ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކި ދައުލަތެއް ހަދަންވީ އުތުރުގައި!

މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދު: ފޮޓޯ މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވަކި ދައުލަތެއް ހެދުން އެންމެ އައުލާކަން ބޮޑީ އުތުރުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ  ކުރީގެ މެމްބަރު ހަސަން މުފީދު ވިދާޅުވެއްޖެއެވެ. 

މުފީދު މިފަދަ ވާހަކައެއް ދެއްކެވީ، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން މާލެ މީހުން އަތޮޅުތެރޭގެ މީހުންނަށް އިހާނެތިކޮށް ކަންތައް ކުރާކަން ހާމަކުރައްވައި ދެކުނުގެ ރައްޔިތުން ވަކި ސަރުކާރެއް ނަހަދަންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވުމާއި  ގުޅިގެންނެވެ. 

ސައުދު މިފަދަ ގޮތަކަށް ވާހަކަދެއްކެވީ ރަށްރަށުގެ މެމްބަރުން ސަރުކާރުން ބިން ހޯދަން އުޅެގެން ނުވާނެކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ވިދާޅުވުމާއި ގުޅިގެންކަން ފާހަގަކޮށްލެވެއެވެ. 

 

https://twitter.com/Hasa_Naa/status/1182336175236759552

ސައުދުގެ ވާހަކަތަކަށް ރައްދު ދެއްވައި މެމްބަރު މުފީދު ވަނީ ދިވެހި ގައުމު ބޭރުގެ އަޅުވެތިކަމަށް ދިޔަ ކޮންމެ ފަހަރަކު ގައުމު ސަލާމަތް ކޮށްދިނީ ބޮޑު ތިލަދުންމަތީގެ ދަރިންކަމަށް ވުމުން ވަކި ސަރުކާރެއް ހަދާނަމަ އެކަން ކުރަންވީ އުތުރުގައި ކަން ފާހަގަ ކުރައްވައި އޭނާއަށް ރައްދު ދެއްވާފައެވެ. 

https://twitter.com/SaudVillingili/status/1182285616685256705

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދުގެ ވާހަތަކާއި ގުޅިގެން ސައުދު ވަނީ ހުޅުމާލެއަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ބިނާކޮށްފައިވާ ތަނެއްކަމަށާއި ރާއްޖޭގެ ބިމުގެ މިލްކުވެރިންނަކީ “ރައްޔިތުން” ކަމަށް ވިދާޅުވެފައެވެ. އަދި މެމްބަރު އިބްރާހީމް ރަޝީދު މެން ފަދަ މާލެ ބޭފުޅުން ރާއްޖެތެރޭ މީހުންނާއި މެދު އިހާނެތިކޮށް ކަންތައް ކުރާނަމަ ދެކުނުގެ ރައްޔިތުން ވަކި ސަރުކާރެއް ނުވަތަ ވަކި ދައުލަތެއް ހަދަން ނުޖެހޭ ސަބަބެއް ނެތްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް ވަކި ދައުލަތެއް ހެެދުމުގެ މައްސަލައިގައި މެމްބަރު ހަސަން މުފީދުގެ ވިސްނުމަކީ އުތުރުގައި އެކަން ކުރުމެވެ. 

މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އައްޑޫ ސިޓީގައި ވަކި ދައުލަތެއް ހެދުމަށް ނުސީދާގޮތެއްގައި ވާހަކަފުޅުތަކެއް މީގެ ކުރިން ދައްކަވާފައެވެ. މީގެ ކުރިން އިބްރާހީމް ނާސިރުގެ ދައުރުގައި ދެކުނުގެ ރައްޔިތުން “ސުވަދިވް މޯލްޑިވްސް” ގެ ނަމުގައި ވަކި ދައުލަތެއް ހެދިއެވެ. އެއީ ހުވަދު އަތޮޅާއި އައްޑޫ އަތޮޅާއި ފުވައްމުލަކެވެ. ނަމަވެސް ރައީސް އިބްރާހީމް ނާސިރު ވަނީ އެއީ ޣައިރު ގާނޫނީކަމެއްގެ ގޮތުގައި ބައްލަވައި ގާނޫނީ ފިޔަވަޅު އަޅުއްވައި އެކަން ނާކާމިޔާބު ކޮށްލާފަައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: