ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

36 ރަށެއްގެ ފެނާއި ނަރުދަމާ ގާއިމު ކުރުމަށް 22 މިލިއަން ރުފިޔާ

36ރަށެއްގައި ފެނާއި ނަރުަދަމާ ޤާއިމްކުރުމަށް އެއްބަސްވެއްޖެ: ފޮޓޯ:ޕްލޭނިންގ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ 36 ރަށެއްގެ ފެނާއި ނަރުދަމާ ގާއިމު ކުރުމަށް ހަވާލުކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ އިޕޮކް ޕްރައިވެޓް ލިމިޓެޑް އިން އެސޯސިއޭޝަން ވިތް ފީޑްބެކް އިންފްރާ ޕްރައިވެޓް ލިމިޓެޑް އަދި ފޯސައިޓް ސާވެޔާސް ޕްރައިވެޓް ލިމިޓެޑާއެވެ.

ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޕްލޭނިންގް މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓާރީ އަލްފާޟިލާ ޒީނިޔާ އަޙްމަދު ހަމީދެވެ.

މ.ނާލާފުށި، މ.ރަތްމަންދޫ، ވ.ކެޔޮދޫ، ވ.ރަކީދޫގެ ފެނާއި ނަރުދަމާ ނިޒާމްގެ ޑިޒައިން މަސައްކަތާއި ތ.ދިޔަމިގިލި އަދި ތ.މަޑިފުށީގައި ފެނުގެ ނިޒާމްގެ ޑިޒައިން މަސައްކަތް ކުރުމުގެ މަޝްރޫޢު:

މި މަސައްކަތުގެ ޖުމްލަ އަގަކީ 3،598،920.00 (ތިން މިލިއަން ފަސްސަތޭކަ ނުވަދިހަ އަށްހާސް ނުވަސަތޭކަ ވިހި ރުފިޔާ). މި މަޝްރޫޢު މަސައްކަތް ފަށާތާ 6 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.

އއ.ފެރިދޫ،އއ.ހިމަންދޫ އަދި އދ.ކުނބުރުދޫގައި ފެނާއި ނަރުދަމާ ނިޒާމުގެ ޑިޒައިން މަސައްކަތާއި އދ.އޮމަދޫ، އއ.މަތިވެރި، އއ.ދިއްދޫ އަދި އދ.ފެންފުށީގައި ފެނުގެ ނިޒާމްގެ ޑިޒައިން މަސައްކަތް:

މި މަސައްކަތުގެ ޖުމްލަ އަގަކީ 3،552،780.00 (ތިން މިލިއަން ފަސްސަތޭކަ ފަންސާސް ދެހާސް ހަތްސަތޭކަ އަށްޑިހަ). މި މަޝްރޫޢުގެ މަސައްކަތް ފަށާތާ 6 މަސަްދުވަހުގެ ތެރޭގައި ނިންމާލުމަށް ވަނީ އެއްބަސްވެފައެވެ.

ޅ.އޮޅުވެލިފުށި އަިދ ރ.ފައިނުގައި ފެނާއި ނަރުދަމާ ނިޒާމްގެ ޑިޒައިން މަސައްކަތާއި ބ.ކަމަދޫ، ބ.މާޅޮސް، ރ.އިންނަމާދޫ އަދި ކ.ހިންމަފުށީގައި ފެނުގެ ނިޒާމް ޑިޒައިން ކުރުމުގެ މަމަސައްކަތް:

މި މަޝްރޫޢުގެ ޖުމްލަ އަގަކީ 3،322،080.00(ތިން މިލިއަން ތިންސަތޭކަ ބާވީސް ހާސް އަށްޑިހަ ރުފިޔާ). މި މަޝްރޫޢު މަސައްކަތް ފަށާތާ 6 މަސްދުވަހުގެ ތެރޭގައި ނިންމާލުމަށް ވަނީ އެއްބަސްވެފައެވެ.

ނ.ފޮއްދޫ، ނ.މާފަރު އަދި ށ.ގޮއިދޫގައި ފެނާއި ނަރުދަމާ ނިޒާމްގެ ޑިޒައިން މަސައްކަތްތާއި ނ.ހެނބަދޫ، ނ.މަނަދޫ އަދި ށ.ފީވަކުގެ ފެނުގެ ނިޒާމުގެ ޑިޒައިން މަސައްކަތް:

މި މަޝްރޫޢުގެ ޖުމްލަ އަގަކީ 4،752،420.00 (ހަތަރު މިލިއަން ހަތްސަތޭކަ ފަންސާސް ދެހާސް ހަތަރުސަތޭކަ ވިހި ރުފިޔާ). މި މަޝްރޫޢުގެ މަސައްކަތް ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށް ވަނީ އެއްބަސްވެފައެވެ.

ހދ.ކުމުންދޫ، ހދ.ހިރިމަރަދޫ، ހއ.ވަށަފަރު އަދި ހއ.ތަކަންދޫގައި ފެނާއި ނަރުދަމާ ނިޒާމުގެ ޑިޒައިން މަސައްކަތާއި ހއ.މާރަންދޫ އަދި ހއ.މުރައިދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް:

މި މަޝްރޫޢުގެ ޖުމްލަ އަގަކީ 3،598،920.00 (ތިން މިލިއަން ފަސްސަތޭކަ ނުވަދިހަ އަށްހާސް ނުވަސަތޭކަ ވިހި ރުފިޔާ). މި މަޝްރޫޢުގެ މަސައްކަތް ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށް ވަނީ އެއްބަސްވެފައެވެ.

ގއ.ދެއްވަދޫ، ގއ.ނިލަންދޫ، ގދ.ނަޑެއްލާ، ލ.ހިތަދޫ އަދި ލ.ކުނަހަންދޫގައި ފެނާއި ނަރުދަމާ ނިޒާމްގެ ޑިޒައިން މަސައްކަތް :

މި މަޝްރޫޢުގެ ޖުމްލަ އަގަކީ 3،229،800.00 (ތިން މިލިއަން ދުއިސައްތަ ނަވާވީސްހާސް އަށްސަތޭކަ ރުފިޔާ). މި މަޝްރޫޢު ފަށާތާ 6 މަސްދުވަހުގެ ތެރޭގައި ނިންމާލުމަށް ވަނީ އެއްބަސްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: