ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫމަޑިއަށް ބަދަލު ދިނީ ބައިނަލްއަގުވާމީ ހަމަތަކާ ޚިލާފަށް: އިދިކޮޅު

ނޫމަޑިއަށް ބަދަލު ދިނީ ބައިނަލްއަގުވާމީ ހަމަތަކާ ހިލާފަކަމަށް އިދިކޮޅުން ބުނެފި. ފޮޓޯ: އިދިކޮޅު ކޯލިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާއެކު ހެދި ދެ އެއްބަސްވުން ކުރީ ސަރުކާރުން އުވާލި މައްސަލާގައި ބަދަލެއްގެ ގޮތުގައި އެ ކުންފުންޏަށް 55 މިލިއަން ޑޮލަރު މި ސަރުކާރުން ދީފައި ވަނީ ބައިނަލްއަގްވާމީ ހަމަތަކާ ހިލާފަށް ކަމަށް ޕްރޮގްރެސިވް ކޮންގްރެސްއިން ބުނެފިއެެވެ.

ނޫމަޑިން އެ މައްސަލަ ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅީ ބަދަލުގެ ގޮތުގައި 155 މިލިއަން ޑޮލަރު ހޯދުމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކެއްގައި ފްލެޓު އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކުރި މައްސަލައިގައި ސެޓްލްމަންޓް އެގްރީމަންޓެއް ހަދައި އެކުންފުންޏަށް ސަރުކާރުން ބަދަލުގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 848،100،000 ރުފިޔާ ދީފައިވާ ކަމަށް ބުނެ ހައުސިންގ މިނިސްޓްރީއިން ވަނީ ބަޔާނެއް ނެރެފައެވެ. އެ އެގްރިމަންޓްގައި ސޮއިކޮށްފައިވަނީ މިދިޔަ އޮގަސްޓްމަހުގެ 25 ވަނަ ދުވަހުއެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވިދާޅުވީ އިންޓަނޭޝަނަލް ކޯޓެއްގައި އާބިޓްރޭޝަން މައްސަލަ ކުރިއަށްދާއިރު އެ މައްސަލަ އައުޓް ކޯޓް ސެޓްލްމަންޓްއަކުން ނިންމުމަކީ އިންޓަނޭޝަނަލް ކޮމާސްއާއި ޚިލާފުވުން ކަމަށެވެ.

“ހިތަށް އެރި ގޮތަކަށް ކޮމިޓީއެއް ނަގައިގެން ކުރެވޭ ކަހަލަ ކަންކަމެއްނޫން އާބިޓްރޭޝަން މިހާ ބައިވަރު ފައިސާ ދިނުމަކީ. 800 އެތަށް މިލިއަން ރުފިޔާއެއް ދިން އިރު މިއަދު މަސްވެރިނަންނަށް އެމީހުން ކިރާ މަހަށް ހަމަ އަގު ނުދެވޭ. އަލިފާނުގައި ހާލުގައި ޖެހިފައި ތިބި ނިކަމެތި އާއިލަތަށް އަދިވެސް އެތިބީ ބަދަލެއް ދިނީކީއެއްނޫން. މިހެން މިކަން އޮއްވާ ކުއްލިއަކަށް އައުޓް އޮފް ކޯޓު ސެޓުލްމަންޓް އޭ ކިޔާފަ 52 މިލިއަން ޑޮލަރު މިދެއްކީ. މިގޮތަކަށް ނުނިންމޭނެ. މިއީ އިންޓަނޭޝަނަލް ކޮމާސްގައި ނުކުރެވޭނެ ކަމެއް.” ސައީދު ވިދާޅުވިއެވެ.

މި ސަރުކާރުން ބަދަލުގެ ގޮތުގައި ފައިސާތައް ދައްކަމުންދާއިރު އެކަން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވިދާޅުވީ މި ސަރުކާރު އައި ފަހުން ބަދަލުގެ ގޮތުގައި ކުންފުނިތަކަށް އެތަކެއް ފައިސާއެއް ދައްކައިފި ކަމަށެވެ. 1.6 ބިލިއަން ރުފިޔާގެ ބަދަލު މި ސަރުކާރުން ދައްކާފައިވާއިރު މިއީ ދައުލަތުގެ ފައިސާއިން ވައްކަން ކުރުން ކަމަށެވެ.

“މިހާރު މި ހަދާ ގޮތަކީ ފިނޭންސް މިނިސްޓަރާއި ސަރުކާރާއި ވެގެން، ޚިލާފު އުފެދި، އުވާލާފައި ހުރި އެގްރިމަންޓްތައް އެ ނިސްބަތްވާ ނޫނީ އެކުންފުނިތަކާއި ވާހަކަދައްކައިގެން އައުޓް އޮފް ކޯޓު ސެޓްލްމަންޓްތަކަށް މިދަނީ. ކޯޓުން ބޭރުން މައްސަލަ ނިންމުމުގެ ނިޔަތުގައި ހަމަ ސީދާ ދައުލަތުގެ ފައިސާއިން ވައްކަން މި ކުރަނީ”ޝިޔާމް ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ޝުޖާއު ވިދާޅުވީ ނޫމަޑި މައްސަލަ އާބިޓްރޭޝަންއިން ނުނިމެނީސް އައުޓް އޮފް ކޯޓް ސެޓްލްމަންޓަކަށް ގޮސް 848 މިލިއަން ދައުލަތުން އެކުންފުންޏަށް ދެއްކުމަކީ “ބަދަލުދިނުމުގެ ވައްކަމުގެ” ތެރެއަށް އިތުރުވި ބޮޅެއް ކަމަށެވެ.

https://twitter.com/shuja3831/status/1181638651303755777

ހައުސިން މިނިސްޓްރީ އިން ބުނީ އެމައްސަލަ އާބިޓްރޭޝަނުގެ ބޭރުން ހައްލު ކުރުމަށް ނިންމާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ލަފަޔާ އެކު އެ މައްސަލައިގައި އާބިޓްރޭޝަނުން ބޭރުން ނިންމަން ޖެހޭ ކަންކަން ހުރިކަން އެމަނިކުފާނަށް ފާހަގަ ކުރެވިފައިވާތީ ކަމަށެވެ.

މީގެ އިތުރުން ސެޓްލްމެންޓު ކޮމެޓީގެ ގިނަ މެންބަރުންވެސް ބުރަވެފައިވަނީ އެ މައްސަލަ އާބިޓްރޭޝަނުން ބޭރުން ނިންމުމަށް ކަމަށް ހައުސިން މިނިސްޓްރީ އިން ވަނީ ބުނެފައެވެ. އަދި ފޭސް 1 އެއްބަސްވުމާއި ފޭސް 2ގެ އެއްބަސްވުމާ ގުޅިގެން އުފެދިފައިވާ ދެބަސްވުންތައް ޙައްލުކޮށްފައިވަނީ ދިވެހި ސަރުކާރުގެ ފަރާތުން ނޫމަޑިއަށް ފުލް އަދި ފައިނަލް ސެޓްލްމަންޓްގެ ގޮތުގައި 55 ހާސް އެމެރިކާ ޑޮލަރު ދިނުމަށް ނިންމައިގެންކަމަށް ހައުސިން މިނިސްޓްރީއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: