ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެން އިން އިސްތިއުފާ ދިންގޮތަށް ރައީސް އޮފީހުގެ އިސް މަގާމުންވެސް ނޫޝިން އިސްތިއުފާ ދޭންޖެހޭނެ: މެމްބަރު ސައީދު

ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ޗެއާޕާސަންކަމުގައި ހުރި އާއިޝަތު ނޫޝިން ވަހީދު، އެ މަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެން އޭނާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންޓި-ޓެރަރިޒަމް ކޮންސަލްޓަންޓުގެ ގޮތުގައި ސެޕްޓެމްބަރު މަހުން ފެށިގެން އަދާކުރަމުން އަންނަ ވަޒީފާއިންވެސް އިސްތިއުފާ ދޭންޖެހޭނެކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މެމްބަރު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްތިއުފާ ދިނުން ނޫންގޮތެއް ނޫޝިންއަށް ނެތުމުން އެމްޑީއެން އިން އިސްތިއުފާ ދިންގޮތަށް ރައީސް އޮފީހުގެ މަގާމުންވެސް އޭނާ އިސްތިއުފާ ދޭންޖެހޭނެކަމަށެވެ.

https://twitter.com/em_saeed/status/1181154244746858498

ބެލެވޭގޮތުގައި ރައީސް އޮފީހުގެ އެންޓި-ޓެރަރިޒަމް ކޮންސަލްޓަންޓުގެ ގޮތުގައި ހުރެ ނޫޝިން އެމްޑީއެން އިން އިސްތިއުފާ ދީފައިވަނީ އާންމުންގެ ޕްރެޝަރ ބޮޑުވުމުގެ ސަބަބުންނެވެ. މެމްބަރު ސައީދުގެ އިތުރުން ބައެއް އާންމުން މީސް މިޑިއާގައި ހާމަކުރާގޮތުގައި އޭނާ އިސްތިއުފާ ދޭންޖެހޭނީ ރަައީސް އޮފީހުގެ މަގާމުންނެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލާގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަނީ އެ ޖަމްއިއްޔާއަށް ފިޔަވަޅު އަޅުއްވާނެކަމަށް މިއަދު ވިދާޅުވެފައެވެ. ފުލުހުން ވަނީ މި މައްސަލަ ބަލާނެކަމަށް މީގެ ދެ ދުވަސްކުރިން ބުނެފައެވެ. ނަމަވެސް ޔޫތު މިނިސްޓްރީ އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނުގައި އެ ޖަމްއިއްޔާގެ މައްޗަަށް ހަމައެކަނި ކޮށްފައިވަނީ އިލްތިމާސެކެވެ.

ރައީސް ސާލިހު އެމްޑީއެންގެ ރިޕޯޓް ކުށްވެރި ކުރެއްވުމާއި ގުޅިގެން މެމްބަރު ސައިދު ވިދާޅުވީ އެމަނިކުފާނު އެގޮތަށް ކަންތައްކުރެއްވީ އިތުރު ގޮތެއް ނެތުމުން ކަމަށެވެ.

ރައީސް ސާލިހު މިއަދު އެ ރިޕޯޓް ކުށްވެރިކޮށް ނެރުނު ބަޔާނާއި ގުޅިގެން ސައީދު ވިދާޅުވީ، އެމްޑީއެންގެ ރިޕޯޓު ބަލައިނުގަނެވޭނެ ކަން ރައީސް ސޯލިހަށް އެނގިވަޑައިގަތީ މުޅި ރާއްޖެ މިކަމަށް އިހުތިޖާދުކޮށް ޕްރެޝަރު ބޮޑުވެ ގޮސް ހުސްވުމުން ކަމަށެވެ.

 

https://twitter.com/em_saeed/status/1181158162344210432

ސަރުކާރުން މި މައްސަލަ “ފިނިކުރުމަށް” މަސައްކަތް ކުރާކަމަށް މީސް މީޑިއާގައި ބައެއް ފަރާތްތަކުން ބުނަމުންދެއެވެ.

އެމްޑީއެންއިން ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވަނީ މިއަދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅުއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: