ކުއްލި ޚަބަރު

ޓެރެރިޒަމްގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހް ބައެއް ބަދަލުތަކާއިއެކު މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ތަންފީޒީ އިދާރާތަކުން އަޅާ ފިޔަވަޅުތައް ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހަށް ކޮންމެ ހަ މަހަކުން ހިއްސާ ކުރަން ޖެހޭ ގޮތަށް ޓެރެރިޒަމްގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ. 

ޓެރެރިޒަމްގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް ފާސްކުރުމަށް ދައުރުން ބޭރުން ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާތަކުގެ ތެރެއިން ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ބިލް ދިރާސާ ކުރި ކޮމެޓީން ގެނައި އިސްލާހުތަކާއި މަޖިލީހުން ތަޅުމުން ހުށަހެޅި އިސްލާހުތަކާއިއެކު ބިލް ފާސްކޮށްފައި ވަނީ  52 މެމްބަރުންގެ އަގްލަބިއްޔަތުންނެވެ. 

ޓެރަރިޒަމް ހުއްޓުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވީ މިދިޔަ އާދިއްތަ ދުވަހުއެވެ. ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ވާގޮތުން ގާނޫނު ތަންފީޒީ އިދާރާތްތަކުން އަޅާ ފިޔަވަޅުތަކުން ބަޔާންކޮށް ސިއްރު ރިޕޯޓެއް ކޮންމެ ހަ މަހަކުން ހުށަހަޅަންޖެހޭނެއެވެ.

ސިއްރު ރިޕޯޓުގައި ހިމަނަން ޖެހޭ ޖުމްލަ ނުވަ ކަމެއް ގާނޫނުނަށް ކޮމިޓީން ބަދަލު ގެނައި އިސްލާހުގައި ބަޔާންކޮށްފައިވާއިރު އެކަންތަތައްކުގެ ތެރޭގައި:

* ގާނޫނުގެ ދަށުން ހައްޔަރު ކުރާ މީހުންގެ އަދަދު
* ތުހުމަތު ކުރެވުނު ފަރާތްތަކުގެ މައްޗަށް ތުހުމަތު ކުރެވުނު ކުށުގެ ހުލާސާ.
* ގާނޫނީ ވަކީލާ އެކަހެރިކޮށް ބައްދަލުކުރުމުގެ ހައްގު ހިފެހެއްޓުނު ފަރާތްތަކުގެ މައުލޫމާތައި އެކަން ކުރަން ޖެހުނު ސަބަބާއި އެކަމަށް ހުއްދަ ދިން ފަރާތްތަކުގެ މައުލޫމާތު.
* ކޯޓު އަމުރަކާ ނުލާ ހައްޔަރު ކުރެވުނު މީހުންނާއި ބަލާ ފާސްކުރި ތަންތަނާއި އެކަމަށް ހުއްދަ ދިން ފަރާތްތަކުގެ މައުލޫމާތު.
* ޖިންސީ ގުނަވަން ހާމަވާ ގޮތަށް ފާސް ކުރެވުނު މީހުންގެ އަދަދާއި އެކަމަށް ހުއްދަ ދިން ފަރާތްތަކުގެ މައުލޫމާތު.
* ބަންދުގައި ބެހެއްޓުމަށް ކޯޓަށް ހުށަހެޅުނު ފަރާތްތަކުގެ އަދަދާއި އެކަމާމެދު ކޯޓުން ނިންމާފައިވާ ނިންމުންތަކުގެ ތަފްސީލު
* ރިސްކް އެސެސްމަންޓް ހެދުނު ފަރާތްތަކާއި އެފަރާތްތަކާ މެދު ނިންމި ގޮތް.
* ރިހެބިލިޓޭޝަން ހިންގުނު ފަރާތްތަކުގެ ތަފްސީލު
* ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރާ މެދު ދެކޭ ގޮތް.

އޭގެ އިތުރުން މި ގާނޫނުގެ ދަށުން ތަންފީޒީ އިދާރާތަކުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ގާނޫނު އަސާސީގެ ދެވަނަ ބާބުން ކަށަވަރުކޮށްދީފައިވާ އެއްވެސް އަސާސީ ހައްގެއް ހިފެހެއްޓޭ ނަމަ، އެ ހާލަތުގައި އެ ތަންފީޒީ އިދާރާއަކުން އަމަލުކޮށްފައިވާ ގޮތާއި ދެކޭގޮތް ބަޔާންކޮށް ކޮންމެ ހަ މަހަކުން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށާއި، އަދި ހިއުމަންރައިޓްސް ކޮމިޝަނަށް ރިޕޯޓެއް ހޯމް މިނިސްޓަރު ހުށަހެޅުމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ. ނަމަވެސް އެފަދަ އެއްވެސް ރިޕޯޓެއްގައި ތަހުގީގަށް ހުރަސްއެޅޭފަދަ މައުލޫމަތު ހިމެނޭ ނަމަ، އެފަދަ މައުލޫމާތު ނުހިމެނުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިގެންވާ ކަމަށްވެސް އިސްލާހުތަކުގައި ބުނެއެވެ.

އާ ބިލުގައި ޓެރަރިޒަމްގެ ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި، ކުށް ކުރާ މިހާ ނޫން އެހެން މީހަކަށް ނުރައްކަލެއް ކުރިމަތި ކުރުވުމާއި ގަދަކަމުން މީހަކު ރަހީނުކޮށް ފޮރުވުމާއި، މުދަލަށް ބޮޑެތި ގެއްލުން ދިނުމާއި ފަސިންޖަރުން ނޫނީ މުދާ އުފުލާ އުޅަނދެއް ހައިޖެކް ކުރުން ހިމެނެ އެވެ.

ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތެއް ނުރައްކަލެއް ކުރިމަތި ކުރުމުގެ އިތުރުން އުމްރާނީ ވަސީލަތަކަށް ގެއްލުން ދިނުމާއި އާންމު އަސާސީ ހިދުމަތެއް ގަސްދުގައި މެދުކަނޑާލުން ވެސް ހިމެނެ އެވެ. އަދި ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް އުފެއްދުމާއި އެ ތަކެތީގެ ވިޔަފާރި ކުރުމަކީ ވެސް ޓެރަރިޒަމް ކުށެކެވެ.

ޓެރަރިޒަމް ކުށްތަކުގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވާ ކުށްތަކުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލުގައި ބަންދު ކުރުން ކަމަށް ބިލުގައިވެ 

ޓެރަރިޒަމްގެ ޤާނޫނަށް އިސްލާޙް ހުށަހަޅާފައިވަނީ ގެއްލިފައިވާ މީހުންނާއި، މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ މަސައްކަތްތައް ތަންފީޒު ކުރުމުގައި ދިމާވެފައިވާ ޤާނޫނީ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ޓެރަރިޒަމްގެ ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި، ކުށް ކުރާ މިހާ ނޫން އެހެން މީހަކަށް ނުރައްކަލެއް ކުރިމަތި ކުރުވުމާއި ގަދަކަމުން މީހަކު ރަހީނުކޮށް ފޮރުވުމާއި، މުދަލަށް ބޮޑެތި ގެއްލުން ދިނުމާއި ފަސިންޖަރުން ނޫނީ މުދާ އުފުލާ އުޅަނދެއް ހައިޖެކް ކުރުން ހިމެނެއެވެ.

ބިލްގައި ބުނެފައި ވަނީ އެ ގާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބުމަށްފަހު ދައުލަތުގެ ކަމާބެހޭ އިދާރާއަކާއި އެ މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު އޮވެ، އެ މައުލޫމާތު ގަސްދުގައި ހިއްސާ ނުކުރުމަކީ ކުށެއް ކަމަށެވެ. ހަމައެހެންމެ އެފަދަ ކަމެއް ކޮށްފި މީހެއްގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ބިލުގައި ބުނެފައިވެއެވެ. މީގެއިތުރުން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތު ނުދިނުމުގެ ސަބަބުން ޓެރަރިޒަމްގެ އަމަލެއް މެދުވެރިވެއްޖެނަމަ މައުލޫމާތު ހާމަނުކުރި ފަރާތް ވެސް ކުށްވެރިވާނެ ކަމަށް ބިލުގައި ވަނީ ކަނޑައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: