ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާކް ސަމިޓް ރާއްޖޭގައިވެސް ބޭއްވިދާނެ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިޔާގެ ނޫސް ޖަމިއްޔާއެއްކަމައްވާ ދަ ހިންދޫއައް ދެއްވި އިންޓަވިއުއެއްގާ އިންޑިޔާ އަދި ޕާކިސްތާނާއި ދެމެދު ޖެހިފައިވާ ކަޝްމީރުގެ މައްސަލައިގެ ސަބަބުން ސާކްއިން ޕާކިސްތާން ބޭރުވާން ޖެެހޭނެ ސަބަބެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެެއެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި 2020 ވަނަ އަހަރު ބޭވުމަށް މަސައްކަތް ކުރަމުންދާ 20 ވަނަ ސާކް ސަމިޓަށް އިންޑިޔާއިން ބައިވެރިވާން ބޭނުން ނުވާކަމުގައި ވާނަމަ ކުރިންވެސް ބޭއްވި ފަދައިން ރާއްޖޭގައި ސާކްސަމިޓް ބޭއްވިދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެންމެފަހުން 2016 ވަނަ އަހަރު ޕާކިސްތާނުގެ ވެރިރަށުގައި ބޭއްވުމައް ހަމަޖެހިފައޮތް 19 ވަަނަ ސާކް ސަމިޓް ކެންސަލް ކުރެވިފައިވަނީ ކަޝްމީރުގެ ޔޫރީ ޓައުންގައި ހުންނަ އިންޑިޔާގެ އާމީ ކޭމްޕް އަކައް ދިން ހަމަލާ ތަކަކާ ގުޅިގެންނެވެ.

ޔޫރީ ޓައުންއައް ދެވުނު ހަމަލާގައި އިންޑިޔާއިން އެއަހަރު ބޭއްވުމައް ހަމަޖެހިފައި އޮތް ސާކް ސަމިޓް ބޮއިކޮޓް ކުރެއްވުމައް ގޮވާލުމުން އިޖާބަދިން ގައުމު ތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: