ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަލިކު ކައިިރިން ހިފެހެއްޓި ދިވެހި މަސްދޯނި ދޫކޮށްލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ކަނޑުގެ ސަރަހައްދުން އެޤައުމުގެ ކޯސްޓްގާޑުން ހިފެހެއްޓި ދިވެހި މަސް ދޯނި ދޫކޮށްލުމަށް އިންޑިއާގެ ސަރުކާރުން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީ އިން ކުރި ޓްވީޓެއްގައި ބުނީ، އެ މިނިސްޓްރީއާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒްއާއި ގުޅައިގެން، އެދޯންޏާއި ދޯނީގެ ފަޅުވެރިން މިނިވަންކުރުމަށް ކުރި މަސައްކަތުން، މިއަދުގެ ވަގުތެއްގައި މި ދޯންޏާއި ފަޅުވެރިން ދޫކޮށްލުމަށް އިންޑިއާ ސަރުކާރުން ނިންމައި، އެކަން އަންގާފައިވާ ކަމަށެވެ.

ފޮރިން މިނިސްޓްރީ އިން ވަނީ އެހެން ޤައުމެއްގެ ކަނޑުގެ ސަރަހައްދުގައި ދިވެހި މަސްވެރި އުޅަނދުތައް ޙަރަކާތްތެރިވުމަކީ ޤާނޫނާއި ޤަވާޢިދާއި ޚިލާފު ކަމެއްކަން ފާހަގަކޮށް، އެކަމަށް ސަމާލުވުމަށް ދިވެހި މަސްދޯނި ތަކަށް އިލްތިމާސް ކޮށްފައެވެ.

ށ. ކޮމަންޑުއަށް ނިސްބަތްވާ އަންބަރީ ދޯނި މަލިކު ކައިރިން ހިފެހެއްޓީ މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭއެވެ.

ދޯނި ހިފެހެއްޓި އިރު އެ ދޯނި ދަތުރު ކުރަމުން ދިޔައީ 10 ވަރަކަށް ފަޅުވެރިންނާ އެކު އެވެ. އެނގިފައިވާ ގޮތުގައި އެ ދޯނި އިންޑިއާ ކޯސްޓްގާޑުން ހިފަހައްޓާފައި ވަނީ މަލިކުގެ ތިން މޭލު ބޭރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: