ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާޓައިމް ދައުލަތަށް ނެގީ ރިންގް ރޯޑު ހެދުމަށް: ޑރ.މުއިއްޒު

ޕީޕީއެމްގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ސަރުކާރުގެ ހައުސިންގް މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު: ފޮޓޯ ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ނިއުޕޯޓް ވިއު ބިމަކީ ބިޑް އުސޫލުން ބޮޑު ކުއްޔަކަށް ދައުލަތުން ދީފައިވާތަނެއްކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހައުސިންގް މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނިއު ޕޯޓް ވިއު ހިންގަމުން ގެންދިޔަ ބިމަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާގެ ގޮޮތުގައި އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ 15 ދުވަސްތެރޭގައި ދައްކާ، ބިން ހަވާލު ކުރުމަށް ސްޓްރާޑާ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން މިމަހުގެ 26 ވަނަ ދުވަހު ހުކުމްކުރުމާއި ގުޅިގެން މުއިއްޒު ވިދާޅުވީ އެ ބިމަކީ ދައުލަތުން އެއްވެސް ޚަރަދެއް ނުކޮށް ދައުލަތަށް ސީއެސްއާރުގެ ދަށުން ގިނަ ކަންތައްތަކެއް ކޮށްދޭގޮތަށް ޝަރުތުކޮށް ހިންގި ޕްރޮޖެކްޓެއްގެ ތެރޭގައި ހިމެނޭ ބިމެއްކަމުގައެވެ.

ނިއު ޕޯޓް ވިއު ހުރި ބިމުގައި ހަދާފައި ހުރި ޗާޓައިމް ކިޔާ ލުއި ބުއިމުގެ އައުޓްލެޓް ދައުލަތަށް ނަގަންޖެހުނީ މާލޭ ރިންގް ރޯޑް މަޝްރޫއަށް ކޮންމެހެން ނަގަންޖެހިގެން އުސޫލުގެ ތެރެއިން ބަދަލުދޭން ނިންމުމާއި ގުޅިގެންކަމަށް މުއިއްޒުވަނީ ވިދާޅުވެފައެވެ.

ޑރ.މުއިއްޒު މިގޮތަށް ޓްވީޓް ކުރެއްވުމާއި ގުޅިގެން ސަރުކާރަށް ތާއީދުކުރާ ބައެއް ފާރާތްތަކުން ވަނީ ނިއުޕޯޓް ދީފައިވަނީ ޖަރީމާއެއްގެ ތެރެއިން ކަމަށް ބުނެ އޭނާއަށް ރައްދުދެއްވާފައެވެ. އަދި ކިތަންމެ ބޮޑު ކުއްޔަކަށް ދީފައި އޮތަސް ކުލި ނުދައްކާނަމަ ދައުލަތަށް ނަގާނެކަމަވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

https://twitter.com/BloomAhmd/status/1178294307100323840

މުއިއްޒުގެ ޓްވީޓް ދިފާއުކޮށް ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން ބުނީ ޖަރީމާ ހިންގަނީ މިސަރުކާރުން ކަމަށާއި އެކަންކަން ނުހުއްޓި ފާޅުވަމުންދާ ކަމަށެވެ. އަދި ވަގޭ ނުވަތަ ވައްކަމޭ ބުނެ މުޅި ދައުލަތް އެއްކޮށް “ކަހާލާފައިވާކަމަށް” ސިފަކޮށްފައިވެއެވެ.

https://twitter.com/ahmedspiker/status/1178250337842450432

ދީބާޖާއަށް ދޭން ނިންމި 348 މިލިޔަން ރުފިޔާާއާއި، ޑަބްލިއުއެލްޓީއަށް ދޭން ނިންމި 130 މިލިޔަން ރުފިޔާއާއި، ބިގް ކުންފުޏަށް ދޭން ނިންމި 78 މިލިޔަން ރުފިޔާގެ އިތުރުން ވިމްލާއަށް ދޭން ނިންމި 78 މިލިޔަން ރުފިޔާގެ ތަފްސީލްވެސް ބައެއް ފަރާތްތަކުންވަނީ މުއިއްޒުގެ ޓްވީޓް ދިފާއު ކުރުމަށް ހާމަކޮށްފައެވެ.

ނިއު ޕޯޓަށް ބަދަލު ނުދީ ދީބާޖާއަށް ބަދަލުދޭން ޖެހުމަކީ ވަކި ބަޔަކަށް އިންސާފު ހޯދައިދީ އަނެއް ބަޔަކަށް އިންސާފެއް ނެތްކަން ހާމަވާ ކަމެއް ކަމުގައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވެސް ވަނީ ވިދާޅުވެފައެވެ.

އާދަމް ޝަރީފް ވިދާޅުވީ ނިއުޕޯޓަކީ ޕީޕީއެމް މެމްބަރެއްގެ ތަނަކަށް ވެފައި ދީބާޖާއަކީ އެމްޑީޕީ ބައެއްގެ ކުންފުންޏަކަށް ވުމުން ބަދަލު ނަގައިދޭން ނިންމީ ދީބާޖާ ފަދަ އެމްޑީޕީ މެމްބަރުންގެ ކުންފުނިތަކަށް އެކަނި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: