ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން އެއް ބިލިޔަން ރުފިޔާ ޚަރަދުކޮށްގެން 42 މަޝްރޫއެއް ނިންމައިފިން: މިނިސްޓަރ އަމީރު

ފިނޭންސް މިނިސްޓަރ މަޖިލީހަށް ހާޒިރުކުރުން. ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ ވެރިކަމާއި ހަވާލުވި ފަހުން 42 މަޝްރޫއެއް ނިމިފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިމްބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އެދިލެއްވުމަށް ފިނޭންސް މިނިސްޓަރ އަމީރު މަޖިލީހަށް މިއަދު ހާޒިރުކޮށްފައިވާއިރު މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް މި ސަރުކާރުން 42 މަޝްރޫއެއް ނިންމާފައިވާ ކަމަށާއި މަޝްރޫއުގެ އަގު ޖުމްލަ އެއް ބިލިއަންނަށް އަރާކަމަށެވެ. މިހާތަނަށް މި މާޝްރޫއުތަކަށް 759.8 މިލިއަން ރުފިޔާ ދައުލަތުން ދައްކާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ  މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް 171.6 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.

މިނިސްޓަރ އަމީރު ވަނީ މިވަގުތު ގިނަ މަޝްރޫއުތަކެއްގެ އީއައިއޭ ހަދަމުންދާކަމަށާއި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ތަކެތި މޮބަލައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ދާކަން ފާހަގަކުރައްވާފައެވެ. އެ މަޝްރޫއުތައް ފެށުމުން ރާއްޖޭގެ އިގުތިސާދު ކުރިއަރައިގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިހާތަނަށް 136 ނޭޝަނަލް ޓެންޑަރ އުސޫލުން އެވޯޑުކޮށްފައިވާ ކަމަށާއި އޭގެ ޖުމްލަ އަގު 3.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި 43 ރަށެއްގައި ޖުމްލަ 29 ޕްރޮޖެކްޓެއް މިހާރު ކުރިއަށް ދާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

“މި ޕްރޮޖެކްޓްތަކަށް ފައިނޭންސް ކޮށްފައިވަނީ ޑޮމެސްޓިކް ފައިނޭންސިންް އާއި ފޮރިން ފައިނޭސްއިން. އޭގެ ތެރޭގައި އިންޑިއާ ސަރުކާރުން އެހީގެ ދަށުން ލިބުނު 200 މިލިއަން ޑޮލަރާއި ފޮރިން ފައިނޭންސުން ލިބުނު ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ ޓީ ބިލް ވިއްކިފައިވާނެ” މިނިސްޓަރ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ މިއަހަރު ހަތް ބިލިއަން ރުފިޔާގެ މަޝްރޫޢު ކުރިއަށް ގެންދަން ބަޖެޓް ކޮށްފައިވާ ކަމަށާއި އަމާޒަކީ އެފައިސާގެ 80 އިންސައްތަ އާއި 90 އިންސައްތައިގެ އަދަދެއްގެ މަޝްރޫއުތައް އަހަރު ނިމުމުގެ ކުރިން ބަޔަކާއި ހަވާލު ކުރުން ކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ މަސައްކަތުގެ ސްޕީޑު ލަސްކަމަށް ބުނެ ފާޑުކީނަމަވެސް ވެރިކަމުގެ ފުރަތަމަ ދިހަ މަސް ދުވަސް ތެރޭގައި އެންމެ ގިނަ މަޝްރޫއު ފަށާފައި ވަނީ މި ސަރުކާރުން ކަމަށް އަމީރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: