ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެނުން ބާރުވެރިކުރުވުމަކީ ދިގު މައްދަތަކަށް ފައިދާ ކުރާނެ ކަމެއް: ފަސްޓް ލޭޑީ

ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު "މަމްސް އެކްސްޕޯ 2019" ގައި ވާހަކަފުޅު ދައްކަވަނީ: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނުން ބާރުވެރިކުރުވުމަކީ، ދިގު މުއްދަތެއްގެ ފައިދާތަކެއް ލިބޭނެ ކަމެއް ކަމުގައި ރައީސުލްޖުމުހުރިއްޔާގެ އިބްރާހިމް މުހައްމަދު ޞާލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ފަޒްނާ އެފަދައިން ވިދާޅުވީ، މަސައްކަތްތެރި މައިންނާއި އަންހެން ކަނބަލުންގެ މަސައްކަތްތެރިކަން ދައްކާލުމަށް ބާއްވާ “މަމްސް އެކްސްޕޯ 2019” އިފްތިތާޙު ކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައެވެ.

އެކަމަނާ ވިދާޅުވީ، ތިމާވެށި ރައްކާތެރި ކުރުމުގެ މުހިންމު ކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި ކުދިން ބޮޑުކުރުމުގައިވެސް ތިމާވެއްޓާއި ރަޙުމަތްތެރި، އަދި އިސްރާފުވުން ކުޑަވާނެ ގޮތްތައް އިޚުތިޔާރު ކުރުމަކީ، ތިމާވެށި ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު “މަމްސް އެކްސްޕޯ 2019” އިފްތިތާހު ކޮށްދެއްވަނީ : ފޮޓޯ ރައީސް އޮފީސް

މީގެއިތުރުން، “މަމްސް” ޖަމްޢިއްޔާއިން އިސްނަގައިގެން ކުރަމުން ގެންދާ ފައިދާހުރި މަސައްކަތްތައް ފާހަގަކުރައްވާ އެކަމަނާވަނީ، ހުރިހާ މައިންނަށް، އަދި ޚާއްޞަކޮށް ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މައިންނަށް، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ “މަމްސް” ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މައުރަޒު ކުރިއަށްދަނީ ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލްގައެވެ.

ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު “މަމްސް އެކްސްޕޯ 2019” ގައި ބައިވެރިވަޑައިގަންނަވަނީ : ފޮޓޯ ރައީސް އޮފީސް

އެ ރަސްމިއްޔާތުގައި ފަޒްނާ ވަނީ މައިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި “މަމްސް” ޖަމްޢިއްޔާއިން އިސްނަގައިގެން ހަދާފައިވާ “ފެމިލީ ޓު ފެމިލީ ފަންޑް” ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވާފައެވެ.

މަމްސް ޖަމްޢިއްޔާއިން މިފަދަ މައުރަޒެއް އިންތިޒާމު ކުރުމުގެ މައިގަނޑު މަޤްޞަދަކީ، އަންހެނުން ބާރުވެރިކުރުމާއި، ވިޔަފާރި ފުޅާކުރަން އެހީތެރިވެ ދިނުމާއި، އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަށް މައިންނަށް ފުރުޞަތު ފަހިކޮށްދީ، އަންހެނުން ބާރުވެރި ކުރުވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: