ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެންގެ ރިޕޯޓަކީ އިސްލާމްދީން ފޮހެލުމަށް ކުރި ކަމެއް: ސަލަފް

އެމްޑީއެންއިން ނެރުނު ރިޕޯޓުގެ ބޭރުގަނޑު: ފޮޓޯ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން “ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް” ގެ ނަމުގައި ނެރުނު ރިޕޯޓަކީ ދިވެހި ރާއްޖެއިން އިސްލާމް ދީން ފުހެލައި، ރާއްޖޭގައި ސެކިއުލަރ ވެރިކަމެއް ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ފާޅުވެގެންވާ ހެއްކެއް ކަމަށް ޖަމިއްޔަތުއް ސަލަފުން ބުނެފިއެވެ.

އެމްޑީއެން އިން ޝާއިއުކޮށްފައިވާ ރިޕޯޓްގެ ހަގީގަތާއި މަގްސަދާއި އޮޅުވަމުންދާތީ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ރިޕޯޓަކީ ވަރަށް ނުރައްކާތެރިކަން ބޮޑު އަދި މުޖުތަމައުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާންކަން ނަގާލާފަދަ އެތައް ވާހަކައެއް ހިމެނޭ ރިޕޯޓެއް ކަމަށެވެ.

އެ ރިޕޯޓްގައި ފާހަގަކުރެވިފައިވާ ދިވެހި ރައްޔިތުންގެ ސަމާލުކަމަށް ގެންނަންޖެހޭ ބައެއް ނުކުތާތައް ސަލަފް ޖަމިއްޔާއިން ވަނީ އެ ބަޔާނުގައި ހިމަނާފައެވެ.

އެ ރިޕޯޓްތަކުގެ ތެރޭގައި:
– މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފެއްދުން
– ﷲ ވޮޑިގެންވާކަމީ ޝައްކެއް އޮތްކަމެއް ނޫންކަމަށް ބުނެފައި އޮތުމުން، އެކަމަށް އިންކާރުކުރުން
– ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސްފުޅުތަކުގައިވާ ކަންކަމުގައި ޝައްކު އުފައްދައި އެބަސްފުޅުތައް ދޮގުކޮށް، އިސްލާމީ ޝަރީއަތަކީ އުނި، ޒަމާނަށް ނުފެތޭ އެއްޗެއްކަމުގައި ދެއްކުން
– ގުރްއާނަށް އެއްވެސް އުނި އިތުރުކަމެއް އައިސްފައި ނުވާކަމަށް ބުނާ ވާހަކައަކީ، ހަމައެކަނި މުސްލިމުންގެ ޚިޔާލުކަމުގައްޔާއި، އެއީ ތެދު ޙަޤީޤަތެއް ނޫން ކަމަށް ބުނުން
– ހައްދުފަހަނައެޅުމާއި ތަކުފީރީ ފިކުރަށް ހަދީސް ތަކުގައި ބާރުއަޅާފައިވާކަމަށް ބުނެ، ރަސޫލާގެ އިސްތަށިފުޅުގައި ދޮގު އިލްޒާމު އެޅުވުން
– އަމިއްލަ ނަފްސަށްވުރެ ބޮޑަށް ކީރިތި ރަސޫލާ صلى الله عليه وسلم އަށް ލޯބިވާން ޖެހޭނެކަމަށް އޮތުމަކީ ކަންބޮޑުވާ ކަމެއްކަމުގައި ހާމަކޮށްފައި ވުން
– އެކަލޭގެފާނަށް ފާޑުކިޔުމީ ވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން އޮންނަންޖެހޭ ފުރުސަތެއް ކަމުގައި ބުނެފައި އޮތުން
– ރާއްޖޭގެ އިސްލާމީ މުގައްރަރު ކިޔަވާ ކުދިންގެ ހިތުގައި އިސްލާމީ ޢަޤީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭކަމުގައި ބުނެ ކަންބޮޑުވުން ފާޅުކުރުން
– ކައިވެނިން ބޭރުން ހިނގޭ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫންކަމުގައި އޮތް އޮތުމަށް ފާޑުކިޔުން މިއެވެ.

މީގެއިތުރުން ވެސް އެ ރިޕޯޓްގައި ވަނީ ގިނަ ނުކުތާތަކެއް ފާހަގަކޮށްފައެވެ.

ސަލަފުން ބުނީ ރާއްޖޭގެ ދީނީ އިލްމުވެރިންނާއި، ދީނީހޭލުންތެރިކަން ފަތުރަން މަސައްކަތް ކުރާ މީހުންނަކީ ވެސް ހައްދުހަފަނަ އަޅާފައިވާ ހަރުކަށި ފިކުރުގެ މީހުންކަމުގައި ބުނެ، ރާއްޖޭގެ ދީނީ ދައުވަތުގައި ރައްޔިތުންގެ އިތުބާރު، ލިބިފައިވާ އެތައް އިލްމުވެރިންގެ ނަމާއި އަދާކުރާ ވަޒީފާއަށް ދާންދެން ޝާމިލްކޮށްފައި ވުމުން އެ ރިޕޯޓަކީ ރާއްޖެއިން އިސްލާމްދީން ފުހެލުމަށްޓަކައި އެދީނުގެ އަދާވާތްތެރީން ފައިސާ ދީގެން ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަން ހާމަވާ ކަމަށެވެ.

ސަލަފުން ވަނީ އެންޑީއެމްގެ ރިޕޯޓު ތައްޔާރު ކުރުމުގައި ބައިވެރިވި އެންމެނަށް ހައްގު އަދަބު ދީ އެ ޖަމިއްޔާގެ ބޮޑުންގެ ގޮތުގައި ތިބެ ސަރުކާރުގެ ބައެއް މުއައްސަސާތަކުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން އެ މަގާމުތަކާ ދުރުކޮށް އެ ޖަމިއްޔާ އުވާލުމަށް ރައީސުލްޖުމްހޫރިއްޔާ އަށާއި އެހެނިހެން ކަމާބެހޭ ފަރާތްތަކަށްވެސް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: