ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާސަހަރާގެ މާހަނައެއްގައި ވަޅުލާފައި އޮތް ސިހުރެއް ފެނިއްޖެ!

މަހާނައިގައި ވަޅުލާފައިވާ ސިހުރު: ފޮޓޯ އަހުމަދު މުނައްވަރު ފޭސްބުކް
ޝެއާރކޮށްލާ ކަހަލަދޯ؟

އާސަހަރާގެ މަހާނައެއްގައި ސިހުރެއް ވަޅުލާފައި އޮއްވާ މިއަދު ފެނިއްޖެއެވެ.

މި ސިހުރު ފެނިފައިވަނީ މިއަދު ހުކުރު ނަމާދަށް ފަހު ނިޔާވެފައިވާ ފަރާތެއްގެ އާއިލާ މެމްބަރަކު މައްޔިތާއަށް ޒިޔާރަތް ކުރުމަށް އާސަހަރާއަށް ދިޔުމުން މަހާނަ މަތީ ފަސްގަނޑު ހާވާފައި ހުރުމުން ޖަމާއަތްތެރިން ކައިރީގައި ބުނެގެން ކޮނެ ބެލުމުންނެވެ.

ފަސްގަނޑު ހާވަ ކޮނެ ބެލިއިރު ސަންދޯކެއް ކަހަލަ އެއްޗަކަށް ކަފަ އަޅައި، އޮޅާފައި އޮތް ގޮތް ނޭނގޭ އެއްޗެހިތަކެއް ލިޔެފައި ހުރި ފިލާކޮޅެއް ފެނިފައިވެއެވެ.

ކަށުކަމާކެމީގެ މަސައްކަތުގައި އުޅެމުން އަންނަ އަހުމަދު މުނައްވަރު ފޭސްބުކް ގައި ކުރި ޕޯސްޓެއްގައި ބުނީ އެތަކެތި މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށެވެ.

https://www.facebook.com/photo.php?fbid=924978184524619&set=pcb.924978207857950&type=3&__tn__=HH-R&eid=ARB7X4RkfIvz9HJ6g0kn93IRCOZD3C261JSNy0bE950luCs99MSlwFAoSWtBRjMh5gdCkvdG4kFTXOIl

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: