ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެހެންދޫ އާއި ހިތާދޫގައި ގެންގުޅޭ ބަކަރިތަކާއި ކޯލި ދޫންޏަށް ޖެހޭ ބަލިތައް ދެނެގަންނަނީ!

އެނިމަލް ޕެސްޓް އެންޑް ޑިސީސް ސަރވައިލެންސް ޕްރޮގްރާމްގެ ތެރެއިން.. ފޮޓޯ:ފިޝަރީޒް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ފެހެންދޫ އަދި ހިތާދޫގައި އެނިމަލް ޕެސްޓް އެންޑް ޑިސީސް ސަރވައިލެންސް ޕްރޮގްރާމެއް ހިންގައިފިއެވެ.

މިމަހުގެ 23 އިން 26 އަށް ހިންގި އެ ޕްރޮގްރާމުގައި އެ ދެ ރަށުގައި ގެންގުޅޭ،  ކޯލިދޫންޏާއި ބަކަރިއަށް އާންމުކޮށް ޖެހޭ ބަލިތަކާއި އެބަލިތައް ދެނެގަންނާނެ އަލާމާތްތައް ކިޔައިދިނުމުގެ އިތުރުން، އެފާމްތައް އިންސްޕެކްޓް ކޮށްފައިވެއެވެ. 

 

އެ ޕްރޮގްރާމުގެ ތެެރެއިން..ފޮޓޯ:ފިޝަރީޒް މިނިސްޓްރީ

އެގޮތުން، އެދެރަށުން ޖުމްލަ 4 ފާމް އިންސްޕެކްޓް ކޮށްފައިވެއެވެ. މިގޮތުން އެ ފާމްތަކުގައި ގެންގުޅޭ ބަކަރިން ލޭގެ ސާމްޕަލް ނެގުމަށްފަހު، ބަކަރިއަށް ޖެހޭ ބައްޔެއްކަމަށްވާ ފުޓް އެންޑް މައުތް ޑިޒީސް (އެފް.އެމް.ޑީ) އަށް ޓެސްޓު ކޮށްފައިވެއެވެ. 

ފާމްތަކުގެ ހަޔަވީ ރައްކާތެރިކަމުގެ (ބަޔޯސެކިއުރިޓީ) ހާލަތު ބަލައި ރަނގަޅު ކުރަންވީކަންތަކާ ބެހޭގޮތުން ލަފާ ދެވިފައިވެއެވެ. އަދި ޖަނަވާރުތަކުގެ ސިއްޙީ ޙާލަތު ބަލައި، ބަލި ޖަނަވާރުތަކަށް ފަރުވާދެވުނެވެ.

މީގެއިތުރުން، މިޕްރޮގުރާމުގެ ތެރޭގައި ދެރަށުގައި ގެންގުޅޭ ޖަނަވާރުގެ ތަފާސްހިސާބު ނެގިފައިވެއެވެ. މި ޕްރޮގްރާމަކީ ދިރޭ ޖަނަވާރު ގެންގުޅޭ ރަށްތަކުގެ ތެރެއިން ވަކި ރަށްތަކެއް ކަނޑައަޅައިގެން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: