ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިނޮޅަހުގެ ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދޭނަން: ނައިބު ރައީސް

ނައިބު ރައީސް ކިނޮޅަހުގެ ކައުންސިލަރުންނާއި ބައްދަލުކުރެއްވުމުގެ ތެެރެއިން: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހަށް ދިމާވެފައިވާ ލަފާ ފުރުމުގެ ދަތިކަމަށް ހައްލެއް ހޯއްދަވައި ދިނުމުގެ މަަސައްކަތް ކުރައްވާނެ ކަަމަށް ރައީސުލްޖުމުހުރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް އެފަދައިން ވިދާޅުވީ، ކިނޮޅަހުގެ ކައުންސިލް މެމްބަރުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށް ގެންދެވި އެ ބައްދަލުކުރެއްވުމުގައި ކިނޮޅުހުގެ ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ނައިބު ރައީސް އާއި މަޝްވަރާ ކުރައްވާފައެވެ.

ނައިބު ރައީސް ކިނޮޅަހުގެ ކައުންސިލަރުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް

އެގޮތުން އެރަށުގައި މަސައްކަތް ފަށާ މެދުތެރެއިން ހުއްޓިފައިވާ ނަރުދަމާ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތުގެ ވާހަކަ ނައިބު ރައީސް އާއި ހިއްސާކުރެއްވުމުން އެމަނިކުފާނު ވަނީ ކިނޮޅަހު ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މީގެއިތުރުން ކިނޮޅަހުގެ މުއްސަނދި ތާރީޚު ދައްކުވައިދޭ “އިބްނު ބަތޫތާ މަންޒިލް” ގެ ނަމުގައި ކުޑަކުދީންނަށް ޚާއްޞަ ޕާކެއް ހެދުމުގެ މަޝްރޫޢާއި، އެ ރަށުގެ ތަރައްގީއަށް ރާވަފައިހުރި އެހެން ކަންކަމާއި ގުޅޭ މައުލޫމާތު ވަނީ ނައިބު ރައީސްއަށް ހިއްސާކުރައްވާފައެވެ.

ނައިބު ރައީސް ކިނޮޅަހުގެ ކައުންސިލަރުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް

އެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ކިނޮޅަހުގެ ރައްޔިތުންގެ ޢާންމު ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށް ކައުންސިލުން އިސްނަގައިގެން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަ ކުރައްވާ، ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ޚާއްޞަކޮށް ކުޑަކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެއްވުމަށް އިސްކަންދިނުމަށް އެދިވަޑައިގަންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: