ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާޣީ ލުތުފީ ފިލި މައްސަލަ ޕީޖީއަށް!

ހާޖަރާގޭ ލުތްފީ ފިލި މައްސަލަ ޕީޖީއަށް - ފޮޓޯ: މިހާރު އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ނޮވެމްބަރ ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނިކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލައިގެން އުޅުނު ބާޢީ ލުތުފީ އެންމެ ފަހުން މާލެ ގެނެސް ކަރެކްޝަންސްއާ ހަވާލުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 7 ވަނަ ދުވަހުއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ވިދާޅުވީ ލުތުފީ ފިލި މައްސަލަ ޕީޖީއަށް ފޮނުވާފައިވާކަމަށެވެ. ނަމަވެސް، އެ މައްސަލައާއި ބެހޭ އިތުރު ތަފްސީލެއް މިނިސްޓަރު ދެއްވާފައެއް ނުވެއެވެ.

ލުތުފީ ފިލާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނުއަރީ 16، 2010 ގައި ބޭސްފަރުވާއަށް ތިން މަހަށް އިންޑިޔާއަށް ފޮނުވުމުންނެވެ. އޭގެ ފަހުން އޭނާ އެނބުރި ރާއްޖެ އައިސްފައި ނުވާއިރު ލުތުފީ ދިރިއުޅެމުން އައި ސްރީލަންކާގައެވެ.

އޭނާ ލަންކާގައި ދިރިއުޅެމުން އައި “ޒާން”ގެ ނަމުގައި އެ ގައުމުގެ ރައްޔިތަކަށް ހެދިގެންކަމަށް މައުލޫމާތު ލިބެއެވެ. ކުށެއް ނެތް 19 ދިވެހިންގެ ލޭ އޮހޮރުވައިލުމުގައި އިސްކޮށް އުޅުނު ބާގީ ލުތުފީ އެމްބަސީ އަށް ގޮސް އަމާންދިނީ ފުލުހުން ބުނެފައިވާ ގޮތުގައި މިދިޔަ މޭ 1 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ލުތުފީ އެމްބަސީގައި ހުރިކަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފަޅާއަރުވާލުމާއި އެކު ފުލުހުން ބުނެފައިވަނީ ލުތުފީ އެމްބަސީއަށް ހާޒިރުވީ އެ ގައުމުގައި ދިން ޓެރަރިސްޓު ހަމަކާތަކަށްފަހު ގެތައް ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ފެށުމުން އޭނާ ހައްޔަރުކޮށްފާނެތީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.

ނަވާރަ ދިވެހީން ޝަހީދުވި އެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީގެ މައްޗަށް ކުރީގެ ޖިނާއީ ކޯޓުން އިއްވީ މަރުގެ ހުކުމެކެވެ. ލަންކާގެ ޕްލޮޓް ޖަމާއަތުގެ ބަޔަކާ ދިވެހިންގެ ބަޔަކު ގުޅިގެން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ލުތުފީއަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ހުކުމް ލުއި ކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައެވެ.

ދިވެހީން ސިއްސުވާލި އެ އުދުވާނީ ހަމަލާގައި މަރުވި 19 މީހުންގެ ތެރޭގައި ހިމެނެނީ ދީނާއި ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރަނިކޮށް ޝަހީދުވި 8 ސިފައިންނާއި ބާޣީންގެ ބަޑީގެ ހަމަލާތަކުގައި ޝަހީދުވި އާންމުންގެ 11 މީހުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: