ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯޔަލް ޖޯޑޭނިއަން އެއާލައިން ރާއްޖެއަށް

ރޯޔަލް ޖޯޑޭނިއަންގެ މަތިންދާބޯޓެއް އެއާޕޯޓަކުން ނައްޓާލަނީ. އެ އެއާލައިނުން ޗާޓަރު ދަތުރުތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މެދުއިރުމަތީގެ ބޮޑު އެއާލައިނެއް ކަމަށްވާ ރޯޔަލް ޖޯޑޭނިއަން އެއާލައިންސް އިން ރާއްޖެއަށް ޗާޓަރު ފްލައިޓް ތަކެއް ފަށައިފި އެވެ.

ރާއްޖެ އަށް ދަތުރު ފަށާނެކަން މި އަހަރުގެ ކުރީކޮޅު އިއުލާނުކުރި ރޯޔަލް ޖޯޑޭނިއަން އެއާލައިންސް އިން ރާއްޖެއަށް ޗާޓަރު ފްލައިޓު އަޅަން ފެށީ މި މަހުގެ 27 އިން ފެށިގެނެވެ.

މިދަތުރުތައް ކުރާނީ އަންމާންގެ، ކުއީން އެލިއާ އިންޓަނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ ބޮއިން 787- 8 މަރުކާގެ ބޯޓުތަކެކެވެ.

މެދުއިރުމަތީން އަންނަ މި އެއާލައިން ހަފުތާއަކު ތިން ފްލައިޓް ރާއްޖެއަށް ބާއްވާނެ އެވެ. ވެރި ރަށް އައްމާންގެ މައި އެއާޕޯޓް ކަމަށްވާ ކްއީން އާލިއާ އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖޭގެ ވީއައިއޭއާ ދެމެދު މި އެއާލައިން އިން އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހަފުތާއަކު އެއް ފްލައިޓް ބާއްވާނެ އެވެ.

މެދުއިރުމަތިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. ޖޯޑަން ހިމެނޭ މެދުއިރުމައްޗަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް މަންޒިލެވެ. މި އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް މެދުއިރުމަތިން ރާއްޖެއަށް 42،774 އަށް ޓޫރިސްޓުން އައިސްފައި ވެއެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި މެދުއިރުމަތިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، 52،000 ވުރެ އިތުރެވެ.

މެދުއިރުމަތިން މިހާރު ވެސް ރާއްޖެއަށް ޔޫއޭއީގެ އެމިރޭޓްސް އާއި އިއްތިހާދު އެއާވޭސް އަދި ގަތަރުގެ ގަތަރު އެއާވޭސް އާއި ސައުދީގެ ސައުދިއާ އަދި އޮމާންގެ އޮމާންގެ ޝެޑިއުލް ދަތުރުތަކެއް ކުރެ އެވެ.

ކޮންމެ އަހަރެއްގެވެސް ފަތުރުވެރިކަމުގެ ހައި ސީޒަނާއި ދިމާކޮށް ފަތުރުވެރިންގެ ފަރާތުން ރާއްޖެއަށް އޮންނަ ޑިމާންޑު އިތުރުވުމާއި ގުޅިގެން ބައިނަލްއަޤްވަމީ ގިނަ އެއަރލައިންތަކަކުން ވަކި މުއްދަތަކަށް ރާއްޖެއަށް ޝެޑިއުލް އުދުހުންތައް ބާއްވައެވެ.

މިހާރުގެ އަންދާޒާއިން ދައްކާ ގޮތުގައި 1.6 މިލިއަން ޓޫރިސްޓުން މި އަހަރު ރާއްޖެ އަންނާނެއެވެ. އަދި މި އަހަރަކީ ޓޫރިޒަމަށް ރަނގަޅު އަހަރަކަށްވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: