ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޑީކޭ ޖީޓީއިން ހުޅުމާލޭގައި ސާމްޕްލިން އިވެންޓެއް ބާއްވައިފި

އޭޑީކޭއިން ހުޅުމާލޭގެ ސެންޓްރަލްގައި ސާމްޕްލިން އިވެންޓެއް ބޭއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

އޭޑީކޭ ޖެނަރަލް ޓްރޭޑިން (އޭޑީކޭ ޖީޓީ) އިން ތަފާތު އިނާމަކާ އެކު ކުޑަކުދިންގެ ހާއްސަ ހަވީރެއް ބާއްވައިފިއެވެ.

މާލޭގައި ކާމިޔާބުކަމާއި އެކު ބޭއްވި ސާމްމްޕްލިން އިވެންޓަށްފަހު، އޭޑީކޭ ޖީޓީއިން މި އިވެންޓު ބާއްވާފައިވަނީ ހުޅުމާލޭގެ ސެންޓަރަލް ޕާކުގައެވެ. ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވީ އެ އިވެންޓުގައި، ކުރިޔަށް ގެންދިޔަ އިވެންޓުތަކުގައި ބައިވެރިވުމުން ހާއްސަ އިނާމްތަކެއް ދީފައިވެއެވެ.

އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ބުނެފައިވަނީ މިފަދަ އިވެންޓެއްގެ ބޭނުނަކީ ރަނގަޅު ޕްރޮޑަކްޓުތަކެއް ބާޒާރަށް ނެރެ، އޭގެ ކޮލިޓީ އާއްމުންނަށް ދައްކާލުން ކަމަށެވެ. އާއްމު ގޮތެއްގައި އާ ޕްރޮޑަކްޓެއް ނެރެ، އޭގެ ވާހަކަ ދެއްކިޔަސް އާއްމުން ބޭނުންވާނީ އޭގެ އަޖުމަ ބަލާލުމަށް ކަމަށާއި އިވެންޓުގެ ތެރެއިން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔަކަން ފާހަގަކުރިއެވެ.

އިވެންޓުގައި ބޭނުންކޮށްފައިވާ ޕްރޮޑަކްޓާއި ގުޅޭގޮތުންވެސް އޭޑީކޭގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ބުރަމްއާއި ގުޅޭގޮތުން ބުނެފައިވަނީ އެއީ ހަނީއެއް ކަމަށެވެ. އަދި 3 ފްލޭވާއެއްގެ ކީމާ މިލްކް އަކީ ކުޑަކުދިންނަށް ވަރަށް ކަމުދާނެ ބުއިމެކެވެ. އެއީ ޗޮކްލެޓާއި، ސްޓްރޯބެރީ އަދި ބަނާނާ ފްލޭވާއެވެ.

އަދި، ވޮބްރޯ ބްރޭންޑުގައިވެސް ޗޮކްެޓުގެ އިތުރުން ޖެލީ ފްލޭވާއެއް ހިމެނެއެވެ. އޭޑީކޭއިން މީގެ ކުރިންވެސް ރާއްޖެ އެތެރެކޮށް މާކެޓު ކުރާ ލިގޯވެސް ކުޑަކުދިންނަށް ހާއްސަކޮށް ބޭނުންކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: