ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯޔަރު ވައްޑެވެސް ޖޭޕީއަށް!

ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް: ފޮޓޯ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ޖުމްހޫރީ ޕާޓީއަށް ސޮއި ކޮށްފިއެވެ.

ލޯޔަރު ވައްޑެ ޖޭޕީއާއި ގުޅުނީ އެޕާޓީއަށް މެމްބަރުން ސޮއިކުރުމަށް މާފަންނު ކުނޫޒުގައި މިރޭ ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.

ޖޭޕީއަށް ސޮއި ކުރައްވާ ދެއްކެވި ވާހަކައިގައި ވައްޑެ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ އަނިޔާވެރިކަމާއި ދެކޮޅަށް ކޫނުޒުގައި މީގެ ކުރިންވެސް މަސައްކަތްތަކެއް ކޮށްފަައިވާކަމަށެވެ.

ވައްޑެ ވިދާޅުވީ  އިސްލާހީ މަސައްކަތުގެ ތެރޭގައި އޭނާވެސް ދޫނިދޫ ޖަލަށް ގެންގޮސް 28 ދުވަހު އޮންނަން ޖެހުނުކަމަށެވެ. އޭނާ ވިދާޅުވީ އެދެވަހު މަޖިލިސް ގޮނޑި ގެއްލުނުކަމުގައި ވީނަމަވެސް ބޭނުންވީ “ބޮޑު ގޮނޑީގައި” ރައީސް އިބްރާހީމް މުހައްމަދު ސާލިހު ބެހެއްޓެވުމަށެވެ.

އޭނާ ވަނީ ތުލުސްދޫ ދާއިރާއިން ޖޭޕީއަށް ސޮއި ކުރި 300 ފަރާތެއްގެ ފޯމްތައް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަށް އަރުވާފައެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: