ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލަ ނަފްސަށް އަޅާނުލާ އެހެން މީހަކަށް އަޅާ ނުލެވޭނެ: ފަސްޓް ލޭޑީ

ފަޒްނާ އަހުމަދު އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ ނަފްސަށް އަޅާނުލާ އެހެންމީހަކަށް އަޅާނުލެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ފަޒްނާ އެފަދައިން ވިދާޅުވީ، “ބީ ކައިންޑް ލެޓްސް ޓޯކްގެ” ނަމުގައި އައިޖީއެމްއެޗްގެ ސެންޓަރ ފޯ މެންޓަލް ހެެލްތާއި ހެރިޓޭޖް މިނިސްޓްރީއާއި ސެންޓަރ ފޯ އާޓްސް އަދި ރޮޓަރީ ކްލަބް އޮފް މާލެ ގުޅިގެން އިންތިޒާމުކުރި މައުރަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަސްޓް ލޭޑީ އިތުރަށް ވިދާޅުވީ، ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ޖިސްމާނީ، ނަފްސާނީ، ޖަޒްބާތީ، ރޫހާނީ އަދި އިޖްތިމާއީ ގޮތުންވެސް ދުޅަހެޔޮ މީހަކަށް ވާން ޖެހެނޭކަމަށެވެ.

ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރެއްވުމަށް ރަނގަޅު ކާނާ ކެއުމާއި ކަސްރަތު ކުރުމާއި އަވަހަށް ނިދުމާއި ހަށިގަނޑަށް ގެއްލުންވާ ބާވަތުގެ ތަކެތި ބޭނުން ނުކުރުމާއި އެކުވެރިންނާއި އަދި އާއިލާއާއި އެކު ވަގުތު ހޭދަކުުރުމަކީ މުހިންމު ކަމެއް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

ބަޔަކު ކިޔާހާ އެއްޗެކަަށް ރައްދު ނުދީ ދޫކޮށްލުމަކީވެސް މީހާ ހަމަޖެހިގެން ހުރުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ފަޒްނާ ވިދާޅުވިއެވެ. މީގެއިތުރުން ނަފްސާނީ ބައްޔެއް ތަހައްމަލު ކުރަމުންދާ މީހަކު ރޯތަން ފެނުނަސް އޭނާ ހުއްޓުވަން މަސައްކަތް ނުކޮށް އެމީހަކު ކައިިރި މަޑުކޮށްލުމަށް ފަހު އެ މީހާއަށް ރޯން ފުރުސަތު ދީ އެ އަޑު އެހުމަށް ފަޒްނާ އެދިވަޑައިގެންނެވިއެވެ.

ނަފްސާނީ ބަލިކަމެއް ހުންނަ މީހަކު ކިތަންމެ ބުރަކޮށް އުޅެން ޖެހުނަސް ވަގުތު ދިނުމަށްވެސް އެކަމަނާ އެދިވަޑައިގެންނެވިއެވެ. މިއަދު އާޓް ގެލެރީގައި އިފްތިތާހު ކުރެވިގެން ދިޔަ މައުރަޒު މިރެއިން ފެށިގެން މާދަމާގެ ނިޔަލަށް އާންމުންނަށް ހުޅުވާލާނެއެވެ.

އެ ރަސްމިއްޔާތުގައި ވަނީ ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫނު އަދި ހެެލްތް މިނިސްޓަރ އަބްދުﷲ އަމީންގެ އިތުރުން އައިޖީއެމް ހޮސްޕިޓަލްގެ އިސްވެރިން ބައިވެރިވެވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: