ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްރޫއުތައް ކުރިއަށް ގެންދަންވީ ފެންވަރު ރަނގަޅުކޮށް: ނައިބު ރައީސް

ނައިބު ރައީސް އެމްޓީސީސީގެ އިސްވެރިންނާއި ބައްދަލުކުރައްވަނީ: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ މަޝްރޫޢުތައް އެއްފަހަރާ ބާރު ސްޕީޑްގައި ކުރިޔަށްގެންދެވި ނަމަވެސް މަޝްރޫޢުތަކުގެ ފެންވަރު ވަޒަންކޮށް ރަނގަޅަށް މޮނިޓަރކޮށްގެން ކުރިޔަށްގެންދިއުމަށް ރައީސުލްޖުމުހުރިއްޔާގެ ނައިބު ފައިސަލް ނަސީމް އެދިވަޑައިގަންފިއެވެ.

ނައިބު ރައީސް އެފަދައިން ވިދާޅުވީ ދުވަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ އިސްވެރިންނާއި އާދިއްތަ ދުވަހު ބައްދަލުކުރައްވައި، ކުރެއްވި މަޝްވަރާގެ ތެެެރެއިންނެވެ.

ނައިބު ރައީސް އެމްޓީސީސީގެ އިސްވެރިންނާއި ބައްދަލުކުރެވުމުގެ ތެެރެއިން: ފޮޓޯ ރައީސް އޮފީސް

އެމްޓީސީސީގެ ފަރާތުން ވަނީ މަޝްރޫޢުތައް ކުރިޔަށް ގެންދާއިރު ފެންވަރު ހިފެހެއްޓުމާއެކު ބާރު ސްޕީޑްގައި މަސައްކަތް ކުރިޔަށް ގެންދިއުމަށް ސަމާލުކަން ދީގެން މަސައްކަތްތައް ކުރިޔަށް ގެންދާނެކަމުގެ ޔަޤީންކަން ނައިބު ރައީސްއަށް ދެއްވާފައެވެ.

އެމްޓީސީސީގ އިސްވެރިންނާއި ބައްދަލުކުރައްވައި ނައިބު ރައީސް ވަނީ އެ ކުންފުނީގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު އޮޅުންފިލުވާފައެވެ.

މީގެއިތުރުން އެ ބައްދަލުވުމުގައި އެމްޓީސީސީގެ އިސްވެރިން ވަނީ އެ ކުންފުނިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންގެންދާ މަޝްރޫޢުތަކާބެހޭ މަޢުލޫމާތު ނައިބު ރައީސްއާއި ހިއްސާކުރައްވާފައެވެ.

ނައިބު ރައީސް އެމްޓީސީސީގެ އިސްވެރިންނާއި ބައްދަލުކުރެވުމުގެ ތެެރެއިން: ފޮޓޯ ރައީސް އޮފީސް
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: