ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނެއްކާވެސް ވަންވޭ މަގުތަކަށް ބަދަލުތަކެއް!

ފޮޓޯ / ސޯޝަލް މީޑިއާ: މާލޭގެ މަގުތައް ވަނީ ތޮއްޖެހިފައި، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ބޭނުންވޭ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މަގުތައް ބެލެހެއްޓުމާއި ހަވާލުވެ އެ މަސައްކަތް ބަލަހައްޓަމުން އަންނަ ސިޓީ ކައުންސިލްއިން، އެއްގަމު އުޅަނދުތައް ދުއްވުމުގައި އަމަލު ކުރަން ޖެހޭ ވަންވޭގެ އުސޫލުތަލުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

އެ ބަދަލުތައް ގެނައީ މި މަހު ތިން ވަނަ ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލުންގެ 74 ވަނަ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ފަހު އެ ކައުންސިލްގެ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އަދި ބަދަލުތައް ގެނައުމަށް ހުށަހެޅުއްވީ ކައުންސިލް މެންބަރު އަހުމަދު ޒަމީރެވެ.

މަގުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމުގައި އަމަލު ކުރަން ޖެހޭ ވަންވޭ އުސޫލުތަކަށް ބަދަލު ގެނެސް ފެށިގެން އެ ބަދަލަށް އަމަލު ކުރަން ފަށާފައިވާ ކަން ފާހަގަކޮށް ސިޓީ ކައުންސިލްއިން ބުނެފައިވަނީ، ބަދަލުތަކުގެ ތެރޭގައި އަލިކިލޭގެފާނު މަގުން ދެކުނުން އުތުރަށް ވަންވޭއަށް ދުއްވާ ގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ހުސްނުހީނާ މަގު އުތުރުން ދެކުނަށް ދުއްވާ ގޮތަށް ހެދިއިރު ދަރުމަވަންތަ މަގުގައި ދުއްވޭނީ ހުޅަނގުން އިރަށެވެ.

މީގެ އިތުރުން ހެންވޭރު ޕެޓްރޯލް ޝެޑް ކައިރީގައިވާ ދެ މަގު (ކޮއިމަލާ ހިނގުން، ތަރާނާ ގޯޅީ)ގެ ޓްރެފިކަށް ބަދަލެއް ނާންނާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ. އަދި ޝަހީދުކުޑަ އާދަމް ކުޑަތުއްތު ހިނގުން، ލިލީ މަގާއި ދަރުމަވަންތަ މަގާ ދޭތެރެ ވަނީ ދެކޮޅަށް ދުއްވާ މަގަކަށް ބަދަލުކޮށްފަ ހިލާލީ މަގު، ބުރުޒު މަގާއި އަމީނީ މަގާއި ދޭތެރޭގައި ވެސް ދެކޮޅަށް ދުއްވޭ ގޮތަށް ސިޓީ ކައުންސިލުން ވަނީ ހަމަޖައްސައިފަ އެވެ.

ހަމައެހެންމެ  ހިތަށްފިނިވާ މަގާއި ހުސްނުހީނާ މަގާއި ނޫރާނީ ގޯޅިއާ ދެމެދު ދެކޮޅަށް ދުއްވޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ. ކުޑަ ތުއްތު ހިނގުން މަގާއި، ލިލީ މަގާއި ދަރުމަވަންތަ މަގާ ދޭތެރޭ ވެސް މިހާރު ދެކޮޅަށް ދުއްވޭނެ އެވެ. އަދި ހިލާލީ މަގު، ބުރުޒު މަގާއި އަމީނީ މަގާއި ދޭތެރޭގައި ވެސް ދެކޮޅަށް ދުއްވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މާލޭގެ މަގުތަކުގެ ވަންވޭތަކަށް ބަދަލުތަކެއް ގެނައި އިރު، ކުރިއަށް އޮތް ތަނުގައި ޕާކް ކުރާނެ ބޮޑު ޖާގައިގެ ޒޯންތައް ގާއިމުކޮށް، ބޮޑު ސަރަހައްދެއްގައި ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: