ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގައި ޑްރާމާ ކުޅުން ހުއްޓާލަންޖެހޭ: އަހުމަދު އާމިރު

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގައި ޑްރާމާ ކުޅޭ ކުޅުން ހުއްޓާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.

އާމިރު އެފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެމްޑީއެންއިން ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

އާމިރު ވިދާޅުވީ، އެމްޑީއެންގެ މައްސަލަ ވަކި މީހެއްގެ ނުވަތަ ވަކި ބައެއްގެ ބޮލުގައި އަޅުވާ ފަދަ ގޮތަކަށް ބައެއް މެމްބަރުން ވާހަކަ ދައްކަމުން ގެންދަވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވެސް އެމްޑީއެން އިން ނެރުނު ރިޕޯޓްގައި ހިމަނާފައިވަނީ މުސްލިމުން ދައްކައިގެން ނުވާނެ ވާހަކަތަކެއް ކަން ގަބޫލުފުޅު ކުރެއްވި ކަން ފާހަގަކުރައްވައި އާމިރު ވަނީ ރައީސް ނަޝީދު އެހެން ވިދާޅުވުމުން ޝުކުރު އަދާކޮށްފައެވެ.

ގާނޫނު އަސާސީގައި އިސްލާމް ދީނާއި ދެކޮޅަށް ބަޔަކު އަމަލު ކުރުމުން ކަންތައް ކުރެވޭނެ ގޮތްތައް ތަފްސީލްކޮށް ކިޔާދީފައިވާއިރު، އެމްޑީއެން އުވާލަން ހުރިހާ މެމްބަރުންނަށް އެއްބަސްވެވަޑައިނުގެންނެވީ ކީއްވެގެންތޯ އައްސަވައި އޭނާ ސުވާލުކުރެއްވިއެވެ.

މަޖިލިސް ތެރޭގައި އެމްޑީއެން ދިފާއު ކޮށްފައި ވާހަކަ ދައްކާ މަންޒަރުވެސް ބައެއް ފަހަރު ފެނިވަޑައިގަންނަވާ ކަން ފާހަގަކުރައްވާ އާމިރު ވިދާޅުވީ، ބައެއް މެމްބަރުންނަށް އެ ރިޕޯޓްގެ މައްސަލަ ވަނީ މަޖާ ކަމަކަށް ކަމަށެވެ.

ހުރިހާ މެމްބަރުންނަކީވެސް ސައްތައިން ސައްތަ މުސްލިމް މެމްބަރުންނަށް ވާއިރު، އެމްޑީއެންގެ މައްސަލަ އަދުގެ ސަރުކާރުގެ ބޮލުގައި ނުވަތަ ކުރީގެ ސަރުކާރުތަކުގެ ބޮލުގައި އެޅުވުމަށް މަސައްކަތް ކުރައްވައިގެން ނުވާނެ ކަމަށްވެސް އާމިރު ވިދާޅުވިއެވެ.

މަޖިލީހުގައި ކުރެވޭ މަސައްކަތަކީ އިހްލާސްތެރި މަސައްކަތްތަކަކަށް ހައްދަވަން ޖެހިވަޑައިގަންނަވާ ކަމަށްވެސް އާމިރު ފާހަގަކުރެއްވިއެވެ.

އެމްޑީއެން އިން ދީނަށް ފުރައްސާރަކުރި ރިޕޯޓާއި ގުޅިގެން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ގިނަ މެމްބަރުން ވަނީ އެ ރިޕޯޓް ކުށްވެރިކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: