ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ މިމަހު

ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ މިމަހު ފަށަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ، މާލެއާއި އަތޮޅުތަކުގައި މިމަހުހެ ފަށާނެ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފިއެވެ.

މިސަރވޭއަކީ ކޮންމެ ފަސް އަހަރަކުން މިބިއުރޯގެ ފަރާތުން ކުރަމުން އަންނަ ސަރވޭ އެކެވެ. މިގޮތުން އެކި އެކި ބުރުތަކަކަށް ބަހާލެވިގެން މިފަހަރުގެ ސަރވޭވެސް  މާލެ އާއި އަތޮޅުތަކުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނީ މާލޭގެ ފުރަތަމަ ބުރު، މިސެޕްޓެމްބަރ މަހުގެ 28 ވަނަ ދުވަހު، ހޮވާލެވިފައިވާ ސަރަހައްދުތަކުގައި ތަންތަނުގެ ލިސްޓް ނަގާނެ ކަމަށެވެ. އަދި މީގެތެރެއިން ގުރުއަތުން ހޮވާލެވޭ ގޭބިސީތަކެއްގައި މި ސަރވޭގެ އިތުރު ސުވާލުކަރުދާސްތައް ފުރުމުގެ މަސައްކަތް ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދެވޭނެކަމަށެވެ. އަތޮޅުތަކުގައި މިސަރވޭގެ މަސައްކަތް އޮކްޓޯބަރ މަހުގެ 4 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. 

މިއަހަރު ސަރވޭގެ މަޢުލޫމާތުއެއްކުރުމުގެ މަސައްކަތް ކުރެވޭނީ ސެޕްޓެމްބަރ، އޮކްޓޯބަރ އަދި ނޮވެމްބަރ މަހުގައެވެ. މާލޭގައި މިސަރވޭ ކުރުމަށް ރޭވިފައިވަނީ ހޮވާލެވޭ ޖުމްލަ 1080 ގޭބިސީއަކަށެވެ. އަދި އަތޮޅުތެރޭގެ 20 އަތޮޅުން ހޮވާލެވޭ ޖުމްލަ 4760 ގޭބިސީއެއްގައި މިސަރވޭ ކުރެވޭނެއެވެ.

ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިންބުނީ އެ ބިއުރޯއިން ތަމްރީންކުރެވިފައިވާ ޓީމެއް ގޭބިސީތަކަށް ޒިޔާރަތްކުރާނެކަމަށެވެ. މައުލޫމާތު އެއްކުރަން ގޭބިސީތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކަމާއިބެހޭ ލިކެކިޔުންތަކާއި ކާކުކަން އަންގައިދޭ އައި.ޑީ ކާޑެއް ދެވިފައިވާނެ ކަމަށާއި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދު 9:00 އިން ހަވީރު 6:00 އާއި ދެމެދު ބިއުރޯގެ ޓީމްތައް ސަރވޭގެ މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާނެކަމަށެވެ.

މިސަރވޭއަކީ ގަވާއިދު ނަންބަރ”ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވާއިދު 2012″ގެ ދަށުން ހުއްދަލިބިގެން ކުރެވޭ ސަރވޭއެކެވެ. މިސަރވޭއިން އެއްކުރެވޭ ވަކިފަރުދެއް ނުވަތަ ގޭބިސީއެއްގެ މައުލޫމާތަކީ ސިއްރެއްގެގޮތުގައި ހިފެހެއްޓޭނެ އެއްޗެކެވެ. މިގަވާއިދުގައި ކަނޑައެޅިފައިވާގޮތަށް ހުއްދަ ލިބިގެން ސަރުކާރުގެ ބޭނުމަކަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައިއުޅޭ މީހަކު އެދިއްޖެ ހިނދެއްގައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މައުލޫމާތު ދިނުމަށް ލާޒިމުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: