ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކީރިތި ރަސޫލާ ދެކެ ލޯބިވުމަށް ހުތުބާގައި ގޮވާލައިފި

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއުންމަތުގެ ރަސޫލާ މުހައްމަދު ސއވ ދެކެ ލޯބިވުމަށް ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

އެގޮތުން މިއަދުގެ ހުކުރު ހުތުބާގައި ބުނީ ރަސޫލާއަށް ކިޔަމަންވެގަތުމާއި އެކަލޭގެފާނުގެ މަތިވެރި މަގާމަށް ގަދަރުކޮށް އިހްތިރާމްކޮށް އަދަބު ތައުޒީމް އަދާކުރުމަކީ އިސްލާމްދީނުގެ އެންމެ ބޮޑެތި ވާޖިބުތަކުގެ ތެރެއިން ހިމެނިގެންވާ ވާޖިބެއް ކަމަށެވެ.

މީގެއިތުރުން އެމީހެެއްހެ އަމިއްލަ ނަފްސާއި މުދަލާއި އަނބިދަރީންނަށްވުރެ ބޮޑަށް ރަސޫލާ ދެކެ ލޯބިވެ، އެކަލޭގެފާނަށް ނަސުުރު ދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމަ ނުވާނެ ކަމަށްވެސް ހުތުބާގައި ފާހަގަކުރިއެވެ.

މާތް ރަސޫލާގެ އަދުލުވެރިކަމާއި އޯގާތެރިކަމާއި މާތްކަމާއި އެކަލޭގެފާނު ގެނެސްދެއްވި ހަބަރުތަކުގެ ތެދުކަމުގެ މައްޗަށް މިތުރުންނާއި ހަތުރުން ހެކިވާނެ ކަމަށްވެސް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ވަނީ ނަބީންނާއި ރަސޫލުންނަށް ފުރައްސާރަ ކުރުމަކީ އަބަދުވެސް މުޖުތަމައުތަކުގައި އޮތް ނުރަނގަޅު އާދައެއްކަން ފާހަގަކޮށްފައެވެ.

މާތްވެގެންވާ އިސްލާމްދީނާއި ރަސޫލާ ދިފާއު ކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއްކަން ހުތުބާގައި އަލިއަޅުވާފައިވެއެވެ. ކޮންމެ މުސްލިމަކުވެސް އެމީހަކަށް ކުޅަދާނަ ވީ މިންވަރަކުން އިސްލާމް ދީން އަދި ރަސޫލާ ދިފާއު ކުރެއްވުމަށް ހުތުބާގައި ގޮވާލިއެވެ.

މާތްވެގެންވާ ރަސޫލާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކެލޭގެފާނަށް ފުރިހަމައަށް ތަބާވުން ކަމަށްވެސް ހުތުބާގައި ބުންޏެވެ.

ބިމުގައި ފަސާދަކޮށް ނޫޅެ އާހިރަތް ދުވަަހަށް ތައްޔާރު ވުމަށް އިލްތިމާސްކޮށް ހުތުބާގައި ވަނީ ރަސޫލާ މި އުންމަތަށްޓަކައި ދޫކުރެއްވި ތަރިކައިގަ ވަރުގަދައަށް ހިފަހައްޓައިގެން ކުރިއަށް ދިއުމަށް ހުރިހާ މުސްލިމުންނަށް ގޮވާލާފައެވެ.

ހުކުރު ހުތުބާގައި ވަނީ މުސްލިމުންގެ ހިތްތައް އެކުވެރި ކޮށް ރުޅިވެރިކަމާއި އަދާވާތްތެރިކަން މުސްލިމުންގެ ތެރެއިން ނެތިކޮށްދެއްވުން އެދި ދުއާ ދަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: