ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ދާޚިލީ އަދި ހާރިޖީ ސިޔާސަތުތައް ތަންފީޒުކުރަން އދ. އިން އެހީތެރިކަން ދޭނެ: ރައީސް ޞާލިހް

ރައީސް ޞާލިހް އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްއާއި ބައްދަލުކުރެއްވުމުގެ ތެެރެއިން..ފޮޓޯ:ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ސަރުކާރުގެ ދާޚިލީ އަދި ހާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގައި އ.ދ.ގެ އެހީތެރިކަން ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް އެފަދައިން ވިދާޅުވީ އ.ދ.ގެ 74 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ، ރައީސް ޞާލިހްގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވި ހާރިޖީ އަދި ދާޚިލީ ސިޔާސަތުތައް ތަންފީޒު ކުރެއްވުމުގައި އ.ދ.އިން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މީގެއިތުރުން އ.ދ.ގައި ސެކްރެޓަރީ ޖެނެރަލް އަދާކުރައްވަމުން ގެންދަވާ މުހިއްމު ދައުރު ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދޭދޭ ގައުމުތަކުގެ ގުޅުން ބަދަހިކުރުމާ، ގައުމުތަކުގެ އާންމު ހާލަތާ ދިރިއުޅުމުގެ ހާލަތު ބަދަލުކުރަން ސެކްރެޓަރީ ޖެނެރަލް ކުރައްވާ މަސައްކަތްޕުޅާ، އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ސެކްރެޓަރީ ޖެނެރަލް ދެއްވާ އަހަންމިއްޔަތުކަމަކީ ޝުކުރު ހައްގު މަސައްކަތްތަކެއް ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ވަނީ، ރާއްޖެއާއި އ.ދ.އާއި ދެމެދު މުހިއްމު ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ. އާންމުގޮތެއްގައި އ.ދ އާ ގައުމުތަކާއި މަޝްވަރާކުރެވެނޭ އިންސާނީ ހައްގުތަކާ ގުޅޭގޮތުންނެވެ.

އެ ބައްދަލުކުރެެއްވުމުގައި ރައީސް ޞާލިހް ވަނީ، އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ފުރަތަމަ އަހަރު  ތަގުރީރު ކުރެއްވުމަށް ފުރުސަތު ލިބިވަޑައިގަތުމުން އެންޓޯނިއޯއަށް ޝުކުރު ދަންންވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: