ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ޒައާމަތުގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ ރިކޯޑްތައް ދިޔައީ މުގުރަމުން: މެމްބަރު ޝިޔާމް

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ ރިކޯޑްތައް ދިޔައީ މުގުރަމުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެމްބަރު ޝިޔާމް މިހެން ވިދާޅުވީ ކޮންގްރެސް ކޯލިޝަނުން ރޭ ތުލުސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ ރައްޔިތުންެގެ ވިސްނުމާއި ރައްޔިތުން ބޭނުންވާ މިންވަރަށް ރައީސް ޔާމީންގެ ތަރައްގީގެ މަޝްރޫއުތައް ހިންގަމުން އައިތަން އެންމެންނަށްވެސް ފެނިގެންގޮސްފައިވާކަަމަށެވެ. އަދި ރައީސް ޔާމީން ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވައި ވެރިކަމުން ފައިބައިވަޑައިގެންނެވިއިރު ތަރައްގީގެ “ބެންޗްމާކެއް” ގެ އިމެއް ޖައްސަވައިދެއްވިކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެ މިންގަޑާއި ގާތަށްވެސް އަދުގެ ސަރުކާރުން މަސައްކަތް ނުކުރެވޭ ކަމަށެވެ. އެހެން ނަމަވެސް ތައްޔާރު ކުރެވުނު ފޮތްތައް މަދުނޫންކަން ފާހަގަކުރައްވައި އަދި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނަށް އަމާޒުވާގޮތަށް ޝިޔާމް ވިދާޅުވީ، ސަރުކާރުން އައީ ތަސައްވުރެއް ހިފައިގެން ކަމަށް އޭނާއަށް ހީކުރެވުނު ނަމަވެސް އެ ތަސައްވަރު އެއް އަހަރު ވީއިރުވެސް އޮތީ ކަރުދާހުގައި ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް ކޮށްދޭން ސަރުކާރުން ވައުދުވިކަންކަން އަދިވެސް އޮތީ ކަރުދާހުގައި ކަމަށެވެ.

މެމްބަރު ޝިޔާމް ވިދާޅުވީ އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ސަރުކާރުގެ ތަސައްވަރުގެ ވާހަކަ އޭނާ ދެއްކެވުމުން އެ ތަސައްވަރު ދެއްކުމަށް މަޖިލިސް ޖަލްސާތެރޭގައި އެމްޑީޕީ މެމްބަރަކު ބޯ ފޮތެއް ނެންގެވުމަކީ ހިނި އަންނަވަރުގެ މައްސަލައެއް ކަމަށެވެ.

ސަރުކާރުގެ ބަޖެޓަށް އަލިއަޅުއްވައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ އެ ބަޖެޓް “ކައިކައި” ހުސްކުރަމުން ދާކަމަށެވެ. އޭނާ ވިދާޅުވީ މި ސަރުކާރަކީ ނަމުން “ސޯލިހު” ކަމުން ވައްކަންކުރާ ސަރުކާރެއްކަމުގައެވެ.

“ރައީސް ވިދާޅުވަނީ ބަޖެޓާއި އެއްޗެހި ހުސްކުރާ ވާހަކަ. އަޅުގަނޑު އަބަދުވެސް މިދަންނަވަނީ ބަޖެޓު ހުސްކުރަނީ “ކޭކޭ” ހުސްކުރަނީ. ބަޖެޓް ހަމަ “ކޭކޭ” ހުސްކުރަނީ. އަޅުގަނޑު އަބަދުވެސް މިދަންނަވަނީ މިއީ، މި ސަރުކާރަކީ ނަމުން ނިކަން ސޯލިހު، ކަމުން ވައްކަން ކުރާ ސަރުކާރެކޭ” މެމްބަރު ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ދިވެހި ތާރީޚް ދުށް އެންމެ ބޮޑު ބަޖެޓް ކަމަށްވާ 32 ބިލިޔަން ރުފިޔާގެ ބަޖެޓެއް ކައިކައި ހުސްކޮށްލާފައިވާކަމަށެވެ. މިއަހަރުގެ އޯގަސްޓް މަހަށް ނޭޅި އޮއްވައި ބަޖެޓް އެއްކޮށް ހުސްކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ސަޕްލިމެންޓަރީ ބަޖެޓްގެ ގޮތުގައި ގާތްގަނޑަކަށް ދެ ބިލިޔަނެއްހާ ރުފިޔާގެ ބަޖެޓެއް އޯގަސްޓް މަހުގެ ތެރޭގައި މަޖިލިހުން ފާސްކުރިއިރު، އޭގެ ތެރޭގައި ފުރަތަމަ 100 ދުވަހުގެ ވައުދުތަކާއި ގުޅޭ ކަންކަން ހިމަނާފައިވާކަަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ޕީޕީއެމް އިން އަބަދުވެސް ބަޖެޓަށް ވޯޓުދޭނެކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ ދިވެހި ރާއްޖެއަށް ރައީސް ޔާމީންގެ ޒައާމަތުގައި ތަރައްގީ ގެނެސްފައިވަނީ އެމްޑީޕީ މެމްބަރުންގެ ވޯޓާއި ނުލައެވެ.  

ކުރީގެ ސަރުކާރުގައި އެމް.ޑީ.ޕީގެ އެއެވެސް މެމްބަރެއް ބަޖެޓަށް ވޯޓު ދީފައިނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: