ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެންގެ ރިޕޯޓު: “ޝަހިންދާއަށް ކޮންމެ ގޮތެއް ވެސް ވަރިހަމަ؟”

އެމްޑީއެންއިން، ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓުގެ މައްސަލަ
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްދުފަހަނައަޅާފައިވާ ލާދީނީ ފިކުރު ފަތުރަމުންދާ މޯލްޑިވިއަން ޑިމޮކެރެސީ ނެޓްވޯކް (އެމްޑީއެން) އަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި، ދީނުގައި ކަނޑައެޅިގެން އަންގަވާފައިވާ ކަންކަމަށް ސުވާލު އުފެއްދުމުގައި މަޝްހޫރު ޖަމިއްޔާއެވެ. ޖަމިއްޔާގެ ނަމާއި، އޭގެ ފަހަތުގައި ވާ މީހުންވެސް އޮޅިފައެއް ވެސް ނޯންނާނެ އެވެ. ހުޅަނގުގެ މީހުންނާއި، އެ މީހުންގެ ސަގާފަތް އަދި އެ މީހުންގެ އުޅުމަކީ މާ “ރީތި” އުޅުމެއްކަމަށް އެމްޑީއެންއަށް އޮންނަނީ ގަބޫލު ކުރެވިފައެވެ. ބޭރުގެ ބޮޑެތި ފޯރަމްތަކުގައި ވާހަކަތައް ދައްކާއިރު ރާއްޖެއަކީ ދީނީ ގޮތުން ހައްދު ފަހަނަޅާފައިވާ ގައުމެއްގެ ގޮތުގައި ސިފަ ކުރުމަކީ ދޮން މީހުންގެ ތާއީދު އެ މީހުންނަށް ލިބޭ ކަމަކަށް ފަހަރުގައި ވެދާނެއެވެ.

މިއީ އެއްގޮތަކަށްވެސް، އެމްޑީއެންގެ ފައުންޑާ ޝަހިންދާ އިސްމާއިލް އާއި ޖައްސާލުމެއް ނޫނެވެ. ނޭނގި، އަލަށް ކުރެވުނު ކަމެއް ނަމަ މައާފު ވެސް ކުރެވުނީސްތާއެވެ. ނަމަވެސް، ކަންއޮތީ އެހެންނެއް ނޫނެވެ. ޝަހިންދާ އަކީ އެ ބުނާ “މިނިވަން ފިކުރުގެ” ހަތިޔާރުގައި ހިފައިގެން ހުރެ، ދީނަށް ފުރައްސާރަ ކުމުގައި އަރާ ހުރި މީހެކެވެ. ދޭތެރެއަކުން އޭނާ ކުރާ ޓްވީޓުތަކުގެ ސަބަބުން ހޫނު ފެނަށް ވެއްޓޭއިރު އޭނާގެ ދިފާއުގައި ނިކުންނަ ދެ ތިން މީހުންވެސް އުޅެއެވެ. ބޭރު ގައުމުތަކަށް، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ ގޮވައިގެން ގޮސް އެ ދައްކާ ވާހަކަތަކަކީ އެއްގޮތަކަށް ވެސް އޮޅިގެން ނޭނގި ދައްކާ ވާހަކައެއް ނޫނެވެ.

https://twitter.com/HindhaIsmail/status/943585542544834560?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E943585542544834560&ref_url=http%3A%2F%2Fbeta.sangu.mv%2F570

އެންޑީއެމް އިން “ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމްދީނަށް ފާޅުގައި ފާޑުކިޔާފައިވެއެވެ. ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން ސޯޝަލް މީޑިއާގައި އެކަމާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ދީނީ އިލްމުވެރިއެއްގެ އެހީގައި، ރިޕޯޓު އިސްލާހުކޮށް އަލުން އާއްމު ކުރާނެ ކަމަށް ބުނެ ރިޕޯޓު ނެގިޔަސް މިއީ ގަސްތުގައި ކެރިގެން ތިބެ ހިންގާފައިވާ އަމަލެކެވެ. ސަބަބުވެސް ބުނެފާނަމެވެ. އެ މީހުންނަށް ދޭނެ، އަދި ދެވޭނެ އަދަބެއް ވެސް ނެތީކަން ގަބޫލު ކުރަނީއެވެ. މީގެ ކުރިން ދުރު ދުރުން ބުނަމުން އައި ބަސްތައް މިއަދު ފާޅުގައި ބުނަމުންދާ ސަބަބެއް ހަމަ އޮންނާނެއެވެ.

މިހާރު ފެންމަތިވެގެން އުޅޭ ރިޕޯޓަކީ ކޮންމެ ވަގުތަކު، ކޮންމެ ތާރީހެއްގައި، ކޮންމެ އަހަރެއްގައި ލިޔުނު ރިޕޯޓަކަސް ވަރިހަމައެވެ. ލިޔެފި ނޫން ހެއްޔެވެ؟ އެހާ ހިސާބުން ގޯސްވީއެވެ. ޝަހިންދާ ހަމަ ގޯހެވެ. ނޫސްވެރިޔާ ފޮނު އަރުވަނީކަމަށް ބުނާނަމަ، ހަމަ އެ އުސޫލެވެ. ނުކުރާ ކަމެއްގެ ވާހަކަ، ނުދައްކާ ވާހަކައެއް ވެސް ނުލިޔަމެވެ. ރިޕޯޓު ކިޔަންވެސް، ކިޔައިފީމެވެ. އެހެން ވީމަ އެއީ މި އަހަރު ނޫނީ 2016 ގައި ޕަބްލިޝް ކުރި އެއްޗަކަސް ހަމަ ވަރިހަމއެވެ. ފާޅުކަން ބޮޑު ގޮތެއްގައި އެ އޮތީ ދީނަށް ފުރައްސާރަކޮށްފައެވެ. މި ސަރުކާރުގެ ޒިންމާއަކީ، އަދި ކަމާއި ބެހޭ މުއައްސަސާތަކުގެ ޒިންމާއަކީވެސް އެ ރިޕޯޓުގެ ފަހަތުގައި ވާ މީހުންނަށް އަދަބު ދިނުމެވެ. ކޮން ތަހުގީގެއް ކުރާކަށް ހެއްޔެވެ؟ ރިޕޯޓުގައި ވާ އެއްޗެއް ސާފުކޮށް ފެންނާން އޮއްވައި އެ ބުނާ “ތަހުގީގެއް” ގެ މާނަވެސް ނުވިސްނެއެވެ. ބޭނުންވާ މީހާ، ބޭނުންވަގުތަކު ހައްޔަރުކޮށް ގެންދާ ބީދާއިން، އަޅުގަނޑުމެންގެ އިސްލާމް ދީނަށް ފުރައްސާރަ ކުރި މީހާއަށް، ހަމަ ވަގުތުން ވަގުތަށް ހައްޔަރު ކުރަން ވީއެވެ. ދައްކާނެ، އަދި ދެއްކޭނެ ބަހަނާއެއް ނެތެވެ. ވަރަށް ސާފެވެ.

އެމްޑީއެންގެ އެ ރިޕޯޓު ތައްޔާރު ކުރުމުގައި އިސްކޮށް ހުރީ ޝަހިންދާ އިސްމާއިލްއެވެ. އަބަދުވެސް އަޑުގަދަ މީހެކެވެ. ޝަހިންދާ އަކީ ދިވެހިރާއްޖޭގެ އިޤްތިސާދީ ވަޒީރު ފައްޔާޒު އިސްމާއިލް ގެ ކޮއްކޮއެވެ. މި ސަރުކާރުގެ އެންމެ ބާރުގަދަ އެއް މިނިސްޓަރެވެ. މަންދު ކޮލެޖުގެ ޗެއާމަން އަދި ދިވެހި ރާއްޖޭގެ ވެރިކަމަށް އައުމުގެ ޝައުގުވެރިކަން ގެންގުޅުއްވި އިބްރާހިމް އިސްމާއިލް (އިބްރާ) އަކީ ޝަހިންދާގެ ބޭބެއެވެ. އެއަށްފަހު ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކެޓްރީއަކަށް އުޅުއްވާ ހަސަން އިސްމާއިލް އަކީ ޝަހިންދާގެ ބޭބެ އެވެ. ރައީސް ސޯލިހަށް ގިނަ ކަންކަމުގައި ލަފާ އަރުވާ ބޭފުޅެކެވެ. އެހެން ކަމުން، ހަސަން އިސްމާއިލްއަށް މި މައްސަލައިގައި ރައީސަށް ހަމަ ރަނގަޅަށްވެސް ލަފާ އެރުވޭނެ ތާއެވެ.

https://twitter.com/MDN_mv

އެމްޑީއެންގެ ނުފޫޒު އަދި މިހާ ހިސާބުން ނިމުނީއެއް ނޫނެވެ. ޖަމިއްޔާގެ ޗެއާޕާސަން ނޫޝިން ވަހީދު މަސައްކަތް ކުރަނީ ސީދާ ރައީސް އޮފީހުގައެވެ. ނަމަވެސް، އެ ޖަމިއްޔާގެ އެކްޓިވް މެމްބަރު އެމްޑީއެންގެ ޗެއާޕާސަންކަމުން އިސްތިއުފާ ދިނީ ހޯމަ ދުވަހުއެވެ. ނަމަވެސް، ޖަމިއްޔާއަށް ކުރާ ތާއީދު ނުގެއްލޭނެތާއެވެ. ރައީސް ސޯލިހަށް ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ކަންކަން ކުރައްވަން ޖެހޭ ގޮތާއި ގުޅޭ ގޮތުން ލަފާ އަރުވަނީ ނޫޝީން އެވެ.

ނޫޝިން އަކީ ސަރުކާރުގެ އިސް ފަރާތެއްގެ އިތުރުން، ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ނަސީމް (ކެރަފާ) އަށް ބޮޑުބޭބެ ކިޔާ މީހެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދެބެއިންގެ ދެދަރި މީހެކެވެ. އެހެން ވީމަ، ވިސްނާށެވެ. އެޅޭނެ ފިޔަވަޅެއް އެބައޮތް ހެއްޔެވެ.

އޭގެ އިތުރުން އެމްޑީޕީން ވަރަށް ބާރުލާފާއި ދައްކާ “ކޮންފްލިކްޓް އޮފް އިންޓްރެސްޓު” ވެސް މި ކޭސްގައި ދިމާވެއެވެ. ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަކީ ޖަމިއްޔާގެ ކުރީގެ ޑިރެކްޓަރެެކެވެ. ހަރަކާތްތަކުގައި ވަރަށް އިސްކޮަށް ބައިވެރިވެފައިވެއެވެ. އެ ބުނާ ރިޕޯޓެއް 2016 ވަނަ އަހަރު ނެރެފައިވާނަމަ، ހަމީދު އެ ރިިޕޯޓު ނުކިޔާ ނުހުންނާނެ ތޯއެވެ؟ ހަމީދު ކައިވެނި ބައްލަވައިގެން އުޅުއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަބަލުން މެޑަމް ފްޒަނާ އަހުމަދުގެ ކޮއްކޯފުޅަކާއި އެވެ. އެހެން ކަމުން، ވަރަށް އިންސާފުވެރި ތަހުގީގެއް ދާނެތާއެވެ. 2016 ވަނަ އަހަރު ނެރުނު ރިޕޯޓުގެ މައްސަލަ ވެސް ބަލާނަމަ، ހަމީދު ވެސް އޭގެ ތެރޭގައި ހިމެނޭނެއެެވެ.

ޝަހިންދާ މެނަށް މިއަދު ވަރު އަރުވާލާފައި ޓްވީޓު ކުރެވިދާނެއެވެ. އާހިރަތްދުވަހު، މަހްޝަރުގެ މައިދާނުގައި ބުނާނީ ކީކޭހެއްޔެވެ؟

ޝަހިންދާ ހަމަ ފަސާދަ ކުރުމައިގެން ކުރިޔަށް ދާއިރު މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން އޭނާއަށް ހަމަ ރޭކާވެސް ނުލަނީ ހެއްޔެވެ. ނަމުން އިސްލާހީ މަސައްކަތެެއް ކުރާ ކަމަށް ބުނެ މުޅި ގައުމު ފަސާދަކޮށްފިއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އެ ޖަމިއްޔާއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާ މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ.

ރިޕޯޓްގައި ބުނެފައި ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަތަކެއް ހުރި ކަމަށެވެ. އަދި އެފަދަ ވާހަކަތަކުގެ ގޮތުގައި ލިޔެފައި ވަނީ ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެެއް ކަންތައްތަކެވެ.

ދީނަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓުގެ މައްސަލަ

ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ. ސުންނަތުުން އައިސްފައިވާ ކަންތައްތަކަށް ރިޕޯޓްގައި ދެކޮޅު ހަދާފައިވާ ކަމުގެ އެއް މިސާލަކީ ދޫ ރައްކާތެރި ކުރުމުގެ ގޮތުން ތިމާއާ ނުބޭ ކަންކަމާ ނުބެހުމަށް އަންގަވާފައިވާ ހަދީސެވެ. ރިޕޯޓްގައި ބުނެފައި ވަނީ އެއީ ޑިމޮކްރަސީގެ އުސޫލެއްް ކަމަށްވާ ޚިޔާފާޅުކުރުމުގެ މިނިވަންކަމާ ތައާރުޒުވާ ކަމެއް ކަމަށެވެ.

އެފަދަ މީހުންގެ ދިފާއުގައި ވާހަކަ ދައްކާ މީހުން ބުނަނީ އިންސާނީ ހައްޤުގެ ވާހަކައެވެ. އެންޑީއެމްގެ މެމްބަރުންވެސް ޓްވީޓުކޮށް ބުނަނީ އެހެންނެވެ. އިސްލާހުކުރުމަށް މި ނޫން ސިފައެއްގައި ވެސް މަސަައްކަތް ކުރެވިދާނެއެވެ. ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ މާނައަކީ ކޮބައިހެއްޔެވެ؟ އެ ބުނާ ހައްގުވާ މިންވަރަކީ ކޮބައިކަމެއް ވެސް ނޭނގެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: