރަސޫލާ އިސްރާމިއުރާޖަށް އަރާވަޑައިގެން ޙާދިސާއަކީ ޚިޔާލީ ފޮލައެއް ކަމަށް ބުނި، މިއީ ހުސް ޤުރުއާނުގައި ބަޔާންކޮށްފައިވާ ކަންކަން. މިކަންކަމާއި ސުވާލު އުފެއްދުމުން ކީރިތި ގުރުއާނާ މެދު އެ ސުވާލު އުފެދެނީ”

މުއިއްޒު ވިދާޅުވީ އެމްޑީއެންގެ މީހުން މިކަން ކުރަމުން އަންނަތާ ވަރަށް ދުވަސްވެއްޖެ ކަމަށެވެ. ނަމަވެސް ރައީސް ޔާމިންގެ ފަސް އަހަރު ދުވަހު އެފަދަ ޚިޔާލުތަށް ފާޅުކުރުމަށް މިނިވަންކަން ނުދިނުމުން އެކަން މަޑުޖެހުނު ކަމަށެވެ. މި މީހުން އަނެއްކާ ފާޅުވެގެން މިއުޅެނީ މި ސަރުކާރު އައި ފަހުން ކަމަށް ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓުގައި ކިިޔަވާ ކުދިންގެ މަންހަޖުގައި އެހެންދީންތަކަށް ނުރުހުންވެ ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ހުރިކަމަށް ލިޔެފައިވާއިރު އެމީހުންގެ ބޭނުމަކީ ބޮޑެތިވަމުން އަންނަ ކުދިން ހިތްތަކުގައި މިނިވަން ޚިޔާލާއި ފިކުރު އަށަގެންނެވުން ކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

އެމްޑީއެން ރިޕޯޓު ލިޔުނު މީހުން މިއަދުވެސް ސަރުކާރުގެ އިސްމަޤާމުުތަކުގައި އެބަ ތިބި ކަމަށާއި އެމީހުންނަށް ފައިސާ އެދެނީ ރައްޔިތުންގެ ބައިތުލް މާލުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

“ދައުލަތުގެ އެކި މަގާމުތަކުގައި އެތިބީ އެމީހުން، ރައްޔިތުންގެ ބައިތުލް މާލުން މުސާރަ ދީފައި. ކީއްވެ މިކަމަށް މާފުކުރަންވީ. ބައިތުލް މާލުން އެފަދަ  މީހުންނަށް އެންމެ ލޯލާރިއެއްވެސް ދޭން ކީއްކުރަން އެއްބަސްވާންވީ”

ދީނާއި ގުޅިގެން ފަތުރަމުންދާ މިފަދަ އެޖެންޑާތަކަށް ފުރުސަތު ދީފި ނަމަ ގައުމު ނޯންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ޤައުމު ސަލާމަތް ކުރުމަށް ރާއްޖޭގެ ޝެއިޚުންނާއި ދީނީ ޢިލްމުވެރިން ތެދުވަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މި މައްސަލާގައި ތެދުވާންވީ  ޕާޓީ ކުދިން ހިތް ރުއްސާ ސިޔާސީ މަޤާމުތަށް ބޭނުންވާ ޝެއިޚުން ނޫން ކަމަށާއި ޕާސްޕޯޓަކަށް ދީނީ އިލްމު ވިއްކާ ޝެއިޚުންވެސް ނޫން ކަމަށް ވިދާޅުވިއެވެ.

ސިޔާސި ފުކުރަށް ވުރެ ދީނާއި ޤައުމީ ވިސްނުން މާ މުހިންމު ކަމަށާއި އެންމެ ފުރަތަމަ އިސްކަމެއް ދޭންވާނީ ދީނާއި ޤައުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

 މިހާރު ޤައުމަށް ދިމާވެގެން މިއުޅޭ މައްސަލާގައި ރައްޔިތުންނަށް ހެޔޮ މަގު ދައްކާ ގައުމު ސަލާމަތް ކުރުމަށް ޝެއިޚުންނާއި އިލްމުވެރިންގެ ދައުރު ވަރަށް ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.

މުއިއްޒުގެ ވަނީ އަމިއްލަ އަތުން ޤައުމިއްޔަތު ބީވެގެންދާން ފުރުސަތު ނުދިނުމަށް ގޮވާލައްވާފައެވެ. އަދި އިސްލާމް ދީނަށް ގޮންޖަހާ ނެރުނު މި ރިޕޯޓާއި މެދު ވިސްނާ މިފަދަ ޚިޔާލުތަކާއި ފިކުރުތަކަށް ސަމާލުވެ ފާރަވެރިވާންޖެހޭ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: