ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެން ރިޕޯޓާއި ގުޅިގެން ރައީސް ސާލިހު ހެއްދެވީ އިތުރުފުޅެއް: ތޯރިގު

އެމްޑީއެންގެ މައްސަލައިގައި އިދިކޮޅުން ބެއްވި ޕްރެސް. ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ހެއްދެވީ އިތުރުފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހުބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއވެ.

ޕްރޮގްރެސިވް ކޯލިޝަންގެ މަޖިލިސް މެންބަރުން ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތޯރިގު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓާއި ގުޅޭގޮތުން ހަގީގަތާއި ޚިލާފަށް، ރައްޔިތުންނަށް އޮޅޭ ގޮތަށް ވާހަކަ ފަތުރަމުންދާ ކަމަށެވެ.

2014 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާޗުމަހައި ހިސާބަށް އެމްޑީއެންއިން ނެރެފައިވާ ރިޕޯޓަށް ކިޔަނީ “ލަވް ފޯ އިސްލާމް ވާރސަސް، ހޯލީ ވޯ” ކަމަށެވެ. އަދި ފަހުން ނިކުތީ އެ ނަމުގައި އޮތް ރިޕޯޓެއް ނޫން ކަމަށް ވިދާޅުވިއެވެ.

“މީގެ ހުރި ބައެއް ފެކްޓްސްތަށް އެމީހުންނަށް ގަބޫލުކުރޭ ގޮތަށް. މި ޓޮޕިކުގައެއް ނޫން ފަހުން ނިކުތް ރިޕޯޓު އޮތީ.” ތޯރިގް ވިދާޅުވިއެވެ.

އެމްޑީއެންއާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ހައްދަވަނީ އިތުރުފުޅެއް ކަމަށް ތޯރިގު ވިދާޅުވިއެވެ.

“ބަޔާނެއް ޓުވީޓު ކުރައްވާ އެމަނިކުފާނު ވިދާޅުވެފައިވަނީ “2015 ވަނަ އަހަރު ނިކުތް ރެޑިކަލައިޒޭޝަން އޭ ވިދާޅުވެ”. އެއީ އެމްޑީއެން ޕްލިމިނަރީ އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް. 2015 ވަނަ އަހަރު ނިކުތީ ރެޑިކަލައިޒޭޝަން އާއި ބެހޭ ރިޕޯޓެއް ނޫން. އޭގެ ބޭސް ލައިންއަށް ބިނާކޮށް ލިޔެފައިވާ “ހޯލީ ވޯ ވާރސަސް އިސްލާމް” މިކަހަލަ ގޮތަކަށް ލިޔެފައިވާ ރިޕޯޓެއް.” ތޯރިގު ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ ރައީސުލްޖުމްޙޫރިއްޔާ ރައްޔިތުންނަށް ދެއްވާފައިވަނީ ދޮގު މައުލޫމަތެއް ކަމަށެވެ. އަދި އެކަމަށް ރައީސް މައާފަށް އެދިވަޑައިގަންނަން ޖެހޭ ކަމަށާއި ބަޔާން އިސްލާހު ކުރެއްވުމަށް ފަހު އަލުން ބަޔާން ނެރުއްވުމަށް ތާރިގު ގޮވާލެއްވިއެވެ.

މެމްބަރު ތޯރިގު ވިދާޅުވީ މަޖިލީހުގެ ރައީސް ވިދާޅުވާ އަނދިރި ދައުލަތް މުޅި ސިސްޓަމް ތެރެއަށް ވަދެފައިވާ ކަމަށެވެ.
އެގޮތުން ސުޕްރިމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވާފައި ތިއްބެވީ އެމްޑީއެންގެ ރިޕޯޓު 2014 ވަނަ އަހަރު ލިޔުނު ބޭފުޅުން ކަމަށާއި ޕޮލިހުގެ އިސްމަޤާމުތަކުގައި ތިއްބެވީ އެމްޑީއެންގެ ބޯޑު މެންބަރުން ކަމަށެވެ. އަދި ރައީސް އޮފީހުގެ އެންޓީޓެރަރިޒަމް ކޮންސަލްޓަންޓްއަކަށް ހުންނެވީ އެމްޑީއެންގެ ޗެއާޕާސަން ކަމަށް ތޯރިގު ވިދާޅުވިއެވެ.

“އެމްޑީއެން އަކީ މިހާރު ކަރުދާސްގަނޑެއް. އޭގަ ނެތް އެއްވެސް މީހެއް. ހުރިހާ ބޭފުޅުން ރައީސުލްޖުމްޙޫރިއްޔާ އަންގަވައިގެން އިސްތިއުފާ ދެއްވުމުން. މާދަމާ ނޫން އަނެއް ދުވަހުން ޝެއިހުންނަށް މި ދެންނެވީ ތިން ދުވަސް ދޭށޭ. އަޅުގަނޑުމެން އެމްޑީއެން އުވާލާނަން.” ތޯރިގު ވިދާޅުވިއެވެ

އެމްޑީއެން އުވާލާއިގެން މައްސަލަ ހައްލު ނުވާނެ ކަމަށް ތޯރިގު ވިދާޅުވިއެވެ. މައްސަލަ ހައްލުވާނީ އެ ޖަމިއްޔާގައި ތިބި ބޭފުޅުންނަށް ޤާނޫނީ ގޮތުން ފިޔަވަޅު އަޅަގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: