ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަހިންދާ ސީޕީ ހަމީދުއަށް: އަހަރެމެންގެ މީހުންގެ މައްސަލަ ނުބަލައި އެމްޑީއެންގެ މައްސަލަ ބެލުމަކީ ފުލުހުންގެ ފިނޑިކަން!

އަޅުގަނޑު ކުށެއް ކުރިނަމަ އެ މައްސަލަ ބަލަން ޖެހޭނެ ކަމަށް ގަބޫލު ކުރަން: ޝަހިންދާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދީނަށް ފުރާއްސާރަކޮށް މޯލްޑިވިއަން ޑެމޮކްރަސީ ނެޓްވޯކްއިން ނެރުނު ރިޕޯޓުގެ މައްސަލަ “ސީރިއަސް” މައްސަލައެއްގެ ގޮތުގައި ބަލާނެކަމަށް ބުނެފައިވަނީ ފުލުފުލުގައި އިންޒާރުތައް އޭނާއަށް ލިބެމުން އަންނަ ދަނޑިވަޅެއްގައި ކަމަށާއި، ތަހުގީގުގައި ވަކި ކޮޅަކަށް ބުރަވެދާނެކަމަށް ބުނެ އެ ޖަމިއްޔާގެ ފައުންޑާ ޝަހިންދާ އިސްމާއީލު ޓްވީޓުކޮށްފިއެވެ.

އެ މައްސަލަ ތަހުގީގު ނުކުރާކަމަށް ބުނެ ފުލުހުންނަށް ފަޑުކިޔުންތައް އަމާޒުވެފައިވަނިކޮށް، ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވަނީ އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަމުން ދަނީ ވަރަށް ޚާއްސަ އިސްކަމެއް ދީގެން އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގައި ފުލުހުންގެ ގާނޫނީ ޒިންމާ އަދާ ކުރުމުގައި އެއްވެސް ފަރާތަކާ މެދު ޖެހިލުން ނުވާނެ ކަމަށެވެ.

https://twitter.com/HindhaIsmail/status/1181497454920900608

އެ މައްސަލައާއި ގުޅިގެން އިސްލާމިކް މިނިސްޓްރީއިން ވެސް ވަނީ ޖަމިއްޔާއާއި މެދު ފިޔަވަޅު އަޅައިދިނުމަށް އެދިފައެވެ.

ފުލުހުންގެ ތަހުގީގާއި ގުޅިގެން ޝަހިންދާ ކުރި ޓްވީޓުތަކެއްގައި ބުނެފައިވަނީ ތަހުގީގަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ހުންނެވިކަމަށެވެ. އޭނާއާއި އޭނާގެ ޖައްމިއްޔާއިން ކުށެއް ކޮށްފައިވާނަމަ މައްސަލަވެސް ބަލަންޖެހޭނެކަން ޝަހިންދާ ވަނީ ޓްވީޓުތަކުގައި ގަބޫލުކޮށްފައެވެ. ނަމަވެސް، އޭނާ ވަނީ އިސްލާމިކް މިނިސްޓްރީއިން އެ މައްސަލަ ހުށަހެޅުމުގެ މާ ކުރިން “ބަޔަކު” މުޖްތަމައުގެ ތެރޭގައި ނަފްރަތު އުފެއްދި ކަމަށެވެ.

އެތައް ބަޔަކު އިންޒާރު ދީ، ދޮގު ފަތުރާ މައްސަލަތަކެއް ވެސް ފުލުހަށް ހުށަހެޅުމުން އެ މައްސަލަ ނުބަލާ ކަމަށާއި އެހެން ކަންކަމަށް “ސީރިއަސްކަން” ދިނުމަކީ ފިނޑި އަމަލެއްގެ ގޮތުގައި ޝަހިންދާ ވަނީ ސިފަކޮށްފައެވެ.

https://twitter.com/HindhaIsmail/status/1181497459220140034

ޝަހިންދާ ބުނެފައިވަނީ ރާއްޖޭގައި މީހުންނަށް މަރުގެ އިންޒާރުދީ މަރާލާފައި ވެސް އެބަހުރި ކަމަށާއި، މީހުން ވަގަށް ނަގާ އެތައް އަނިޔާވެރި އަމަލުތަކެއްވެސް ބަޔަކު ހިންގާފައިވާ ކަމަށެވެ. އޭނާ ބުނީ ފުލުހުންގެ އަމަލުތަކުން އެމީހުންނަށް ލިބޭނީ އިތުރު ހިއްވަރެއް ކަމަށެވެ. އެހެން ކަމުން، އިންސާފުވެރި ތަހުގީގަކަށް އެދޭކަމަށެވެ.

ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަކަމަށް ބުނާއިރު، ފުލުހުން ގާނޫނު އަސާސީއަށް އިހުތިރާމް ކުރުމަށް ޝަހިންދާ ވަނީ ގޮވާލާފައެވެ. މީހެއްގެ ފުރާނައަށް ގެއްލުމެއް ނުވަނީސް، “ވައޮލެންޓް މޮބް މެންޓާލިޓީ” ހުއްޓުވުމަށްވެސް ޝަހިންދާ ވަނީ ފުލުހުންނަށް ގޮވާލާފައެވެ.

https://twitter.com/HindhaIsmail/status/1181497461459820550

އެންޑީއެމް އިން “ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމްދީނަށް ފާޅުގައި ފާޑުކިޔާފައިވެއެވެ. ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން ސޯޝަލް މީޑިއާގައި އެކަމާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: