ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަމުގައިވާ ފަދައިން ރައީސް ސާލިހަކީ ސާލިހު ބޭފުޅެއްކަން މިއަދު އެނގިއްޖެ: ޑރ.އިޔާޒް

ދީދީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް: ފޮޓޯ މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހީމް މުހައްމަދު ސާލިހަކީ އެމަނިކުފާނުގެ ނަމުގައިވާ ފަދައިން ސާލިހު ބޭފުޅެއްކަން މިއަދު އެނގިވަޑައިގެންފި ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

 ޑރ.އިޔާޒް މިހެން ވިދާޅުވީ މޯލްޑިވިއަން ޑީމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ލާދީނީ ރިޕޯޓާއި ގުޅިގެން މިއަދު ރައީސް އޮފީހުގައި ދީނީ އިލްމުވެރިންނާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ބައްދަލުކުރެއްވުމަށްފަހު އެކަމާގުޅޭގޮތުން އާންމު ފަރާތެއް ހިތްހަމަޖެހޭ ޖަވާބެއް ލިބިފައިވޭތޯ އިޔާޒާއި ސުވާލު ކުރެއްވުމުން ޖަވާބު ދެއްވާ ކުރެއްވި ޓުވީޓެއްގައެވެ.

https://twitter.com/dr_iyaz/status/1181599047280234497?s=19

ސަންގަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އިސްވެ ހުންނަވައިގެން 10 އަކަށްވުރެ ގިނަ ދީނީ އިލްމުވެރިން ވަނީ ރައީސް ސާލިހާއި ބައްދަލުކުރައްވާފައެވެ.

ޑރ.އިޔާޒް ވެސް ވަނީ ރައީސް ސާލިހާއި މިއަދު ބައްދަލުކުރައްވާފައެވެ.

އެބައްދަލުވުމަށްފަހު ޑރ.އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސާލިހާއި ބައްދަލުކުރައްވަން ދީނީ އިލްމުވެރިން ރައީސް އޮފީހަށް ވަޑައިގަތުމުން އޭބޭފުޅުންނާ ބައްދަލުކުރައްވައި، އެބޭފުޅުންގެ އިހުސާސްތައް އެމަނިކުފާނު އެއްސެވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމާމެދު އަވަސް ފުރުސަތެއްގައި އަމަލީ ސިފަ ޖެހިގެން ދިއުމާމެދު ޔަގީން ކުރައްވާ ކަމަށްވެސް އިޔާޒް ވިދާޅުވިއެވެ.

https://twitter.com/dr_iyaz/status/1181547593383342080?s=19

އެމްޑީއެންގެ ލާދީނީ ރިޕޯޓާއި ގުޅިގެން ގުޅިގެން އިސްލާމިކް މިނިސްޓްރީއިން ވެސް ވަނީ ޖަމިއްޔާއާއި މެދު ފިޔަވަޅު އަޅައިދިނުމަށް ފުލުހުންގެ ކިބައިން  އެދިފައެވެ.

އެ ޖަމްއިއްޔާގެ މެމްބަރުކަންވެސް ކުރައްވާފައިވާ ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވީ ފަސްޖެހުމެއް ނެތި އެމައްސަލާގައި އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. 

ފުލުހުންގެ ތަހުގީގާއި ގުޅިގެން ޝަހިންދާ ކުރި ޓްވީޓުތަކެއްގައި ބުނެފައިވަނީ ތަހުގީގަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ހުންނެވިކަމަށެވެ. އޭނާއާއި އޭނާގެ ޖައްމިއްޔާއިން ކުށެއް ކޮށްފައިވާނަމަ މައްސަލަވެސް ބަލަންޖެހޭނެކަން ޝަހިންދާ ވަނީ ޓްވީޓުތަކުގައި ގަބޫލުކޮށްފައެވެ. ނަމަވެސް، އޭނާ ވަނީ އިސްލާމިކް މިނިސްޓްރީއިން އެ މައްސަލަ ހުށަހެޅުމުގެ މާ ކުރިން “ބަޔަކު” މުޖްތަމައުގެ ތެރޭގައި ނަފްރަތު އުފެއްދި ކަމަށް ބުނެފައެވެ.

މި މައްސަލާގައި ރައްޔިތުން ބޭނުންވަނީ އެ ޖަމްއިއްޔާ މިހާރުން މިހާރަށް ބަންދުކުރާށެވެ. ނަމަވެސް ޖަމްއިއްޔާތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ޔޫތު މިނިސްޓްރީއިން ހަމަ އެކަނި އެ ޖަމްއިއްޔާގެ މައްޗަށް ކޮށްފައިވަނީ އިލްތިމާސެކެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: