ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެންވޭރުގެ ބޮޑު ހުޅު: ވަގުތީ ބޯހިޔާވަހިކަމުގައި 164 މީހުން

ސިފައިން އަލިފާނުގެ ހާދިސާ ހިނގި ސަރހައްދުގައި ހަރަކާތްތެރިވަނީ: ފޮޓޯ އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހ.ތިލަފުށީ ގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން މިވަގުތު ދައުލަތުގެ ބެލުމުގެ ދަށުން ވަގުތީ ބޯހިޔާވަހިކަމުގައި ތިބީ 38 އާއިލާއެއްގެ 164 މީހުން ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓުން އޮތޯރިޓީ އިން ބުނެފިއެވެ.

ތިލަފުށިގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހާމަކުރެއްވުމަށް ނެރުނު ނޫސްބަޔާނެއްގައި އެންޑީއެމްއޭ އިން ބުނީ، މިވަގުތު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދީފައިވަނީ ގާކޮށީގެ 14 އެޕާޓްމެންޓެއްގެ އިތުރުން ބައެއް ގެސްޓް ހައުސްތަކުގައި ކަމަށެވެ.

ވަގުތީ ބޯހިޔާ ވަހިކަމުގެ ދަށުގައި ތިބި އާއިލާތަކުގެ ތެރެއިން 6 އާއިލާއެއްގެ 28 މީހުން އަންނަ ހަފްތާގައި އެމީހުން ދިިރިއުޅެމުންދިޔަ ގެތަށް މަރާމާތުކޮށް ނިންމުމުން އެތަނަށް ބަދަލުވާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ވަގުތީ ބޯހިޔާވަހިކަމުގެ ދަށުގައި ތިބި މީހުންގެ ކެއިން ބުއިމަށް ދާނެ ހަރަދުތައް އެ އޮތޯރިޓީން ހަމަޖައްސާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން ތަކުގެ ސަބަބުން މަރާމާތަށް ފަހު އަބުރާ ގެޔަށް ނުވަދެވޭނެ ކަމަށް ބެލެވޭ ގެތަކުގައި ކުއްޔަށް ދިރިއުޅުނު ފަރާތްތަކުން އަލުން ތަންތަން ކުއްޔަށް ހޯދުމަށް އިރުޝާދު ދީފައިވާ ކަމަށެވެ.

މީގެއިތުރުން ކުއްޔަށް އާ ތަންތަނަށް ބަދަލުވާ އާއިލާތަކަށް 3 މަސް ދުވަހަށް ކުލި ދެއްކޭނެ ފައިސާ ސަރުކާރުން ހަމަޖައްސައި ދޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަލިފާން ރޯވި ސަރަހައްދުގައި އަމިއްލަ ގެދޮރުގައި އުޅެމުންދިޔަ 8 އާއިލާއަކަށް ގާކޮށި ފްލެޓްގައި އާދައިގެ ދިރިއުޅުމެއް އުޅެވޭނެ އިންތިޒާމުތައް ހަމަޖައްސައިދެމުން ދާކަމަށްވެސް އެ އޮތޯރިޓީން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަލިފާނުގެ ހާދިސާގައި ގޭބިސީތަކަށް ލިބުނު ގެއްލުން ވަޒަން ކުރުމަށްޓަކައި ހަދަންޖެހޭ އެސެސްމެންޓް ހެދުމުގެ މަަސައްކަތުގެ ބޮޑުބައެއް ނިންމާލާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އަލިފާނުގެ ސަބަބުން ގެއްލުންވި ގެތަކުގައި ގެންގުޅުން ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ ޖުމްލަ އެއްލައްކަ ރުފިޔާއަށް ވުރެން މަތި ކަމަށެވެ.

ހަމައެއާއިއެކު، އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އެހީތެރިވުމަށް ހުޅުވި ރިލީފް އެކައުންޓަށް ދެލައްކައަށް ވުރެން ގިނަ ރުފިޔާ ލިބިފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. ހެންވޭރުގައި ހިނގި އެ އަލިފާނުގެ ހާދިސާގައި ވަނީ އަންހެނަކު މަރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: