ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިގައުމުން އިސްލާމް ދީން ފޮހެ ނުލެވޭނެ، ރައީސް ސާލިހު އެފަދަ ޖާގަހައެއް ނުދެއްވާނެ: ގާސިމް އިބްރާހީމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް : ފޮޓޯ ވީ ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިގައުމުން މާތްވެގެންވާ އިސްލާމް ދީން ފޮހެނުލެވޭނެ ކަމަށާއި ރައީސް އިބްރާހީމް މުހައްމަދު ސާލިހު އެފަދަ ޖާގަހައެއް ނުދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ގާސިމް އިބްރާހީމް މިހެން ވިދާޅުވީ ޖޭޕީއަށް މެމްބަރުން ސޮއިކުރުމަށް މާފަންނު ކުނޫޒުގައި މިރޭ ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

އެއްވެސް މީހަކަށް ކީރިރި ގުރުއާނަށް މަލާމާތްކޮށް ޖޯކުޖަހައި ނެހެދޭނެކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ ރަސޫލާ ސއވ އަށް މަލާމާތްކޮށް އެކަފަދަ ކަންކަން ކުރުމުގެ ޖާގަ ނުދެއްވާނެކަމަށް.

އެފަދަ ކަންކަން ކުރާ ފަރާތަތްށް ބޭކާރުވެ ބޭޒާރުވެގެންދާނެކަމަށް ގާސިމް ވަނީ މިރޭގޭ ހަފްލާގައި ވިދާޅުވެފައެވެ.

“އެ ކިހިނެއް ވާނެކަމެއްތޯ. އެކަމެއް ނުވާނެ އިނގޭތޯ. ހަނދާން ނައްތާލަން ޖެހޭނީ. އެކަމެއް ނުކުރެވޭނެ މިގައުމުގައި. އެފަދަކަން ކަން ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ މުއައްސަސާތައް މިތާ މަދެއް ނުވާނެ” ގާސިމް ވިދާޅުވިއެވެ.

ރާއްޖޭގެ ސިފައިންނާއި ފުލުހުންގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ވާޖިބާއި ފަރުޟާއި ސުންނަތް އަދާ ނުކުރައްވާނެކަމަށް ބަޔަކު ގަބޫލުކޮށްގެންތޯ ތިބީ ވިދާޅުވެ ސުވާލެ އުފައްދަވަމުން ގާސިމް ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަކުރަން ރައީސް ސާލިހު އެއްވެސް ފަރާތަކަށް ނުވަތަ އެއްވެސް  ޖަމްއިއްޔާއަކަށް ފުރުސަތު ނުދެއްވާނެކަމަށެވެ.

ގާސިމް ވަނީ ރައީސް ސާލިހާއި، ސަރުކާރާއި ރައްޔިތުން ޖެއްސުމަށް ފިތުނަ ފަސާދަ އުފެއްދުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: