ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒީރޯ ޓޮލަރެންސް: ކޮރަޕްޝަންގެ ތުހުމަތުގައި ކަސްޓަމްގެ އިސްވެރިއަކު ވަޒީފާއިން ވަކިކޮށްފި

ކަސްޓަމްސްގެ އިސް މުވައްޒަފަކު ކޮރަޕްޝަންގެ ތުހުމަތުގައި ވަޒީފާއިން ވަކި ކުރުން / ފޮޓޯ: ކަސްޓަމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިސްމަގާމެއް އަދާ ކުރަމުން އައި އިސް ފަރާތަކަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވުމުން އޭނާ މަގާމުން ވަކިކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން، ވަޒީފާއިން ވަކިކޮށް ޖިނާއީ ތަހުގީގެއް ފަށާފައިވަނީ އެ އިދާރާގެ ސީނިއާ ސުޕްރިޑެންޓްގެ މަގާމް އަދާ ކުރަމުން އައި މީހެއްގެ މައްޗަށެވެ.

ދެ ކޮންޓެއިނަރެއް ރާއްޖެ އަށް ވަގަށް ވެހިކަލް އެތެރެކުރި މައްސަލާގައި ކަސްޓަމްސްގެ ދެ އޮފިސަރަކު ސަސްޕެންޑްކޮށް ތަހުގީގު ފަށާފައިވާ ކަމަށް މި މަހު ކުރީކޮޅުގައި ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ. ނަމަވެސް، އާދީއްތަ ދުވަހު ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރި މީހާ އާއި ރާއްޖެއަށް އޮޅުވާލައިގެން ކޮންޓެއިނަރުތަކެއް އެތެރެކުރި މައްސަލައާއި ގުޅުމެއް ވޭތޯ ނުވަތަ ނޫންތޯ ވެސް އަދި ޔަގީނެއް ނުވެއެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން ކަސްޓަމްސް އިން ވަކިކުރި މުވައްޒަފު ވަކިކުރީ، ރިޝްވަތު ނަގައިގެން ކަސްޓަމްސްގެ ޕްރޮސީޖާގެ ތެރެއިން ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބެލުމަށް ފަހުގައެވެ.

އިމްޕޯޓް ޑިއުޓީ ނެގުމުގަ އާއި ރާއްޖެ އަށް މުދާ އެތެރެ ކުރުމުގައި މަކަރާއި ހީލަތް ހަދާ ކަމަށް ކުރިންސުރެ ވެސް ކަސްޓަމްސްގެ މައްޗަށް ތުހުމަތު ކުރެ އެވެ. ތަހުގީގީ އިދާރާތަކުން ވެސް ކުރާ އެ ތުހުމަތުތައް ކަސްޓަމްސްއިން އޭރު ދިޔައީ ދޮގު ކުރަމުންނެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން މަގާމާ ހަވާލުވެވަޑައިގެންފައި ވިދާޅުވީ ކޮރަޕްޝަނަށް އެ އިދާރާގެ ތެރެއިން ދެން ފުރުސަތު ނުދެއްވާނެ ކަމަށެވެ. މައްސަލަތައް ބަލައި އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: