ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެންވޭރު ބޮޑު ހުޅު: ރައީސް ސޯލިހް އެއާޕޯޓުން ސީދާ ވަޑައިގެންނެވީ އަލިފާނުގެ ޙާދިސާ ހިނގި ސަރަހައްދަށް

އދގެ ތަގުރީރަށްފަހު ރައީސް އެންމެ ފުރަތަމަވެސް، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް / ފޮޓޯ: ރައީސް އޮފީސް ވެބްސައިޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ހ. ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނެއް ގޮވާ ހިނގި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދާއި ގެތަކުގެ ހާލަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްލަވާލައްވައިފިއެވެ.

މި މަހުގެ 20 ވަނަ ދުވަހު، އަބަދަށްފެހި މަގުގައި ހުންނަ ކެމިކަލް ގުދަނެއްގައި ބާރުގަދަ ގޮވުމަކާއި އެކު ރޯވި އަލިފާންގަޑުގެ ސަބަބުން އެ ސަރަހައްދުގެ ހަތް ގެއެއް ވަނީ އެކީ އަނދާ ހުލިވެފައެވެ. އަދި އެ ރެއަކީ ކަންދިމާ ކުރި ގޮތުން އ.ދ ގައި ތަގުރީރު ކުރެއްވުމަށް ރައީސް ސޯލިގް ފުރަން ހަމަޖެހިފައި އޮތް ރެއެވެ. ނަމަވެސް ދަތުރުގެ ޝެޑިއުލްއަށް ބަދަލު ގެންނަވާ ރައީސް ވަނީ ފުރާވަޑައިގަންނަވާ ގަޑި އޭގެ ޖެހިގެން އަ އޭގެ ޖެހިގެން އައި ދުވަހުއެވެ.

އަލިފާނުގެ ހާދިސާ ހިނގި ތަނަށް ހަމަ އެރޭ ވަޑައިގެންނެވުމާއި، އަދި އޭޑީކޭގައި ފަރުވާދެވުނު އާއްމުންގެ ފަޜާތްތަކާއި ވަކިވަކީން ބައްދަލު ކުރައްވާ ކަލާފާނު ސްކޫލުގައި ގާއިމް ކުރި ރިލީފް ސެންޓާއަށް ވެސް ވަޑައިގެންނެވިއެވެ. އަދި އެ ހާދިސާގައި ނިޔާވި އައިޝަތު ޝައިނުގެ އާއިލާއާއި އާސަަހަރާގައި ބައްދަލު ކުރެއްވިއެވެ. އޭގެ އިތުރުން، ކެބިނެޓް ކުއްލި ބައްދަލުވުމެއް ބާއްވާ މާލެ ސަރަހައްދުގައި ހުރި ގުދަންތައް އެހެން ތަނަކަށް ވަކި މުއްދަތެއްގެ ތެރޭގައި ބަދަލު ކުރުމަށްވެސް އެމަނިކުފާނު ނިންމެވިއެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު އަދިވެސް އެކީ ހުޅުވާލާފައި ނުވާއިރު، އެމްއެންޑިއެފްއިން ގެންދަނީ 24 ގަޑިއިރު އެތަނުގައި ހަރަކާތްތެރިވަމުންނެވެ.

ހޯމަ ދުވަހުގެ ހެނދުނު ޔޫކޭއިން ރާއްޖެ ވަޑައިގެން، ސީދާ އެއާޕޯޓުން ރައީސް ވަޑައިގެންނެވީ އަލިފާނުގެ ހާދިސާ ހިނގި ސަރައްހަދަށެވެ. އަދި މި ވަގުތު އެ ތަނުގައި ކުރިޔަށްދާ މަސައްކަތްތައް ބައްލަވާލެއްވިއެވެ.

ބެލެވޭ ގޮތުގައި، ރައީސް ހޯމަ ދުވަހުގެ ވަގުތެއްގައި ހާލުގައި ޖެހުނު ފަރާތްތަކާއި ވެސް ބައްދަލު ކުރައްވާނެއެެވެ.

އދ. ގެ އާންމު މަޖިލީހުގެ 74 ވަނަ އާންމު ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތަގުރީރު ކުރެއްވުމަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައި ވަނިކޮށް ހިނގި މި އަލިފާނުގެ ބޮޑު ހާދިސާ ހިނގައިގެން ދިއުމާއެކު، އެރޭވެސް އެސަރަހައްދަށް ވަޑައިގެން އެތަނުގެ ހާލަތު ރައީސް ބައްލަވާލެއްވިއެވެ. އަދި އެމަނިކުފާނު ޔޫކޭގައި ހުންނެވިއިރު، ފަސްޓްލޭޑީ މެޑަމް ފަޒްނާ އަޙްމަދު އަދި ރާއްޖޭގެ ނައިބް ރައީސް ފައިސަލް ނަސީމް ވަނީ ހާދިސާގެ ކަންތައްތައް ވަރަށް ގާތުން ބައްލަވާލައްވާފައެވެ.

ހެންވޭރު ކެމިކަލް ގުދަނުގައި ރޯވެ، ހިނގި މިހާދިސާގައި އެކަކު މަރުވެ، 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނުއިރު އެ ހާދިސާއަކީ ފަހުގެ ތާރީހެއްގައި ހިނގި އަލިފާނުގެ އެންމެ ހިތާމަވެރި އެއް ހާދިސާ އެވެ. މި ހާދިސާގައި 7 ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ހާދިސާގައި ގެއްލުންވި މީހުން ވަގުތީ ހިޔާއަށް ބަދަލުކޮށް، އެމީހުނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: