ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ދައުރަށް ސަރުކާރުގެ ފަރާތުން 30 އަދި އެމްޑީޕީގެ ފަރާތުން 18 ބިލެއް

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރަށް ސަރުކާރުގެ ފަރާތުން 30 ބިލެއް އަދި ސިޔާސީ ޕާޓީތަކުން ހާއްސަކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން 18 ބިލެއް ފޮނުވާނެ ކަމަށް ބެލެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ފަށަމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ، ބިލްތަކުގެ މަސައްކަތުގެ އިތުރުން މި ދައުރު އެންމެ ބޮޑަށް ހާއްސަ ވަނީ ދައުލަތުގެ ބެޖެޓް މި ދައުރުގައި ފާސްވެގެންދާތީ ކަމަށެވެ.

މަޖިލީހުގެ ތަޅުމަށް ބަޖެޓް ހުށަހަޅަން ވާއިރަށް ބަޖެޓަށް އަހުލުވެރިވުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް ތައްޔާރު ވާންޖެހޭކަން އެމަނިކްފާން ފާހަގަކުރެއްވިއެވެ. 

މަޖިލީހުގެ ކޮމެޓީތައް ވެސް މިހާރު ދަނީ ބަޖެޓަށް ތައްޔާރު ވަމުން ކަމަށް ނަޝީދު ފާހަކުރެއްވިއެވެ. ބަޖެޓް ވަރަށް ކުރުކޮށް ތަފްސީލާއި ނުލައި ހުށަހެޅުމުން އައިސް، ސުނާމީއަށް ފަހުގައި ހުށަހެޅުމުން އައީ ވަރަށް ގިނަ ތަފްސީލާއި އެކު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅާ ބިލްތަކުގެ ތެރޭގައި އިންތިގާލީ އިންސާފުގެ ބިލެ އްހިމެނިވަޑައިގަންނަވާ ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްވެސް ހިމެނިވަޑައިގަންނަވާނެ ކަމަށެވެ.

އެމްޑީޕީގެ އެޖެންޑާ 19 ގެ ދަށުން މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ބިލުތަކުގެ ތެރޭގައި، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި ސިވިލް ޕްރޮސީޖާސް ކޯޑާ ގުޅޭ ބިލަކާއި، އިންކަމް ޓެކްސް ނެގުމުގެ ބިލަކާއި، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްގެ އިތުރުން ރުށް ގަހާ ބެހޭ ބިލެއް (ފޮރެސްޓީ އެކްޓް) އެއް ވެސް ހިމެނެއެވެ.

މީގެއއިތުރުން ބޯހިޔާވަހިކަމާ ގުޅޭ ބިލަކާއި، ތައުލީމާ ބެހޭ ބިލަކާއި، އާއިލާއާއި ވަރި ކައިވެންޏާ ގުޅޭ ބިލަކާއި، ވަޒީފާއެއް ހޯދައި މީހުނަށް އިނާޔަތެއް ދިނުމުގެ ބިލަކާއި އެންމެ ކުޑަ އުޖޫރަ ދިނުމާ ބެހޭ ބިލެއްގެ އިތުރުން ދަތުރުފަތުރުގެ ނިޒާމާ ބެހޭ ބިލެއް ވެސް ހިމެނެއެވެ.

އެ ބިލްތަކުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހާއި މަޖިލީހުގެ އެކަމާއި ގުޅޭ ކޮމެޓީތަކާއި ގުޅިގެން ކުރިއަށް ދާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހަށް ހުށަހެޅޭ ބިލްތަކަކީ ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭން ހިންގުމަށް މަގުފަހިކޮށްދޭ ގާނޫނީ ރާސްތާކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، އަދި އެމަގުން ހިނގާމަ ނޫނީ އެކްޝަން ޕެލޭންގައިވާ ކަންކަން ހާސިލުނުވާނެ ކަމަށެވެ.

އިންތިހާބަކަށް ނިކުންނަނީ ވައުދުތަކަކާއި އެކުގައި ކަމަށާއި އެ ވައުދުތައް ފުއްދައި ދިނުމަށް އެހީތެރިވަނީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: