ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީން ރަޝީދުގެ މަރުގެ މައްސަލަ: އިންޒާރާއި ބިރު ދެއްކުމާ ހެދި ހެކިން ހެކިބަސްދޭން ދެކޮޅު ހަދައިފި

ޔާމިންގެ މަރުގެ ޝަރީއަތް: އިންޒާރާއި ބިރު ދެއްކުންތާހެދި ހެކިން ހެކިބަސްދޭން ދެކޮޅު ހަދަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބްެލޮގާ ޔާމީން ރަޝީދު މަރާލި މައްސަލައިގެ ދައުވާފައި ދައުލަތުން ހެކިގެ ގޮތުގައި ހުށަހަޅާފައިވާ ބައެއް މީހުންނަށް މަރުގެ އިންޒާރުތައް ލިބެމުން އަންނަ ކަމުގެ ޝަކުވާއާއި އެކު އެ މީހުން ހެކި ބަސް ދިނުމަށް ދެކޮޅު ހަދައިފިއެވެ.

އެ މައްސަލާގައި ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ޝަފައީ އަށް ސިއްރު ހެކިވެރިން ހިމެނެއެވެ. އަދި ކިތާބީ ހެކީގެ ތެރޭގައި 16 ސިއްރު ލިޔުމަކާއި ހަތް އިންޓެލިޖެންސް ރިޕޯޓު، ހަތް ވީޑިއޯ އެނަލިސިސް ރިޕޯޓު، ސީން އޮފް ކްރައިމް ރިޕޯޓު، ސައިބާ ކްރައިމް ރިޕޯޓު އަދި ތަހުގީގު ބަޔާންވެސް ހުށަހަޅާފައިވެއެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް ނިމެން ކަައިރިވެފައިވަނިކޮށް، ބައެއް ހެކިން ހެކިބަސް ދިނުމަށް ދެކޮޅު ހެދީ އޭގެ ތެރެއިން ބައެއް މީހުންނަށް ހަމަލާ ދިން މައްސަލައެއް ވެސް ފެންމަތިވެފައި ވަނިކޮށެވެ. ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ، ދައުލަތުން ހުށަހެޅި ބައެއް ހެކީންގެ ބައި އަނބުރާ ގެންގޮސްފައެވެ.

އޭޕްރީލް، 2017 ގައި ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އަނިޔާވެރި ގޮތަކަށް ޔާމީން މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ސިއްރު ދެ ހެކިވެރިއެއްގެ ހެކި ބަސް ނަގަން އޮތީ ހަމަޖެހިފައެވެ. އެހެން ނަމަވެސް، ޝަރީއަތުގެ އަޑުއެހުން ފެށުމުން ދައުލަތުން ވަނީ ހެކި ބަސް ދޭން ހުށަހަޅާފައި ތިބި މީހުންގެ ތެރެއިން އެކަކު ހެކި ބަސް ދިނުމަށް ބޭނުން ނުވާކަމަށް ބުނެ ހާޒިރުވެފައި ނުވާ ކަމަށެވެ. އަދި އޭގެ ސަބަބަކީ ކޮބައިތޯ ސުވާލު ކުރުމުން ދައުލަތުން ބުނީ ހެކިންނަށް ބިރު ދެއްކުމުގެ އަމަލުތަކެއް ހިނގަމުން އެބަ އަންނަ ކަމަށެވެ. އަދި އެ މީހުންނަށް ބިރު ދެއްކުމުގެ އިތުރުން ޖިސްމާނީ އަނިޔާ ދީ ފައިވާކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އެހެން ކަމުން، އަޑުއެހުމަށް ހާޒިރު ކުރެވުނީ އެއް ހެކިވެރިއެއްކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ދައުލަތުގެ އެ ވާހަކާާއާއި ގުޅޭގޮތުން ދިފާއީ ވަކީލުން ބުނެފައިވަނީ ހެކިންނަށް ހަމަލާ ދިނީ ކޮން ބައެއް ކަމާއި އަދި އިންޒާރުތައް ދެމުން އަންނަނީ ކޮންބައެއްކަން ބުނެދެވިފައި ނެތުމުން، އެކަން ދައުވާ ލިބޭ އެންމެންނާއި އަދި ދިފާއީ ވަކީލުންނަށް ވެސް ނިސްބަތްވެގެންދާ ކަމަށެވެ.

ހެކިންނަށް ހަމަލާދީ އިންޒާރު ދެނީ ކޮން ބައެއްކަން ހޯދާ ތަހުގީގު ކުރަންޖެހޭކަން ފާހަގަކޮށް ޝަރީއަތުގެ މަޖިލީހުގައި ޒިހާންގެ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ، ދައުވާ ލިބޭ އެންމެންނަކީވެސް ވެސް ބަންދުގައި ތިބި މީހުންނަށް ވާއިރު ސިއްރު ހެކިންގެ މައުލޫމާތު އެނގޭނޭ ދެވަނަ ފަރާތަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި، ފުލުހުންނާއި ކޯޓަށް ކަމަށެވެ. ނަމަވެސް، ހަސީން ވަނީ އެއްވެސް ބަޔަކަށް ނިސްބަތް ކުރުމެއް ނެތި ހެކިންނަށް ހަމަލާ ދެމުން އަންނަކަމަށް ބުނެ ދައުލަތުން ވާހަކަ ދެއްކުމަކީ އެއީ ދައުވާ ލިބޭ މީހުންނަށް އަމާޒުކޮށް ދައްކާ ވާހަކައެއްކަމަށް ވިދާޅުވެފައެވެ.

ޒިހާންގެ ވާކީލުގެ ވާހަކައަށްފަހު، ދައުވާ ލިބޭ އިސްމާއިލް ރަޝީދުގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ހެކިންނަށް ބިރު ދައްކައި ހަމަލާ ދިނީ ކޮން ބައެއްކަން ފުލުހުން ބަލަންޖެހޭ ކަމަށެވެ. އަދި ފުލުހުން އެކަން ތަހުގީގު ނުކުރާ ނަމަ، އެކަން ތަހުގީގު ކުރުމުގެ އަމުރެއް ކޯޓުން ނެރެދެއްވުމަށް ވެސް މައުމޫން އެދިވަޑައިގަތެވެ.

ދީފާއީ ވަކީލުންގެ ވާހަކައިގެ ރައްދުގައި ދައުލަތުން ބުނީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ސިއްރު ބައެއް ހެކިން، ހެކި ބަސް ދިނުމަށް ދެކޮޅު ހަދަމުންދާތީވެ ހެކިންގެ ލިސްޓުން އެ މީހުންގެ ނަންތައް އުނިކޮށް ދައުލަތުން ހުށަހަޅާފައިވާ “ކްރައިމް ސީން އޮފިސާސް” ރިޕޯޓްތަކުގެ ތެރެއިން ހަތަރު ރިޕޯޓެއް ވެސް ހެކި ލިސްޓުން އުނިކުރަން ދައުލަތުން ނިންމި އެވެ. އެއީ އެ ރިޕޯޓް ހެދި ފުލުސް މީހާ ރާއްޖެއިން ބޭރުގައި ހުރުމުން ކަމަށް ދައުލަތުން ބުންޏެވެ.

އެންމެ ހެކިވެރިއެއް ހާޒިރު ކުރެވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން އޭނާއާއި ސުވާލު ކުރުމުން ބުނީ “މާ ބޮޑު ކަމެއް ހަނދާނެއް ނެތް” ކަމަށެވެ. ނަމަވެސް، އޭނާ ތަހުގީގަށް ބަޔާނެއް ދީފައިވާނެ ކަމަށާއި އޭގައި ވާނީ ތެދު ވާހަކަތަކެއް ކަމަށް އޭނާ ބުނިއެވެ. އެ ހާދިސާއަށް އަހަރުތަކެއް ވެފައިވުމުން، މާ ބޮޑު ކަމެއް ހަނދާނެއް ނެތްކަމަށް ހެކުވެރިޔާ ބުނުމުންވެސް ދައުލަތުން ސުވާލުތައް ކުރިޔަށް ގެންދަން ފެށިއެވެ. ނަމަވެސް، އެކަން ދިފާއީ ވަކީލުން އިއުތިރާޒް ކުރިއެވެ. ދިފާއީ ވަކީލުން ބުނީ ތަހުގީގަށް ބަޔާނެއް ދިނަސް، ހެކިބަސް ދިނުން ކަމަށް ބަލަނީ ޝަރީއަތުގެ މަޖިލީހުގައި ދޭ ހެކިބަސް ކަމަށްވާތީ އާއި އެ ހާދިސާ ހަނދާން ނެތް ކަމަށް ބުނުމުން ސުވާލުތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ބައެއް ވަކީލުން ވިދާޅުވި އެވެ.

ސުވާލުތައް ކުރިޔަށް ގެންދިއުމަށް ދިން ފުރުސަތުގައި، ދިފާއީ ވަކީލުންގެ ސުވާލުތަކަށް ހެކިވެރިޔާ ބުނީ އެ ހެކިވެރިޔާ ބުނީ އެ ހާދިސާ ހިނގި ސަރަހައްދުގައި އޭނާ އެރޭ ވެހިކަލެއްގައި މަޑުކުރި ކަމަށާއި އެކަމަކު އެއްވެސް ކަމެއް ހިނގި ކަން ނޭނގޭ ކަމަށެވެ. އަދި އެ ސަރަހައްދުން އެއްވެސް ކަމެއް ފާހަގަނުވާ ކަމަށާއި އޭނާ އެތަނުގައި މަޑުކުރީ ކޮން ގަޑިއެއް ކަން ވެސް ހަނދާން ނެތް ކަމަށް އޭނާ ބުންޏެވެ. ހެކިވެރިޔާއާ ބައެއް ސުވާލުތައް ދައުލަތުން އަމާޒުކުރީ އޭނާގެ ތަހުގީގުގެ ބަޔާނުގައި ވަކި ގޮތަކަށް ބުނެފައި އެބައޮތް ކަމަށް ބުނެ އެވެ. އެގޮތަށް ސުވާލު ނުކުރެވޭނެ ކަމަށް ދިފާއީ ވަކީލުން އިއުތިރާޒް ނެންގެވުމުން ގާޒީ ވެސް ވަނީ އެގޮތަށް ސުވާލު ނުކުރެވެނެކަމަށް
އަންގާފައެވެ.

ޝަރީއަތުގެ އަޑުއެހުމުގައި އެހިވެރިޔާ ބުނެފައިވަނީ، އެ ސަރަހައްދު މަގަކުން އޭނާ ވެހިކަލެއްގައި ދުއްވާފައި ގޮސް ގޯޅިއަކަށް އަޅަން ދިޔައިރު ސައިކަލެއް ކުރިމަތީގައި ހުރުމުން ކުރިއަށް ދެވޭ ގޮތް ނުވެގެން އޭނާ ވެހިކަލް ފަހަތަށް ޖައްސާފައިވާނެ އެވެ. އޭރު މަގުގެ އަނެއް ކޮޅުގައި ހުރި ސައިކަލެއްގެ މަތީގައި މީހަކު އިން ހެން ހީވި ކަމަށާއި އެކަން ޔަގީން ނުވާ ކަމަށް ވެސް އެ ހެކިވެރިޔާ ބުންޏެވެ. އަދި އެ ސަރަހައްދުން އަޑެއް އިވުނު ނަމަވެސް އެއީ ކޮން އަޑެއްކަން އޭނާއަށް ސާފު ނުވާކަމަށް ހެކިވެރިޔާ ވަނީ ބުނެފައެވެ. ހަނދާނުގައި ހުރި ބައެއްކަންކަން ހިއްސާ ކުރަމުން ހެކިވެރިޔާ ބުނެފައިވަނީ އޭނާ އެ ސަރަހައްދުގައި ހުރިއިރު މަގުމަތީގައި ދެ އަންހެނުންނާއި، ފިރިހެނުން ވާހަކަ ދައްކާ އަޑު އިވޭ ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލައްވަމުން އެ މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ނިންމެވީ އެ މައްސަލާގެ އަޑުއެހުންތައް ތާވަލް ކުރުމާއި މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ދެ ފަރާތުގެ ވަކީލުންނާ އެކު ކޯޓުގެ އިދާރީ ބައްދަލުވުމެއް އެ އަޑުއެހުމަށް ފަހު ބާއްވަވާނެ ކަމަށެވެ.

ދައުލަތުންނާއި ދިފާއުން ވެސް ގިނަ އަދަދެއްގެ ހެކިން ހުށަހަޅާފައިވާ ކަން ފާހަގަ ކުރައްވައި، ގާޒީ އިއުލާން ކުރެއްވީ ދެން އޮންނަ އަޑުއެހުން އަންނަ ހަފުތާގައި ބާއްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: