ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާންމުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަން ކުރާ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އާންމުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާނެ މެމްބަރަކު ހޯދުމަށް އަލުން އިއުލާން ކުރުމަށް ނިންމައިފި އެވެ.

ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ޖުލައި 14 ގައި ހުޅުވާލިއެވެ. އެއީ އެ ކޮމިޝަނަށް އާއްމުންގެ ތެރެއިން މިހާރު ކަނޑައަޅާފައިވާ މެންަރު އަބްދުލް ހަންނާނު އަހުމަދުގެ ދައުރު ހަމަވާތީއެވެ.

މިއަދުގެރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކުރިން އެ މަގާމަށް ކުރިމަތިލާން ހުޅުވާލީ ރައްޔިތުން މަޖިލީހުން ކުރިން އަމަލު ކުރަމުން ދިޔަ ގަވާއިދުގެ ދަށުން ކަމަށެވެ.

ނަމަވެސް މިހާރު އަލަށް އަމަލުކުރަމުންދާ މަޖިލިސް ގަވައިދުގައި މަގާމުތަކަށް އެގޮތައް އިއުލާން ކުރުމާ ގުޅޭ މަރުހާލާ ވަރަށް ތަފާތުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިހާރު ގަވާއިދު ބުނާ ގޮތުން ގިނަ ބަޔަކަށް ކުރިމަތިލެވޭނެ ކަމަށެވެ. އެހެންކަމުން ދެވަނަ ފަހަރަށް އިއުލާން ކުރަން ނިންމީ އެކަން އެގޮތަށް އޮތަތީއާ، ޖުޑީޝަރީ ކޮމެޓީން އެގޮތަށް އެމަނިކުފާނު އަރިހުގައި ދެންނެވެމުން ކަމަށެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ، އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރަކާއި ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: