ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު އޮތީ ސިޓީއެއްގައި ސޮއި ކޮށްލުމުގެ ފެންވަރުވެސް ނެތް ސަރުކާރެއް: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް : ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރަކީ އެއްްވެސް ހަރަދެއް ނުކޮށް ރައްޔިތުންނަށް ގެދޮރު ދޫކުރުމަށް ސިޓީއެއްގައި ސޮއި ކޮށްލުމުގެ ފެންވަރު ވެސް ނެތް ސަރުކާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސިފަކުރައްވައިފިއެވެ.

ޝިޔާމް އެފަދައިން ވިދާޅުވީ، މަޖިލީހަށް ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދު ﷲ ގެދޮރު ނެތް ފަރާތްތަކާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހިންނަށް ގޯތި ދޫކުރުމާއި ބެހޭ ގޮތުން ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.

އޭނާ ވިދާޅުވީ، އަދުގެ ސަރުކާރުން އުޅުއްވަނީ އެއްވެސް ހަަރަދެއް ނުކޮށް ރަށްރަށުން ބިން ދޫކުރެވެން އޮއްވައި އެކަން ނުކުރެވިގެން ކަމަށެވެ. އެހެންކަމުން ހަރަދެއް ނުކޮށް ބިން ދޫކުރަން ނުކުޅެދުނު ބަޔަކަށް ދައުލަތުގެ މާލިއްޔާއިން ހަރަދުކޮށްގެން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެތޯ އައްސަވައި ޝިޔާމް ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

ޝިޔާމް ވަނީ އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ހާޒިރުކުރެއްވުމުން ޖޫރިމަނާގެ ބަދަލޭ ބުނެ ވައްކަމުގެ ގޮތުގައި ނަނގަން ނިންމާފައިވަނީ ކިހާ އަަދަދެއްގެ ފައިސާތޯ އައްސަވާފައެވެ.

އަންގާރަ ދުވަހުވެސް ވައްކަމުގެ ގޮތުން 800 މިލިއަން ރުފިޔާއަށް ވުރެން ބޮޑު އަދަދެއް ނަނގަން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންނެވި ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

ޝިޔާމް ދައްކަވަނީ ބަހުސް ކުރަން ހުޅުވާލި ގަރާރާއި ނުގުޅޭ ވާހަކަ ކަމަށް ވިދާޅުވެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވަނީ ނިޒާމީ ނުކުތާ ދެފަހަރު ނަންގަވާފައެވެ.

ސަރުކާރުން ބަދަލު ދިނުމުގެ ނަމުގައި ކުރާ ކަމަކީ ވައްކަން ކަމުގައި ނިންމެވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކަމަށާއި، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އެފަދައިން ވިދާޅުވުމުން އެވާހަކަތައް ދައްކަވަން ފަސޭހަ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

އޯގަސްޓް މަހާއި ހިސާބަށް ދިޔައިރު ދައުލަތުގެ ބަޖެޓް ހުސްވެގެން ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރި ބަޔަކަށް ރައްޔިތުންނަށް ފޯރުކޮށްދެވޭނީ ކޮން ބޯހިޔާވަހިކަމެއްތޯ އައްސަވައި ޝިޔާމް ވަނީ ސަރުކާރައި ސުވާލު ކުރައްވާފައެވެ.

ރައްޔިތުން ތިބީ ބޯހިޔާވަހިކަމުގެ އިންތިޒާރުގައި ކަމަށާއި ނަމަވެސް ސަރުކާރުން ބޯހިޔާވަހިކަމަށް ހަަރަދެއް ކުރައްވާތަން ފެނިވަޑައިނުގަންނަވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: