ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް އިތުރަށް ގެނެވެން ހުރި މަޝްރޫއުތަަކާއި ބެހޭގޮތުން ޔޫރަޕްގެ އިންވެސްޓަރުންނާއިއެކު ބައްދަލުވުމެއް!

ރާއްޖޭގައި ބޭއްވުނު ފުރަތަމަ އީޔޫ ބިޒްނަސް ރައުންޑް ޓޭބަލްގެ  ތެރއިން، ފޮޓޯ - ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އިތުރަށް ގެނެވެން ހުރި މަޝްރޫއުތަަކާއި ބެހޭގޮތުން ޔޫރަޕްގެ އިންވެސްޓަރުންނާއިއެކު ބައްދަލުވުމެއް ބާއްވާފައިފިއެވެ. 

މި މަޝްވަރާ ކޮށްފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި ޑެލިގޭޝަން އޮފް ޔޫރަޕިއަން ޔޫނިއަންއާއި ގުޅިގެން ރާއްޖޭޭގައި ބޭއްވުނު އެންމެ ފުރަތަމަ އީޔޫ ބިޒްނަސް ރައުންޑް ޓޭބަލްގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުން އޮތީ ހޮޓެލް ޖެންގައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި އީޔޫ ގެ ފަރާތުން ރާއްޖެޔަށް އައްޔަން ކުރައްވާފައި ހުންނަ ސަފީރު ޓުންގް ލައި މާރގް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާޢިލް އަދި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާ އަހްމެދް އަސްލަމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވަނީ ރާއްޖޭގައި މިވަގުތު ތިބިި ޔޫރަޕްގެ އިންވެސްޓަރުންނާ ބައްދަލު ކުރައްވާ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަަކާއި ރާއްޖެއަށް އިތުރަށް ގެނެވެން ހުރި މަޝްރޫއުތަކާއި މެދު މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އަސްލަމް ވަނީ ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭން އަދި “ނޭޝަނަލް ސްޕޭޝަލް ޕްލޭނިންގް” ހުށައަޅާފައެވެ. އަދި  މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން ލޯންޗް ކުރަން ހުރި ފަންޑުތަކާއި ބެހޭ ޕްރެޒެންޓޭޝަންއެެއްވެސް ވަނީދައްކާލާފައެވެ.

މީގެ އިތުރުން މިވަގުތު ރާއްޖެގައި ހުރި އީޔޫގެ ވިޔަފާރިތަކުގެ އިތުރުން ރާއްޖެއަށް ގެނައުމަށް ޝައުގުވެރިކަން ހުރި އީޔޫގެ އިތުރު ވިޔަފާރިތަކާއި ބެހޭ ފަރާތްތައްވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެފައެވެ.

އީޔޫ ބިޒްނަސް ރައުންޑް ޓޭބަލް ރާއްޖޭގައި އިފްތިތާހު ކޮއްދެއްވާފައި ވަނީ ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް ފެޑެރީކާ މޯގެރީނީ އޯގަސްޓްމަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައެވެ. ރައުންޑް ޓޭބަލްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ހުރި ޔޫރަޕުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: