ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީޕީ ހަމީދަކީ މިހާރު އެމްޑީއެންގެ މެމްބަރެއް ނޫން: ފުލުހުން

ކޮމިޝަނަރ އޮފް މުހައްމަދު ހަމީދު: ސަންގު ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަކީ މިހާރު މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ އެއްވެސް މަގާމެއް އަދާކުރައްވާ ބޭފުޅެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިގޮތަށް ބުނެފައިވަނީ ސޯޝަލް މީޑިއާގައި ކޮމިޝަނަރު އޮފް ޕޮލިސްގެ ޓްވީޓާ އެކައުންޓުގައި އެމަނިކުފާނަކީ އެމްޑީއެންގެ ބޯޑު މެންބަރެއް ކަމަށްބުނެ އެމަނިކުފާނުގެ ޕްރޮފައިލްގައި ލިޔެފައިވާތީ އެ ޕްރޮފައިލްގެ ސްކްރީން ޝޮޓްުތަކެއް ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ މައްސަލައާ ގުޅިގެންނެވެ. 

ފުލުހުން ބުނީ ފުލުހުން ވަޒީފާ އަދާ ކުރައްވަމުން އެމްޑީއެންގެ އެއްވެސް މަގާމެއް ކޮމިޝަނަރު އޮފް ޕޮލިސް އަދާ ނުކުރައްވާ ކަމަށެވެ. ފުލުހުން ބުނީ ކޮމިޝަނަރު އޮފް ޕޮލިސް ވެސް އަދި އެހެނިހެން ފުލުހުންވެސް ފުލުހުންގެ ވަޒީފާ އަދާކުރާ ހިނދު އެ އިދާރާގައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް އިހްތިރާމް ކުރަންޖެހޭނެ ކަމަށެވެ. އަދި އެ އުސޫލާއި ހިލާފުވާ ފަރާތްތަކަށް ފުލުހުން ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން މައްސަލަ ބަލާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިހެން ބުނެފައިވާއިރު ޑިމޮކްރަސީ ނެޓުވޯކުން މާތްވެގެންވާ އިސްލާމްދީނަށާއި ކީރިތި ގުރުއާނާއި ރަސޫލުﷲ (ސ.އ.ވ) އަށް ބަދުބަސްބުނެ ވަނީ ރިޕޯޓެއް ނެެރެފައެވެ. އަދި އެ ރިޕޯޓުގެ ސަބަބުން ސޯޝަލް މީޑިއާގައި އެތައް ބަޔަކު އެމްޑީއެންއާ ދެކޮޅަށް އަޑުއުފުލާ އެ ޖަމިއްޔާ އުވާލަން ވެސް ވަނީ ގޮވާލައިފައެވެ. އޭގެތެރޭގައި މަޝްހޫރު ދީނީ އިލްމުވެރިންވެސް ހިމެނިވަޑައިގަންނަވައެވެ. އަދި ހަމައެއާއެކު އިސްލާމިކް މިނިސްޓްރީން ވަނީ އެ މައްސަލަ [އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ] ރަސްމީކޮށް ފުލުހުންނަށް ހުށަހަޅާ އެކަން ތަހުގީގު ކޮށްދިނުމަށް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: