ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ލައިސަންސް މެލޭޝިއާގައި ބޭނުން ކުރެވޭގޮތް ހަދަނީ

ދިވެހި ލައިސަންސް މެލޭޝިއާގައި ބޭނުންކުރެވޭ ގޮތް ހަދަނީ. ފޮޓޯ: ޓްރާންސްޕޯޓު މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ލައިސަންސް މެލޭޝިއާގައި ބޭނޭނުންކުރެވޭ ގޮތް ހެދުމަށް މަޝްވަރާކޮށްފި.

ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުން ކުރެވޭ ފަދަ އެއްބަސްވުމެއްގައި ދެ ޤައުމުން ސޮއިކުރުމާއި ގުޅޭގޮތުން މެލޭޝިއާގެ ޓްރާންސްޕޯޓު މިނިސްޓަރ ލޯކް ސޮއި ފޫކްއާއި ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވަނީ މަޝްވަރާ ކުރައްވާފައެވެ.

ކެނަޑާގެ މޮންޓްރިއާލްގައި މިހާުރު ކުރިއަށްދާ އައިކާއޯ ޖެނެރަލް އެސެންބްލީގައި ހަވާސާގެ ތެރެއިން ބޭއްވި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި މިއުޗުއަލް ރެކޮގްނިޝަން އެގްރިމަންޓެއްގައި ސޮއިކުރުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ވަަރށް އަވަސް މުސްތަގްބަލެއްހައި އެކަން ކުރެވިގެންދާނެ ކަމަސް އުންމީދު ކުރާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އެއްބަސްވުމުގެ ދަށުން މެލޭޝިއާގެ ލައިސަންސް ރާއްޖޭގައި ބޭނުން ކުރެވޭއިރު ދިވެހި ލައިސަންސް މެލޭޝިއާގައި ބޭނުންކުރެވޭނެއެވެ.

އޭގެ އިތުރުރުން މި ބައްދަލުކުރެއްވުމުގައި ވަނީ ދިވެހި ދަރިވަރުން މެލޭޝިއާގައި ހަދާ އޭވިއޭޝަން ދާއިރެާއާއި ގުޅުން ހުރި ކޯސްތަކަކީ ބައިނަލްއަޤުވާމީ ގޮތުން ޤަބޫލުކުރެވޭ ފެންވަރުގެ ކޯސްތަކަކަށް ހެދުމާއި ގުޅޭގޮތުންވެސް  މަޝްވަރާ ކުރައްވާފައެވެ. އަދި މެލޭޝިއަން އޭވިއޭޝަން އެކެޑެމީގައި އޭޓީސީ ޓްރެއިނިންގްގެ އިތުރު ފުރުސަތުތަށް ދިވެހިންނަށް ހޯއްދަވައިދެއްވާނެ ކަމަށް މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ދެ ޤައުމުގެ ޓްރާންސްޕޯޓް މިނިސްޓަރުންގެ މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އޭވިއޭޝަން ދާއިރާއާއި އެއްގަމު ދަތުރުފަތުރާއި ގުޅޭ ގޮތުން އިތުރަށް ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން އެމްއޯޔޫއެއްގައި ސޮއިކުރެއްވުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: