ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުވެސް އެމްޑީއެން ކޮޅަށް!

މަޖިލިހުގެ ރައީސް، ރައީސް މުހައްމަދި ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑީމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ލާދީނީ ރިޕޯޓާއި ގުޅިގެން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަން ކުށްވެރި ނުކޮށް އެ ޖަމްއިއްޔާ ކޮޅަށް ބުރަވެވަޑައިގެންފިއެވެ.

ރައީސް ނަޝީދު ދާދި ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމް ދީނަކީ އެންމެ މާތް އަދި އެންމެ ތަހުޒީބީ ދީން ކަމަށެވެ. އެހެން ނަމަވެސް ސިޔާސީ ފުރުސަތު ހޯދުމަށް އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަކީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ދީނަށް ފުރައްސާރަކުރުން ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު މާތްވެގެންވާ އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ބަދުބަސްބުނެ އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން، އެކަން ކުށްވެރިކުރައްވާފައެއް ނުވެއެވެ.

އާންމުންނާއި ރާއްޖޭގެ ގިނަ އިލްމުވެރިންގެ ކަންބޮޑުވުންތަކެއް އޮތް މި މައްސަލައިގައި އެއްވެސް ބަޔަކު ސިޔާސީގޮތުން މަންފާއެއް ހޯދަމަދުން ނުދާކަންވެސް ފާހަގަކޮށްލެވެއެވެ. ސަބަބަކީ މި މައްސަލައިގައި އެކި ސިޔާސީ ފިކުރުތަކާއި ސަރުކާރަށް ތައީދުކުރާ ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާތީއެވެ.

 

https://twitter.com/MohamedNasheed/status/1180498233757356032

އެ ރިޕޯޓާއި ގުޅިގެން، ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުވެސް އެކަން ހަމައެކަނި “އިލްތިމާސް” އަކުން ވަނީ ފުއްދަވާލައްވާފައެެވެ. އެ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ހުރިހާ ކްލަބް ޖަމިއްޔާ ޖަމާއަތްތައް ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތަކަށް އެއްބާރުލުން ދިނުމަށް ގޮވާލާ ކަމަށެވެ.

މީގެއިތުރުން ރާއްޖޭގެ ގާނޫނު އަސާސީއާއި ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކަށް ފުރިހަމައަށް އިހްތިރާމު ކުރުމަށް އިލްތިމާސް ކުރާކަމަށްވެސް އެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅޭގޮތުން މަހުލޫފު މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމުން އެކަން އެބޭފުޅާއަށް ވެސް އަދި ދިވެހި ރައްޔިތަކަށްވެސް ބަލައިނުގަނެވޭނެ ކަމަށެވެ. އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ މާ ކޫލް ކަމެއް ނޫން ކަމަވެސް މަހުލޫފު ވިދާޅުވިއެވެ.

 

https://twitter.com/AhmedMahloof/status/1179778647919452161

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: