ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުން އެޕަލްގެ އެންމެ ފަހުގެ ފޯނު ޕްރީއޯޑަރަށް!

އެޕަލް ގެ އައިފޯން ސީރީސްގެ ދަށުން ނެރުނު އެންމެ ފަހުގެ އައިފޯނުތަކަށް ޕްރީ އޯޑާ ކުރުމަށް ދިރާގުން ހުޅުވާލައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

އެޕަލްގެ އައިފޯން ސީރީސްގެ ދަށުން ނެރުނު އެންމެ ފަހުގެ އައިފޯނުތަކަށް ޕްރީ އޯޑާ ކުރުމަށް ދިރާގުން ހުޅުވާލައިފިއެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އެޕަލްގެ އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސް ޕްރީއޯޑަރުކޮށް ލިބޭނެ އެވެ.

ދިރާގުން ވަނީ އެޕަލްގެ އެންމެ ފަހުގެ ފޯނަށް އިންސްޓޯލްމަންޓް ޕްލޭންތަކެއް ތައާރަފުކޮށްފަ އެވެ. އެއް އަހަރަށް ބަހާލައިގެން ފައިސާ ދައްކާ ހަލާސް ކުރެވޭ މި އިންސްޓޯލްމަންޓް ޕްލޭންގައި އައިފޯން 11 ޕްރޯ އަދި އައިފޯން ޕްރޯ މެކްސް އަށް ހާއްސަ އަގުތަކެއް ދީފައިވެ އެވެ. މިގޮތަށް ފޯނު ނަގާ ފަރާތްތަކަށް ހަ މަސް ދުވަސް ވަންދެން ފަސް ޖީބީ ވެސް ލިބޭނެ އެވެ.

އައިފޯން 11 ގެ ޕްރީއޯޑާއަށް ހުޅުވާލުން ފޮޓޯ: ފައިލް

އައިފޯން 11 ޕްރޯ ގެ އަގުތައް:-

65 ޖީބީ (އެޑްވާންސް ޕޭމަންޓް 2999ރ) މަހުފީ- 1،659 ރުފިޔާ
256 ޖީބީ (އެޑްވާންސް ޕޭމަންޓް 2،999ރ.) މަހުފީ- 1939 ރުފިޔާ
512 ޖީބީ (އެޑްވާންސް ޕޭމަންޓް 2،999ރ.) މަހު ފީ- 2،229 ރުފިޔާ

އައިފޯން 11 ޕްރޯ މެކްސް:-

65 ޖީބީ (އެޑްވާންސް ޕޭމަންޓް 3،999ރ) މަހުފީ- 1،765 ރުފިޔާ
256 ޖީބީ (އެޑްވާންސް ޕޭމަންޓް 3،999ރ.) މަހުފީ- 2،059 ރުފިޔާ
512 ޖީބީ (އެޑްވާންސް ޕޭމަންޓް 3،999ރ.) މަހުފީ- 2،429 ރުފިޔާ

އައިފޯން 11 ގެ ޕްރީއޯޑާއަށް ހުޅުވާލުން ފޮޓޯ: ފައިލް ފޮޓޯ

އިންސްޓޯލްމަންޓް ޕްލޭންގެ އިތުރުން ފޯނަށް އެކީ ފައިސާ ދައްކާފައި ނަގާ ފަރާތްތަަކަށް ހާއްސަ އަގުތަކެއް ވެސް ދިރާގުން ވަނީ އާއްމުކޮށްފަ އެވެ.

އައިފޯންގެ އެންމެ ފަހުގެ ފޯނު ދުނިޔޭގެ ބާޒާރަށް ނެރެފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. އެ ކުންފުނިން ނެރެފައިވާ އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސްގައި 11 ކުލައެއް ހިމެނެ އެވެ. މިފަހަރުގެ ފޯނުގައި އެ ކުންފުނިން ވަނީ ވާދަވެރިންނަށް ގޮން ޖެހުމުގެ ގޮތުން ފޯނުގެ ކެމެރާއަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. މިފަހަރުގެ ފޯނުތަކުގެ ކުރިމައްޗާއި ފަހަރު ކެމެރާއިން ފޯކޭ ކޮލިޓީގައި ވީޑިއޯ ނެގެ އެވެ. މެރާގެ ހާޑުވެއާ ވަރުގަދަކޮށް އިތުރު ސެންސަރުތައް ވަނީ އާ ފޯނުގައި ބޭނުންކޮށްފަ އެވެ. މި އަހަރުގެ އައިފޯނު ކެމެރާގައި ވަނީ ވައިޑް އޭންގްލް ފޮޓޮގްރަފީ ތައާރަފުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: