ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ވިއްކި އެޖެންޑާ 19 ސްޓެރެޓެޖިކް ޕްލޭނުން ހާސިލްނުވޭ :ޝިޔާމު

ނައިފަރު ދައިރާގެ މެމްބަރު އަހުމަދު ޝިޔާމު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަދުގެ ސަރުކާރު ވެރިކަމަށް އައުމަށްޓަކައި، ހާއްސަކޮށް އެމްޑީޕީއިން ރަށްރަށަށް ދަތުރުކޮށް ވިއްކި، އެ ޕާޓީ އެޖެންޑާ ސަރުކާރުގެ ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުން ހާސިލު ވާތަނެއް ފެނިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ޝިޔާމް އެހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމުހުރިއްޔާ ކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.

ޝިޔާމު ވިދާޅުވީ، އަދު ވެރިކަމުގައި އޮތް ސަރުކާރަކަށް އެޖެންޑާ 19 އެނގި ނުލައްވާ ކަމަށެވެ. މީގެއިތުރުން އެޖެންޑާ 19 އަކީ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ރާއްޖެތެރޭ ރަށަކަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން ރައްޔިތުންނަށް ދެއްކެވި ތަސައްވުރެއް ކަމަށްވެސް ޝިޔާމުގެ ވާހަކައިގަ ފާހަގަކުރެއްވިއެވެ.

އެ ތަސައްވުރުގައި ރައްޔިތުންނާއި ތަރައްގީއާއި ގުޅޭ ކަންކަން ހިމެނޭ ކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، ނަމަވެސް އެ ތަސައްވަރު ތަންފީޒު ކުރެވިގެން ދާތަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ކަރުދާހުގައި ލިޔެވި ނަމްބަރު ތަރުތީބު ކުރެވިގެން ބައިވަރު ފޮތްތައް ނެރެވިދާނެ ކަމަށާއި އެހެންނަމަވެސް ރައްޔިތުންނަށް ހިދުމަތެއް ދެވޭނީ އެކަންކަން އިމްޕްލިމެންޓް ކުރަން އެނގޭ ސަރުކާރަކަށް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

އަދުގެ ސަރުކާރު އޮތީ ތަރައްގީ ގެންނަން ނުކުޅެދިފައި ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. ރައީސްކަން ކުރެއްވި ބޭފުޅުންނަށް އިނާޔަތް ދޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން ޝިޔާމް ވަނީ ނަޝީދަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

އެގޮތުން ޝިޔާމް ވިދާޅުވީ، ގާނޫނު އަސާސީގައި ރައީސްކަން ކުރަން ކަނޑައަޅާފައި އޮންނަ ފަސް އަހަރުގެ ދައުރު ހަމަނުވަނީސް އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވާފައި ހުންނަ ކުރީގެ ރައީސްކަން އެ އިނާޔަތް ދޭން ޖެހޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ކުރިމަތިލައްވަން ޖެހިވަޑައިގެން ކަންތައްތަކާއި ދޭތެރޭ ހިތާމަ ކުރައްވާ ކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، އެ ކަންތައްތަކާއި ރައީސް ނަޝީދަށް ކުރިމަތިލައްވަން ޖެހިވަޑައިގެން ސަބަބަކީ ސިޔާސީ ބައެއްގެ ނުފޫޒު ކަމަށްވަނީނަމަ މިއަދު އެބޭފުޅުން އެތިބީ ރައީސް ނަޝީދު ވަށައިގެން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: