ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެންވޭރު ބޮޑު ހުޅު: 35 އާއިލާއަކަށް އަދިވެސް އާއްމު ހާލަތަކަށް ނާދެވޭ!

ހާލުގައި ޖެހިފައިވާ ފަރާތްތަކަސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހެންވޭރު، އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން ގެއްލުންވި އާއިލާތަކުގެ ތެރެއިން އަދިވެސް 38 އާއިލާއެއް ވަގުތީ ހިޔާވަހިކަމުގައި ތިބި ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑީއެމްއޭއިން ބުނީ އެހީތެރިކަން ފޯރުކޮށްދިން އާއިލާތާކުގެ ތެރެއިން މިހާރު އެ އޮތޯރިޓީގެ ބެލުމުގެ ދަށުގައި ތިބީ 38 އާއިލާއެއްގެ 164 މީހެއްކަމަށެވެ. އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދީފައިވަނީ ގާކޮށީގެ 14 އެޕާޓްމަންޓަކާއި، ބައެއް ގެސްޓް ހައުސްތަކުން ކަމަށް އެއިދާރާއިން ބުނެއެވެ.

ވެރިރަށް މާލެ ސިޓީގައި ހިނގި އެ އަލިފާނުގެ ހާދިސާއަކީ މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ. އެ ހާދިސާގައި ހަތް ގެއެއް އެކީ އަނދާފައިވާއިރު ހާލުގައި ޖެހުނު މީހުންގެ އަދަދު 800 އާއި ގާތް ކުރެއެވެ. ގުދަނުގައި ރޯވެ ހިނގި އެ ހާދިސާގައި ލިބުނު މާލީ ގެއްލުމުގެ އަދަދު ވަޒަންކޮށްލަންވެސް އުނދަގޫވެފައިވާއިރު އެ ހާދިސާގައި އެތައް ބައެއްގެ ދިރިއުޅުން ވަނީ ހަލާކުވެފައެވެ.

ހާލުގައި ޖެހުނު އާއިލާތަކަށް އެހީވުމުގެ ގޮތުން، ކަލާފާނު ސްކޫލުގައި ރިލީފް ސެންޓާއެއް ހުޅުވާ ވަގުތީ ހިޔާއެއް ފޯރުކޮށްދީފައިވާއިރު އޭގެ ތެރެއިން ބައެއް އާއިލާތައް ވަނީ، އެމީހުންގެ އާއިލީ ގެތަކަށް ބަދަލުވެފައިކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ. އަދި އެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކަމަށް ހާއްސަ އެކައުންޓެއް ހުޅުވާފައިވާއިރު، ގިނަ އަދަދެއްގެ އާއްމުންވެސް ވަނީ ހާލުގައި ޖެހުނު އާއިލާތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިކަން އެންޑީއެމްއޭއިން ފާހަގަކުރިއެވެ.

އެންޑީއެމްއޭއިން، ބުނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްގައި ހުޅުވި އެކައުންޓަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ. އޭގެ އިތުރުންވެސް އާންމުންގެ ފަރާތުން އާއިލާތަކަށް އެހީގެ ގޮތުގައި ހެދުން، ކާބޯތަކެތި، އަދި ބައެއް ޒަރޫރީ ތަކެތި ފޯރުކޮށްދީފައިވާކަމަށެވެ. ފައިސާގެ ގޮތުގައި އާއި އަދި ތަކެތީގެ ގޮތުގައި ލިބުނު އެހީގެ ރެކޯޑުތައް ބަލަހައްޓަމުން އަންނަކަން ފާހަގަކޮށް އެންޑިއެމްއޭއިން ބުނެފައިވަނީ އަމާނާތްތެރި ކަމާއި އެކު އާއިލާތަކަށް އެތަކެތި ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ވަގުތީ އެހީތެރިކަމަށް އެދި ރެޖިސްޓްރީ ކުރި ފަރާތްތަކުގެ މައުލޫމާތުތައް ހިއްސާ ކުރަމުން އެންޑީއެމްއޭއިން ބުނެފައިވަނީ އޭގެ ތެރޭގައި ޖުމްލަ 114 ކުޑަކުދިން ހިމެނޭ ކަމަށެވެ. ކުޑަކުދިންގެ ތެރޭގައި އެންމެ ގިނައީ 10-16 އަހަރާއި ދެމެދުގެ ކުދިންނެެވެ. އެއީ އެހީތެރިކަން ފޯރުކޮށްދިން ކުޑަކުދިންގެ ޖުމްލަ 32 އިންސައްތައެވެ. އޭގެ އިތުރުން 1-5 އަހަރާއި ދެމެދުގެ ކުޑަކުދިންނަކީ އޭގެ 31 އިންސައްތައެވެ. 18-16 އަހަރުގެ 12 އިންސައްތައެވެ. 5-10 އަހަރު ކުދިންގެ އިންސައްތައަކީ 25 އެވެ. އެންޑީއެމްއޭއިން ބުނެފައިވަނީ އެހީއަށް ރެޖިސްޓްރީކުރި ކުދިންގެ ތެރެއިން 50 ކުދިން ސްކޫލަށް އަނބުރާ ދިއުމަށް ބޭނުންވާ ޔުނީފޯމާއި ފޮތްލިސްޓު އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ފޯރުކޮށްދީފައިވާ ކަމަށެވެ.

އެންޑީއެމްއޭއިން މީޑިއާތަކާއި ހިއްސާ ކުރި މައުލޫމާތުތަކަށް ބަލާއިރު ކެމިކަލް ގުދަން ގޮވާ ހިނގި ބޮޑު އަލިފާނުގެ ޙާދިސާގައި ދެ ގެއެއް ވަނީ އެކީ ރޫޅާލަން ޖެހިފައެވެ. އެއީ ހ.ނިގާރަން، އަދި ހ.ނެއިބާރ އެވެ.

އެ އޮތޯރިޓީން ބުނެފައިވަނީ އަލިފާނުގެ ސަބަބުން 26 ގެ ހުސްކުރެވުނު ކަމަށެވެ. އެއީ 87 ގޭބިސީއެވެ. އަލިފާނުގެ ޙާދިސާއަށް 12 ދުވަސްވެފައިވާއިރު، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން އެހެން ގެތަކަށް ބަދަލުވީ ފަރާތްތަކަށްވެސް ގެތަކަށް ވަނުމުގެ ހުއްދަ ވަނީ ދީފައެވެ.

އަލިފާނުގެ ހާދިސާ ހިނގިތާ 24 ގަޑިއިރުތެރޭގައި އެހީއަށް ރެޖިސްޓްރީކޮށްފައިވަނީ 786 ފަރާތަކުންނެވެ. އެގޭ ތެރޭގައި ހިމެނެނީ 636 ދިވެހިންނެވެ. ބިދޭސީންގެ ތެރޭގައި މިސްރަށް ނިސްބަތްވާ 1، ފިލިޕީންސްގެ 6 ރައްޔިތަކާއި، އިންޑިއާގެ 19 މީހެއް، އަދި ނޭޕާލްގެ 16 މީހެއްގެ އިތުރުން ބަންގްލަދޭޝްގެ 104 މީހަކާއި ސްރީލަންކާގެ 4 މީހަކު ހިމެނެއެވެ.

ޑިޒާސްޓާ މެނޭޖްމެންޓުގެ ބެލުމުގެ ދަށުގައި ތިބި އާއިލާތަކާއި ގުޅޭގޮތުންނާއި ސޯޝާލް މީޑިއާގައި ދެކެވެމުން އަންނަ ބައެއް ވާހަކަތަކާއި ގުޅޭގޮތުން އެ އޮތޯރިޓީގެ ޗީފް އެކްޒެކްޓިވް، ހިސާން ހަސަން ވިދާޅުވީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކުގެ ތެރެއިން ވަގުތީ ބޯހިޔާވަހިން ހަމަޖައްސައި ނުދީ މަގުމަތިވެފައި ތިބި އެއްވެސް ފަރާތެއް ނުވާނެކަމަށެވެ. ހިސާން ވިދާޅުވީ، ހުކުރު ދުވަހު މި ހާދިސާ ހިނގީއްސުރެން އެދުވަހު ފަތިހު 4 ޖަހަންދެން ކަލާފާނު ސުކޫލުގައި ސެންޓަރުގައި ތިބި ހުރިހާ ފަރާތްތަކަށް ވަގުތީ ބޯހިޔާ ވަހިކަން ހޯދައިދީފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: