ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި އަނެއްކާވެސް ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް!

އަލިފާން ގަނޑު ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަނީ: ފޮޓޯ ޕޮލިސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ޓީޖެޓީ ސަރަހައްދުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިއަދު 3:30 އެހާކަންހާއިރު  ޓީޖެޓީ ސަރަހައްދުގައި ހިނގި މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ 3 ތެޔޮ ބައުޒަރާއި ލޯންޗެއްގައި ރޯވެގެންނެވެ.

މިހާދިސާއާއި ގުޅިގެން ޖުމްލަ 7 މީހަކަށް އައިޖީއެމްއެޗް ގައި ފަރުވާދެމުންދާއިރު އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވެއެވެ.

މައުލޫމާތު ލިބޭގޮތުގައި ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރޭގައި ބިދޭސީއެއްގެ އިތުރުން ދިވެހިންވެސް ހިމެނެއެވެ.

އަލިފާންގަނޑު ކޮންޓްރޯލްވި ވަގުތު ރައީސް އިބްރާހީމް މުހައްމަދު ސާލިހު އާއި ޑިފެންސް މިނިސްޓަރ މާރިޔާ އަދި ހޯމް މިނިސްޓަރ އިބްރާން އަބްދުﷲ ވަނީ އެ ސަރަހައްދަށް ވަޑައިގަންނަވާފައެވެ.

 

ރައީސް ސާލިހު އާއި ސަރުކާރުގެ އިސް ވެރިން އަލިފާން ރޯވި ސަރަހައްދުގައި: ފޮޓޯ ރައީސް އޮފީސް

ރައީސް ސާލިހު ވަނީ ނޫސްވެރިންނާއި ބައްދަލުކޮށް މާލޭގެ ޓީޖެޓީ ސަރަހައްދުގައި މިއަދު ހިނގައިދިޔަ އަލިފާނުގެ ނުރައްކާތެރި ހާދިސާ ކޮންޓްރޯލް ނުކުރެވުނު ނަމަ އެ އަލިފާން ބޮޑު “ކާރިސާ” އަކަށް ބަދަލުވެގެން ދާނެ ކަމަށް ވިދާޅުވެފައެވެ. އަލިފާން ނިއްވާލަން މަސައްކަތްކުރި ސިފައިންނާއި އަދި ފުލުހުންނާއި މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރަައީސް ސާލިހު ވިދާޅުވީ މިއަދުގެ އެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ނުރައްކާތެރި ހާދިސާތައް ހިނގުމުގެ ފުުރުސަތު ބޮޑު ސަރަހައްދެއްގައި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރަން ސިފައިންނާއި ފުލުހުން ކޮށްފައިވަނީ ތައުރީފު ހައްގު މަސައްކަތެއް ކަމަށާއި ފުލުހުންނާއި ސިފައިންގެ އިތުރުން މިހާދިސާގައި އެހީތެރިވި އެންމެހާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން ޝުކުރު ދަންނަވާ ކަމަށެވެ.

މިފަދަ ހާދިސާތައް ކުރިމަތިވިޔަ ނުދިނުމަށްޓަކައި މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުން ގެންދާކަން ފާހަގަކުރައްވައި ރައީސް ސާލޮހު ވިދާޅުވީ ހާދިސާތައް ކުރިމަތިވިޔަ ނުދިނުމަށްޓަކައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާކަމަށެވެ.
ރައީސް ސާލިހު ވަނީ، މި ހާދިސާގައި އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ފަރާތްތަކުގެ ހާލު ބައްލަވާލެއްވުމަށް އެ ހޮސްޕިޓަލަށް  ޒިޔާރަތްކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: