ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާދީނީ ފިކުރަށް ޖާގަ ދިނީ ދިވެހިންގެ އަމިއްލަ އަތުން: މުއިއްޒު

ތުލުސްދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވާހަކަދައްކަވަނީ. ފޮޓޯ: ޓުވިޓާރ
ޝެއާރކޮށްލާ ކަހަލަދޯ؟

ލާދީނީ ފިކުރަށް ޖާގަދެވުނީ ދިވެހިންގެ އަމިއްލަ އަތުންކަމަށް ޤަބޫލުކުރަންޖެހޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސްއިން މާލެ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުގެ ތެރެއިން ތުލުސްދޫއަށް ކުރި ދަތުރުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މިހާރު ގައުމުން މި ފެންނަމުންދާ ކަންކަމާއި މެދު ރައްޔިތުން ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ. އަދި މިއީ އަމިއްލަ އަތުން ގައުމަށް ކުރިމަތި ކުރުވި ކަމެއްކަން އެންމެންވެސް ޤަބޫލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުބޭއްވި ރިޔާސީ އިންތިހަބާއި ދިމާކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި ދަތުރުފުޅުތަކުގައި، ޤައުމުގެ މުސްތަގުބަލް ބިނާކުރުމަކީ ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއްކަން ތަކުރާރުކޮށް ހަނދާންކޮށްދީފައިވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

“މިގައުމަށް ލާދީނީ ފިކުރުތަކާއި، މި ޤައުމުގެ ޤައުމިއްޔަތު ވެއްޔާ މޮޑެލުމުގެ ފިކުރުތަކާއި ބާރުތަކެއް އެބައުޅޭ. އެކަންކަމަށް ފުރުސަތުދިނުމާއި ނުދިނުމުގެ ބާރު އޮތީ އަހަރެމެންގެ އަތްމަތީގައި. މިހާރުދެން ކަންކަން ވެދިޔަ ގޮތަކަށް އެ ވެދިޔައީ” މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭރު ދެއްކި ވާހަކަތައް ހަޤީޤަތަކަށް ވެގެންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. ނޫސްތަކުން ކޮންމެ ދުވަހަކު އެފަދަ ހަބަރުތަށް ފެންނަމުންދާކަމަށް މުއިއްޒު ވިދާޅުވިއެވެ.

“ކޮންމެވެސް ބަޔަކު ނެރޭ ރިޕޯޓަކުން، ނޫނިއްޔާ ދައްކާ ވާހަކަޔަކުން، ސޯޝަލް މީޑިއާއިންވެސް ފެންނަނީ އަހަރެމެން އަތުން މި ކުރި ކަންކަމާއި އެކީ، ޤައުމަށް ނުރައްކާވަމުންދާތަން މި ފެންނަނީ.” މުއިއްޒު ވިދާޅުވިއެވެ.

ޤައުމުގެ ކަންކަން ނިންމުމުގެ ބާރު ރައްޔިތުންގެ އަތްމަތީގައި އޮންނައިރު މިއީ ދައްކަންޖެހޭ ވާހަކައެއް ކަަމަށް މުއިއްޒު ވިދާޅުވިއެވެ. ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވަމުން އަންނަކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ރައްޔިތުންނާއި އެންމެ ގާތުން ކަންކަން ނިންމުމުގެ ބާރަކީ އެއީ ކަމަށެވެ. މިހާރު ސަރުކާރުން މިހިންގާ ގޮތްނޭގޭ ޤައުމިއްޔަތާއި ދުރު ސިޔާސަތުތަކަށް މި ސަރުކާރު ޖަވާބު ދާރީ ކުރުވުމަށް ލިބޭނެ ފުރުސަތަކީ ކައުންސިލް އިންތިހާބު ކަމަށް އޭނާ ވިދާޅުވިއެވެ.

މިގޮތް ބަދަލުކުރުމަށް ލޯކަލް ކައުންސިލް އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ފިކުރަށް ވޯޓު ދިނުމަށް މުއިއްޒު ވަނީ ގޮވާލައްވާފައެވެ. މުއިއްޒު ވިދާޅުވީ ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ޕީޕިއެމްއަށް ނުލިބިއްޖެނަމަ ހަބަރުތަކުގެ ސުރުހީތަކުގެ ބަދަލުގައި ކަންކަން ފެންނާނީ ލޯކުރިމަތިން ކަމަށެވެ.

މިމޭރުމުން މުއިއްޒު ވާހަކަދެއްކެވިއިރު ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާ، މާތް ރަސޫލާށް ނިސްބަތްކޮށް ވަނީ ފުރައްސާރަކޮށްފައެވެ. އެ ރިޕޯޓުގައި ރާއްޖޭގެ ސްކޫލް ދަރިވަރުންނަށް ކިޔަވައިދޭ ކަރިކިއުލަމްގައި ދީނީ ގޮތުން ކުދިން ހައްދުފަހަނައަޅައި ދިއުމަށް މަގުފަހިވާ ކަހަލަ ފިލާވަޅުތައް އެބަހުރި ކަމަށް ވަނީ ބުނެފައެވެ. އަދި ކީރިތި ރަސޫލާ އިސްރާއާއި މިއުރާޖަށް ވަޑައިގެންނެވި ދަތުރާ ގުޅޭ ގޮތުން އެރިޕޯޓުގައި ވަނީ ސުވާލު އުފައްދާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: